މާފުށީ ޖަލުގައި އޮތް ގައިދީއެއްގެ ގަޔަށް ހޫނު ފެން ޖަހާފައިވަނީ އެތަނުގައި އޮތް އެހެން ގައިދީއެއް ކަމަށް ކަރެކްޝަންސް އިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު "ވަގުތު" އަށް ވިދާޅުވީ، އެ ހާދިސާއަކީ މީގެ 2-3 ދުވަސް ކުރިން ހިނގާފައިވާ ހާދިސާއެއް ކަމަށާއި އެކަމެއް ހިނގާފައިވަނީ އެއް ގޮޅިއެއްގައި ތިބޭ ދެ ގައިދީންގެ މެދުގައި ކަމަށެވެ.

އެއީ އެއްވެސް ގޮތަކަށް ޖަލު ބަލަހައްޓަމުން އަންނަ އޮފިސަރުންގެ ފަރާތުން ވެފައިވާ ކަމެއް ނޫން ކަމަށް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

"މީގެ 2-3 ދުވަސް ކުރިން އެ ހާދިސާ ހިނގާފައިވަނީ. އެއް ގައިދީ އަނެއް ގައިދީ ގަޔަށް ހޫނު ފެން ޖެހީ. އޮފިސަރެއް ނޫން" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިސަރު ވިދާޅުވީ، ހޫނު ފެން ޖެހުމުގެ ސަބަބުން އަނިޔާ ލިބުނު ގައިދީއަށް މިހާރު ކަރެކްޝަންސްގެ ބެލުމުގެ ދަށުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ހޫނު ފެން ޖަހާފައިވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ހއ. ހޯރަފުށީގެ ފިރިހެނެއްގެ ގަޔަށެވެ. އޭނާގެ ގަޔަށް ހޫނު ފެން ޖެހުމުގެ ސަބަބުން އެއްކޮށް ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ވަނީ އާއިލާއަށް ގުޅައި ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަންވާނީމައުމޫން

    މިވެރިކަމުގައި ގައީން މަރަމުން އަނިޔާ ކުރަމުންދާ ދިއުން ހުއްޓާލަން ގޮވާލަން.

  2. ހައްވި

    އެމައްސަލަ ރަގަޅައް ތަހުގީގު ކޮއްލަބަލާ އޭރުންއެ އެގޭނީ ކިތައް މީހުންގެ އަތް ވާކަން ނަޒާހާ އަކީ ހަމަ މަކަރުވެރިއް އެމައްސަލަ ތަހުގީގު ކުރަންފެނޭ