ދ.ކުޑަހުވަދޫ މަގުތައް ތާރު އަޅައިގެން ހެދުމުގެ މަސައްކަތުގެ ދެވަނަ ފޭސް ކުރިއަށްގެންދިއުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާއިން މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މަގު ހެދުމުގެ މަޝްރޫޢުގެ ދެ ވަނަ ފޭސްގެ މަސައްކަތަށް 122,868.035.13 ރުފިޔާ ހަރަދުކުރާނެއެވެ. މިއީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއު އަކީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެރަށުގެ މަގުތައް ހަދައި ރަށަށް ތަރައްގީ ގެންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ 2019 ވަނަ އަހަރު އެރަށަށް ކުރެއްވި ޒިޔާރަތުގައި ވާހަކަ ދައްކަމުންނެވެ.

ރައީސް ސޯލިގް ވިދާޅުވީ ކުޑަހުވަދޫގެ ތަރައްގީގެ ޕްލޭންގައި މި ސަރަހައްދުގައި ގާއިމުކުރެވޭ އާބަން ސެންޓަރެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެފަދަ އާބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެ ރަށުގައި ގާއިމު ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުޑަހުވަދޫގެ ހޮސްޕިޓަލް ތަރައްގީވުމުގެ އިތުރުން ސުކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، މަގުތައް ހެދުމާ، ފެރީ ޓާމިނަލް ހެދުމާ، އެ ރަށައް ބޭނުންވެފައިވާ ޒަމާނީ ފެންވަރުގެ މަސް މާރުކޭޓާ އަދި އެ އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަމެންނައްޓަކާ މަމެއް

    ޝުކުރިޔާ އާމިރު

    1
    1
    • ކުޑަހުވަދޫ

      ޙަހަހ އާމިރު ކުރާކަމެއްވެސްނޫން އެއީ ހުސް ބޮލެެެއް. ރައްޔިތުން ކޮބާތޯވެސް ބަލާނުލާ މަމެން ބޭނުން ވާމީހެއްނޫން އާމިރު އެއީ. ޢާމިރު ހުރެގެން ރަށް ކުރި އެރުމެެއް ނުލިބިގެން މި އުޅެނީ ށާތިރު ހޮވިނަމަ އޮންނާނީ ވަރައް ކުރީ ކުޑަހުވަދޫ