ޓެކްނޮލޮޖީގެ ސަބަބުން އެއް ގައުމު އަނެއް ގައުމު މިވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. މަދު ސިކުންތެއްގެ ތެރޭގައި ދުނިޔޭގެ ކޮންމެ ތަނެއްގައި ހިނގާ ކަންކަންވެސް މިހާރު ބަލާލެވޭއިރު އެ ގައުމުތަކުގައި ތިބި މަޝްހޫރު މީހުންނާއި އެމީހުން ކުރާ ކަންކަންވެސް ބަލާލެވެއެވެ.

ދުނިޔޭގެ ގައުމުތަކުގެ މަޝްހޫރު ތަރިން އެނގި އެފަދަ ފަރާތްތަކުގެ ފިލްމާއި ޑްރާމާ، ލަވަ އާއި އެފަދަ ފަރާތްތަކުން ކުރާ އާދަޔާ ހިލާފު ކަންކަންވެސް މިހާރު ބަލާލެވޭއިރު އެފަދަ ފަރާތްތަކާއި މެދު ހާއްސަ ލޯތްބެއް ވެސް ވަނީ އުފެދިފައެވެ.

ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ ކަމެއް ނުވިކަމުގައި ވިޔަސް މަޝްހޫރު ފަރާތެއް މަރުވެއްޖެ ނަމަ އެ ހިތާމައިގައި ބައިވެރިވެއެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް ކަން އޮތީ އެގޮތަށެވެ. މި ބަލާލަނީ ވަރަށް ހަގު އުމުރުގައި ދުނިޔެ ދޫކޮށްފައިވާ މަޝްހޫރު ބައެއް މީހުންނަށެވެ.

ސިދާތް ޝުކްލާ

ސިދާތް ޝުކްލާ އަކީ އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރެކެވެ. އަދި އޭނާ ވަނީ ބިގް ބޮސްވެސް ކާމިޔާބު ކޮށްފައެވެ. ސިދާތް މަރުވީ އޭނާގެ އުމުރުން އެންމެ 40 އަހަރުގައި ހިތް ހުއްޓިގެންނެވެ. ޝޯބިޒް އިން މަގުބޫލުކަން ހޯދައި އޭގެ ފަހުން މަޝްހޫރު އެތައް ޝޯތަކުން އޭނާ ފެނިގެން ގޮސްފައި ވެއެވެ. އޭގެ ތެރޭގައި ޖާނޭ ޕޭޗާނޭ ސޭ، ލަވް ޔޫ ޒިންދަގީ ފަދަ ޝޯތައް ހިމެނެއެވެ.

ސޯންދަރްޔާ

ފިލްމީ ތަރި ސޯންދަރްޔާ މަރުވެފައި ވަނީ އޭނާގެ ބޭބެއާއި އެއްކޮށް މަތިންދާބޯޓެއްގައި ދަނިކޮށެވެ. އެންމެ 31 އަހަރުގައި އޭނާ މަރުވި އިރު އޭނާ މަޝްހޫރުވެގެން ދިޔަ އެއް ފިލްމަކީ ސޫރްޔަވަންޝަމް އިންނެވެ.

ދިވްޔާ ބާތީ

ދިވްޔާ ބާތީ މަރުވީ އެކްސިޑެންޓެއް ވެފައި އަމިއްލަ އަށް ކަމެއް ނުވަތަ މީހަކު އޭނާ މަރާލީ ކަމެއް އަދިވެސް ނޭނގެއެވެ. އުމުރުން އެންމެ 19 އަހަރުގައި ދިވްޔާ މަރުވެފައި ވަނީ އިމާރާތަކުން ވެއްޓިފައެވެ.

ޖާތިން ކަނާކިޔާ

މަޖާ ރޯލުތަކުން ފެންނަ ޖާތިން ކަނާކިޔާ ފެނިގެން ގޮސްފައިވާ ޝޯތަކުގެ ތެރޭގައި ޝްރިމާން ޝްރިމާތީ އަދި ފިލްމުތަކުގެ ތެރޭގައި ހަމް ސާތް ސާތް ހޭ އަދި ހޫބްސޫރަތް ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ މަރުވީ 1999 ވަނަ އަހަރު އުމުރުން އެންމެ 46 އަހަރުގައެވެ.

ތަރޫނީ ސަޗްދީވް

ތަރޫނީ ސަޗްދީވް އަކީ މަލަޔާލަމް ފިލްމުތަކުން މަޝްހޫރުވި ތަރިއެކެވެ. "ރަސްނާ ގާލް" ގެ ނަމުން މަޝްހޫރު މި ކުއްޖާ މަރުވީ އުމުރުން އެންމެ 14 އަހަރުގައި މަންމަ އާއި އެކު މަތިންދާބޯޓެއްގައި ދަތުރުކުރަމުން ދަނިކޮށް ބޯޓު ވެއްޓިގެންނެވެ. މި ހާދިސާގައި މި ކުއްޖާ އާއި ކުއްޖާގެ މަންމަވެސް މަރުވި އެވެ.

ސުޝާންތ

ސުޝާންތު ސިންގ ރާޖްޕުތް އަކީ ބޮލީވުޑްގެ ފަހުގެ ފިލްމީތަރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ފިލްމީތަރިއެކެވެ. ސުޝާންތުގެ މަރުގެ ހަގީގަތް އަދިވެސް ހޯދިފައި ނުވާއިރު އޭނާ މަރުވެފައި ވަނީ އުމުރުން އެންމެ 34 އަހަރުގައެވެ.

ރަސީކާ ޖޯޝީ

ރަސީކާ ޖޯޝީ ފެނިގެން ގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި މަލަމާލް ވީކްލީ، ދޯލް އަދި ބޫލް ބުލައްޔާ ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ މަރުވީ 2011 ވަނަ އަހަރު އުމުރުން އެންމެ 38 އަހަރުގައި ލޭގެ ކެންސަރު ޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ . ޖ . އ

    ހަގު އުމުރުގައި ވަކިވި ބޮލީވުޑްގެ ބައެއް ތަރިން

  2. ދިލް

    ދުނިޔެ އޭ ނުލިޔެ، އިންޑިއާގެ ބައެއް ތަރިންނޭ ޖެހިނަމަ...!!

  3. Anonymous

    އަޅެފަހެ އަހަރުމެން މުސްލިމުންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކާ ފިލްމީ ދުނިޔެއޭ ކިޔާ ވަކި ދުނިޔެއެއްގާ އުޅޭ ނެށުންތެރިންނާ އެކްޓަރުންނާ ޑްރާމާކުޅޭ މީހުންނާ ރޯއޮރިޔާމުން އުޅޭ މީހުންގެ ވަނަވަރުތައް ދަސްކޮށް އެމީހުންގެ މަގުން ހިނގާ ދިޔުމަކީ ފައިދާއެއް އޮތް ކަމެއްތަ؟ ތިޔަ ޒާތުގެ މީހުންނަށް ތަބާވެ ތިޔަ ޒާތުގެ ޚަބަރުތައް ލިޔެ ހެދީމާ އަހަރުމެންގެ ދީނާއި ދުނިޔެއާ އާޚިރަތް ވެސް ގެއްލުން ނޫން ވަކި ތާކު ނެޖެހޭނެ. ސަމާލުވެލައްވާ....
    ކޮންމެ ވެސް ސަލަފުއްސާލިޙީންގެ އަސްޙާބުބޭކަލެއް އެހެންޏާ ތާބިޢީ ބޭކަލެއްގެ މަޢުލޫމާތު ލިޔުން މޮޅު އިތުތު

    9
    4