ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގި ހިޔާ މަޝްރޫއުގެ 7000 ފްލެޓްގައި ގާއިމު ކޮށްފައިވާ އަލިފާން ނިއްވާ ނިޒާމަކީ ރާއްޖޭގައި މިހާތަނަށް ސޯޝަލް ހައުސިންއެއްގައި ގާއިމު ކޮށްފައިވާ އެންމެ ފުރިހަމަ އަލިފާން ނިއްވާ ނިޒާމް ކަމަށް ގެދޮރުގެ މައްސަލައިގައި އަޑުއުފުލާ އާއްމުންގެ ޖަމިއްޔާ އިން ބުނެފިއެވެ.

ހިޔާ ފްލެޓްގައި ހުރި އަލިފާން ނިއްވާ ނިޒާމާއި ގުޅޭ މައުލޫމާތު މިރޭ އާއްމު ކުރަމުން އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ވިދާޅުވީ ފްލެޓްތަކުގެ ސިޓިން ރޫމާއި ދެ ކޮޓަރީގައި ދުން ދެނެގަންނާނެ ނިޒާމް ހަރުކުރެވިފައިވާ ކަމަށެވެ. ފްލެޓުގައި މީހަކު ހުއްޓަސް ނެތަސް ފެން ޖަހާނެ ސްޕްރިންކްލާރ ވެސް ކޮޓަރިތަކާއި ސިޓިންރޫމްގައި ވަނީ ހަރުކޮށްފައެވެ. އޭގެ އިތުރުން އަލިފާން ނިއްވި ފްލެޓުގައި އަދި ކޮރިޑޯގައި ހަރުކޮށްފައި އެބަހުއްޓެވެ. އަދި ކޮންމެ ކޮރިޑޯއެއްގައި ވަކި ޕަންޕަކުން ފެން ޖެހޭ ގޮތައް ހޮޅި އަޅާފައި އެބަހުއްޓެވެ.

ހިޔާ ފްލެޓްތަކުގެ ކޮރިޑޯ ދޮރުތައް ވެސް ހަދާފައި ވަނީ ފަޔާރ ރެސިސްޓު މައުދަނުންނެވެ. އެހެންކަމުން އެއް ފްލޯ އިން އަލެއް ފްލޯއަށް އަލިފާން ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަ ކުރެވޭނެއެވެ. އަލިފާން ރޯވެއްޖެ ހާލަތެއްގައި ތިރިއަށް ފޭބުމަށް އިމާރާތުގެ ދެފަރާތުގައި ހުރި ދެސިޑި ބޭނުން ކުރެވޭނެއެވެ. އިމާރާތުގެ ދެފަރާތުގައި ދެސިޑި ހުރުމުން އެސިޑިން ނުފޭބިއްޖެ ހާލަތެއްގައި އަނެއް ސިޑި ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާން ރޯވެގެން އުޅެނީ ކޮން ފްލޯ އެއްގެ ކޮން ފްލެޓެއްގައި ކަން އެންމެ ތިރިން ގްރައުންޑް ފްލޯގައި ހަރުކޮށްފައި ހުންނަ ސްކްރީނަކުން އަންގައިދޭނެއެވެ.

މިދުއަމް ވިދާޅުވީ މިވަރަށް އަލިފާނުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިފައިވާ ސޯޝަލް ހައުސިންއެއް ރާއްޖެއަކު ނެތް ކަމަށެވެ. މާލޭގައި ކުއްޔަށް ދޫކުކުރާ ގިނަ ތަންތަންވެސް މިއާއި ގާތްވެސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ފަޔާރ އެގްޒިޓް ނެތޭ ބުނާ ކުދިންގެ މައުލޫމާތައްޓަކައި ދަންނަވަން، ފަޔާރ އެގްޒިޓަކީ ސިޑިއެވެ. ހިޔާގައި ނަމަ ދެފަޅިން ދެ ސިޑި ހުންނާނެ." މިދުއަމް ވިދާޅުވިއެވެ.

ނަމަވެސް މިދުއަމް ވިދާޅުވީ ހިޔާގައި އެކުލަވާލެވިފައިވާ ރައްކާތެރިކަމުގެ ކަންކަމަކީ ދުނިޔޭގެ އެއްވަނައެއް ނޫން ކަމަށެވެ. ހިޔާގައި އެކުލަވާލެވިފައިވާ ރައްކާތެރިކަމުގެ ކަންކަމަކީ ދުނިޔޭގެ އެއްވަނައެއް ނޫން. ދުނިޔޭގެ ހަތް އަޖައިބު ތެރޭ ނުހިމެނިދާނެެެ. އެހެނަސް މިރާއްޖޭގެ ސޯޝަލް ހައުސިން އަކަށް ބަލާއިރު މިހާތަނަށް ހެދުނު އެންމެ ރަނގަޅު ތަން." މިދުއަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ އަލިފާން ނިއްވާ ނިޒާމް ޓެސްޓް ކުރުމުގެ މަސައްކަތް މިއަދު އެމްއެންޑީއެފް އިން ވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބަލަމާ..

    ތިޔެއްއެނގޭނީ ކަމަކާއި ވާކަހަލަ ކަމެއް ޖެހޭދުވަހަކުން. އޭރުން ކިޔާނެ ލަވަ ނިކަންރީތިވާނެ.. ކޮރަޕްޓްސްތާނު..

    2
    14
    • Anonymous

      މިސަރުކާރުން ތި ސިސްޓަމް ހަލާކުކޮށްލުމަކީވެސް ކޮށްފާނެ ކަމެއް. މިސަރުކާރުގައި ތިބީ ދިވެހިން ދެކެ ރުޅިއަރާ ދިވެހިގައުމުގެ ތަރައްޤީ ހަޖަމްނުވާ ދިވެހި ގައުމަށް ދުޝްމަން އަނިޔާވެސް އިންޑިޔާ މޯދީގެ އެޖެންޓުންތަކެއް.
      އެކަމުގެ ހެތްކަކަށް ފުދޭނެ ޕާކިންސިސްޓަމްތައް ހަލާކުކޮށްލުން. އެއީވެސް ދިވެހި ދައުލަތުގެ ފައިސާ މަނައަކީ ދިވެހިރައްޔިތުންގެ ފައިސާއިން ގަނެފަ ހުރި އެއްޗެއްހި. އެއެއްޗެހި ހަލާކުކުރަމުން އެދަނީ އިންޑިޔާގައި އެފަދަ ސިސްޓަމްތަކެއް އަދި ހަރުނުކުރެވޭތީ. ރައީސް ޔާމީންދެކެ އަރާ ރުޅިއަކުން. މި ނުލަފާ ދައްޖާލު ސަރުކާރު ބަލިކުރެވޭނެ ހަމައެކަނި މީހަކީ ރައީސް ޔާމީންވީމަ އެމަނިކުފާނު ސިޔާސީ މައިދާނުން ދުރުކޮށްފައި އެބަހައްޓަނީވެސް.

  2. ޙާމަ

    ތިޔަގޮތައް ޗައިނާ ފްލެޓްތައްވެސް ހަދާފަހުރީ...އެކަމަކު ތި ހަރުކޮއްފަ ހުރި އެކައްޗެއްވެސް މަސައްކަތެއް ނުކުރޭ..

    2
    19
    • Anonymous

      ޗައިނާ ފްލެޓްތަކުގައި އެ ސިސްޓަމެއްނެތް. އެކަމަކު ބޭސިކް ފަޔަރ ސޭފްޓީ ހަރުކުރުން ލާޒިމް ކުރޭ. އެއީ އެއްތަނެއްގައި ގިނަބަޔަކު ދިރިއުޅޭ ނަމަ ހުންނަންޖެހޭ އެއްޗެއް. އެފްލެޓްތަކުގެ އެތެރޭގައި ދުން ޑިޓެކްޓް ކުރާނެ އެއްޗެއްނެތް. އަދި، އެއްފްލޯއަނެއް ފްލޯއަށް ސޭފްޓީއެއްނެތް. އަމިއްލައަށް މީހަކު އަލިފާން ނިއްވާ ފުޅިއެއް ބަހައްޓަންޏާ ބަހައްޓަންވީ.

  3. ޙހހހ

    ޢެކަމަކު 15ވަނަ ފްލޯއަށްވުރެމަތިން މީހަކު ބާލަންޖެހިއްޖިއްޔާ އަވަހަށް ބާލާނެ ނިޒާމެއްނެތް ، ހުރީ ފަޔރ ލޮރީތައް ، އޭގައިވެސް އެންމެ މައްޗަށް ނުފޯރާނެ

    3
    6
    • ޒުމް

      ރައީސް ޔާމީން ސަރުކާރުގެ ދުވަސްވަރު ހޯދި ފަޔަރލޮރީގެ 2 ލޮރީ އޮންނާނެ. އެ އުސްކުރެވޭނެ 25 ބުރީއަށްވުރެ މައްޗަށް. އެލޮރީ ފެނިފަހުންނަނީ ބޭންކުގެ އިމާރާތުގައި އަލިފާން ރޯވިދުވަހު.
      ތޯތޯ ވެރިކަމެއްނޫނޭ ރައީސް ޔާމީން ކުރީ. ބަޔަކު ވަގަށް ގޮވަންވީމަ ގޮވިދާނެ. މިހާރު ދިވެހި ރައްޔިތުންނަށް ފެންނާނެ ވަގުންނަކީ ކޮބައިކަން. ދިވެހިގައުމު އެކީ އެތިބަ ދިރުވާލަނީ. އެކަމަކު ދިވެހިންނަކީ ޕާޓީ ދެވި ހިފައިފަ ތިބި ބައެއްވީމަ ދެން ގޮތްދޫނުކޮށް ތިމާގެ މައިމީހާއަށްވެސް ވަގަށް ގޮވަމުން ގެންގޮސްފާނެ. އެއީ އީގޯ ހާޓްވެދާނެތީ ކަމަށްވެސް ވެދާނެ.

      6
      2
  4. ރާއްޖެބޯއީ

    މިހާރު ކުއްލިޔަކަށް ތިޔަ ހިޔާފްލެތްތަށް މާރަގަޅުވެގެން ތިޔައުޅެނީކީއްވެ، ބަލަ ތީ ކޮތަރުކޮއްޓެއްނުން.

    17
    1
    • Anonymous

      ކޮތަރުކޮށި. ދޮންބިލެތްބުނި ޗައިނާގެ މަސައްކަތު މީހުން ތިބޭ ޖަލުގޮޅިތަކެކޭވެސް. އެކަމަކު އެތަނަކާހެދި މިސަރުކާރުން ހީވަނީ މޮޔަވެގެން އުޅޭހެން. ބަގުޑި ބެއްދިގޮތަށް އެތަން ދޫނުކޮށް ހިފަހައްޓައިފި.'
      އަނެއްކޮޅުން ރައީސް މީހާ އުޅުނު އެތަން ތަޅާލަންވެސް. އޭނާގެ ސިކުނޑީގެ ބައްޔެއް ހުރިތޯ މިހާރު ސުވާލު އުފެދޭ.

  5. ސަމާ

    ފޮރިންގް މިނިސްޓްރީ ބިލްޑިންގް އާއި ޕޯށްޓަލް ބިލްޑިންގް ވަރެއް ނުވާނެކަމަށް ދަންނަވަން.

  6. ކިނބޫ

    ތިވާހަކަ ނުދައްކާ! ބަޔަކު ހިތަށް ކުރާ އަސަރުގަ ތި ނިޒާމުގެ ދުވަސް ދުއްވާލަވެސްފާނެ. މިއޮތީވާ ސަރުކާރެއް!