މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން އެކަނި ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެޕާޓީން މިއަދު ކުރި ޓުވިޓެއްގައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ ޕާޓީގެ އިސްމަގާމުތަކާއި ކޮމިޓީތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު އާއްމު ކޮށްފައެވެ.

އެޕާޓީގެ އެކި މަގާމުތަކަށް މީހުން ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

އެމްއާރްއެމް އިން މިއަދު ބުނީ އެ ޕާޓީގެ ޒައީމު ކަމަށް ކުރިމަތިލެއްވީ މައުމޫން އެކަނި ކަމަށާއި އަދި ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ފާރިސް އެކަނި ކަމަށެވެ. އަދި އެޕާޓީގެ ނައިބު ރައީސް ކަމަށް ހޮވާ ދެ ބޭފުޅުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ މަގާމަށް ކުރިމަތިލެއްވީ އާމިނަތު ނާދިރާ އެކަނި ކަމަށް ވެސް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއަދު އެޕާޓީން ވަނީ އެގްޒެކެޓިވް ކޮމިޓީ މެމްބަރުންގެ ތެރެއިން ފިރިހެނުންނަށް ހާއްސަ 10 މެމްބަރުންނާއި އަންހެނުންނަށް ހާއްސަ 10 ފަރާތެއް އިންތިހާބު ކުރުމަށް ނިންމާފައެވެ. އަދި ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ އިތުރުން އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށް ވެސް ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލލ

    މަރުހަބާ ! މަމެންގެ އެމްއާރުއެމް ޒިންދާ ބާދު !

    2
    25
  2. Anonymous

    ގެއިނުނިކުންނަތާ 3 އަހަރުފަހުން ރައީސްކަމައް ނިކުމެއްޖެ ކަލޯމެން 4 ބަފައިންނައް ސާބަސް

    17
    1
  3. އހ

    ޒައީމް ކޮބާ؟ ތީނަޔަށް ވެރިކަންހޯދަން ވޯޓްދޭނެ ބައެއްނެތް. ތީ މިގައުމަށް ގައްދާރުވެ ގައުމު ހަލާކު ކުރަން ސުޕްރީމް ކޯޓުން ހުކުމް ގަނެގެން އަމުރު ނެރުނު ކަޅުފޮށި ގައްދަރު. ވ ސަލާމް.

    20
    1
  4. އަލީ ބުނީ

    ތިގޮތައް މިގައުމުގެ ވެރިކަންވެސް ލިބެން އޮތީ. ވޯޓެއް ލައިގެނެއް ނުހޮވޭނެ.

  5. ޙަބޭ

    ނަސީބެންނު އެހެން މީހަކު ކުރިމަތި ނުލިކަން. ޢެހެން މީހަކު ހޮވުނު ނަމަވެސް ޖަލުކަންނޭނގެ އޮންނާނި، އާއިލީ ބައްޕަ ޕާޓީ ވިއްޔާ.

  6. އަލީ

    ތިޔާއީ ކަލޯއަށް ލިބޭނެރައީސުކަން ދެންގޭގައޮވޭ ކަޅުފޮށިމަތީ!!

  7. ޓިނު ދޮންބޭ

    !މަރު ހ ބ!

  8. އަބުދުﷲ

    މރމ އަކީ ސިޔާސީ ޕާޓީ އެއްނޫން . ތީޚިޔާލީ އެއްޗެއް . ތިޔައްވުރެ ރަނގަޅުވާނެ ދިރި އުޅުމައް ކޮއްމެވެސް އެހެންކަމެއް ކުރިއްޔާ .

  9. Anonymous

    މިގައުމަ 40 އަހަރުތެރޭ ވެގެންމިދާހުރިހާ ގެއްލުމުމުގެ ޒިއްމާއުފުލަން ޖެހޭނީ ބެއްޔާ