އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން ނިޔާވުމާ ގުޅިގެން ސިފައިންގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފިއެވެ.

އއ. ހިމަންދު އަށް އުފަން އުމުރުން 22 އަހަރުގެ ސުލްތާން ނިޔާވީ އިންޑިއާގެ ނެޝެނަލް ޑިފެންސް އެކެޑަމީގައި ތަމްރީން ހޯދަމުން ދަނިކޮށެވެ.

އެމްއެންޑީއެފް އިން ވިދާލުވީ ސުލްތާން ނިޔާވުމާ ގުޅިގެން އިއްޔެގެ 18:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމަށެވެ.

ސުލްތާންގެ ހަށިގަނޑު މާލެ ގެނައީ މިއަދު މެންދުރު 12:43 ހާއިރެވެ. އެމްއެންޑީއެފުން ބުނީ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނީ ރަސްމީ އިއްޒަތުގައި ކަމަށެވެ.

ސުލްތާން ނިޔާވީ އިންޑިއާގައި މިދިޔަ ހޮނިހިރު ދުވަހު އަސްކަރީ ތަމްރީނެއް ފުރިހަމަ ކުރަމުން ގެންދަނިކޮށެވެ. އޭނާ ނިޔާވީ ފިޒިކަލް ތަމްރީނެއް ފުރިހަމަ ކުރަމުން ގެންދަނިކޮށް ކަމަށް އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ސުލްތާން ނިޔާވީ ތަމްރީނެއްގައި ދުވަމުން ދަނިކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    މިސާލަކަށް 5 އަހަރު ވަންދެންމުސާ ރަ އާއިލާ އާ ހަވާލުކޮށްލަބަލާށެވެ. ނިޔާވީ ވީ ޑިއުޓިގަ ހުއްޓަ އެވެ.