ކޮވިޑް-19 ގެ ޓެސްޓު ނުހަދައި ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓަށް ޏ. ފުވައްމުލައް އިތުރުވެއްޖެއެވެ.

ވެކްސިން ޖަހާ އުމުރުފުރައިގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިިވާ ރަށްތަކަށް ދަތުރުކުރާއިރު، ޕީސީއާރް ޓެސްޓު ހެދުމެއް ނެތި ދަތުރު ކުރެވޭ ގޮތަށް އުސޫލެއް ހަދައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން އެ އުސޫލަށް ވަނީ އަމަލު ކުރަން ފަށައިފައެވެ.

އެގޮތުން އެ މިންގަނޑު ހަމަވެފައިވާ އިތުރު ރަށްތަައް މިއަދު އިއުލާނުކޮށްފައިވާއިރު، ފުވައްމުލައް ސިޓީއަކީ އާބާދީ ބޮޑެތި ރަށްތަކުގެ ތެރެއިން މި މިންގަނޑަށް ފެތުނު ފުރަތަމަ ރަށްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން މިއަދާއި ހަމައަށް މި ލިސްޓަށް ރަށްތަކެއް އިތުރުވެ، ޕީސީއާރް ނަހަދައި ދެވޭ ރަށްތަކުގެ އަދަދު މި ވަނީ 88 އަށް އަރާފައެވެ.

މި ރަށްތަކުގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު، 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އާބާދީގެ 95 އިންސައްތަ ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށްތަައް މި ލިންކުން ފެންނާނެއެވެ.