ވިހަ ގަދަ ބޯވައެއް ވ. އަތޮޅުން ފެނިއްޖެއެވެ.

މޯލްޑިވްސް ފިޝަމެންގެ ނަމުގައި ހިންގާ މަސްވެރިންގެ ޓުވިޓާ އެކައުންޓުގައި ބުނީ އެ ބޯވަ ފެނިފައިވަނީ މިމަހު 25 ވަނަ ދުވަހު އެންދަމަން އުޅުނު "މާހޯރަ" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ. އަދި އެ މި ބޯވަ ފެނުނީ ދަލުގެ ތެރެއިން ކަމަށް އެ ޓުވިޓްގައި ބުނެފައިވެއެވެ.

މިއީ ހުދު ކުލައިގެ، ކަޅު "ލައް"ތަކެއް ޖަހާފައި ހުންނަ ފާޑުގެ ބޯވައެކެވެ.

މިކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރާއްޖެއިން މީގެ ކުރިން ވެސް ވިހަ ގަދަ ބޯވަތައް ވަނީ ފެނިފައެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ބްލޫރިންގްޑް އޮކްޓޮޕަސް ނަމަކަށް ކިޔާ ވިހަ ގަދަ ބޯވަ ބައެއް ސަރަހައްދުތަކުން މިހާރު ފެންނާތީ ސަމާލުވުމަށް ކަމާބެހޭ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

އެ ވައްތަރުގެ ބޯވައަށް ނުރައްކާ އޮތް ކަން އިހްސާސް ވުމުން ވަށްބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލައްތަކެއް ހަންގަނޑަށް އަރުވާ ވިހަ މާއްދާއެއް ބޭރުކުރާ ކަމަށާއި އެއީ އިންސާނުންގެ ހިއްސުތަކާ ބެހޭ ނާރަށް ހަމަލާދޭ ވިހައެއް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރުބޭ

    މިއީވެސް ހަމަ ބްލޫ ރިންގް އޮކްޓަޕަސް އެއް...

  2. ޙަސަނުލް

    ރައްބިއެއް ރަސޫލެއް ބެލުމެއްނެތި ޙަރާމް ވިޔަފާރި ކުރަންޏާ އެކި ކަހަލަ ވަބާ ތައް އެކި ސިފަސިފައިގަ އަންނާނެ