ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރުވެސް މަސައްކަތް ނިމެން ކައިރިވެފައިވާ ހިޔާ ފްލެޓްތަކުގައި މިމަހު މީހުން އުޅެން ފަށާއިރު އަދިވެސް އެސަރަހައްދުގައި އެންމެ އަސާސީ ހިދުމަތްތައް ވެސް ލިބޭކަށް ނެތެވެ. ހިޔާ ފްލެޓްތަކަށް ބަސް ދަތުރުތައް ފަށާފައި ނުވާތީ، ވެހިކަލްތައް ނެތް މީހުން ނުވަތަ ޓެކްސީއަށް ފައިސާ ދައްކައިގެން ކޮންމެ ދުވަހަކު ދަތުރު ކުރެވޭނެ ފަދަ ތަނަވަސްކަމެއް ނެތް މީހުންނަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.

ހިޔާ ފްލެޓްތައް ކައިރިއަށް ބަސް ދަތުރުތައް ނުކުރާތީ އެކަމުގެ ދަތިކަން އިހްސާސް ކުރަން ޖެހިފައިވާ މަންމަ އަކު އޭނާގެ ދަރިފުޅު ބުރަކަށި މަތީގައި އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު މީސް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. މަންމަ އޭނާގެ ދަރިފުޅު ބުރަކަށިމަތީގައި އުފުލަނީ ދަރިފުޅު ސްކޫލަށް ގެންދިއުމަށް ކަން ވީޑިއޯ އިން އެނގެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޑުއުފުލާ އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނިކަމެތިން ތަކެއް ފްލެޓަށް ވެއްދިއިރު ބަސް ސްޓޭޝަނެއްވެސް ނުހެދުނު ކަމަށެވެ. ތިން އަހަރު ތެރޭގައި ބަސްޓޭޝަން ނެހެދުނީ ކީއްވެތޯ އާއި އެކަމުގެ ޒިންމާ ނަގަނީ ކާކުތޯ މިދުއަމް ވަނީ ސުވާލު ކޮށްފައެވެ.

ބަހަށް ދެވޭނީ ވަކި ގޮތަކަށް ހަދާފައި ހުރި ގިމަތައެއް ކިޔާ ތަނެއް އެޅީމަ އެކަނި ނޫންކަން ފާހަގަކޮށް މިދުއަމް ބުނީ މިހާރުވެސް ބަހުގެ ހިދުމަތް ފެށިދާނެ ކަމަށެވެ. އެބުނާ ތިން އަހަރުން ނޭޅުނު ސްޓޭޝަން އެޅެން ދެކަށްވެސް ބޯޑެއް ޖަހާލައިގެން މި ހިދުމަތް ދެވޭނެ ކަމަށް އޭނާ ބުންޏެވެ. "މިއީ ބޮލުގައި ކިރިޔާވެސް ތެތްކަމެއް ހުރި ބަޔަކު ރައްޔިތުންނަށް ހެޔޮއެދިގެން ކުރަން އުޅެފިނަމަ ނުލާހިކު ފަސޭހައިން ހަމަޖެއްސޭނެ ކަންކަން" މިދުއަމް ބުންޏެވެ.

ވީޑިއޯ އިން ފެންނަ ދެމައިންގެ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ކޮތަރުކޮށި ވައިބާ ގްރޫޕް މެދުވެރިކޮށް މެސެޖް ކޮށްދިނުމަށް މިދުއަމް ވަނީ އެދިފައެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވަގުތީ ބަސް ސްޓޮޕެއް އެންމެ ދުވަހެއްގެ ތެރޭގައި ވެސް ނިންމި ދާނެއެވެ. އެފަދަ މަސައްކަތެއް ކުރުމުގެ ގާބިލްކަން ސަރުކާރުގައި ނެތްނަމަ އާއްމު ފަރާތްތަކާއި ހަވާލު ކޮށްގެން ވެސް އެކަން ކުރުމަށް ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އަބުދު

    އެޗްޑީސީއާއި ދިވެހި ސަރުކާރުގެ ވެރިންގެ ވިސްނުމާއި ރޭވުންތެރިކަމުގެ ފެންވަރު ތިޔަ ފެންނަނީ.

    101
    3
  2. Anonymous

    ބަލާވެރިކަމެއް ވީމަ ދޯ؟؟

    71
  3. ބަަ

    ވަރަށް ދެަ އަހަރަމެން ވެސް ހަމަ މިހެން މިއުެނީ

    52
  4. ދެބޯ

    ކަންދެއްކުން…..

    8
    91
  5. ހާލުފޮޅި

    ހުރިހާ ކަމެއް އެއްފަހަރާ ނުވެދާނެ، ކޮންމެ ތާކަށް ނޯވޭ ބަހެއް، ޓެކްސީއެއްގަ ވެސް ދެވިދާނެ ބަސް ދަތުރު ފަށަންދެން.. ދިވެހިން މީ ހުރިހާ ކަމެއްވެސް ބޮޑުކޮށް ގޯސްކުރަން ފައިނަގައިގެން ތިބޭ ބައެއް..

    16
    161
    • ޜަނާ

      ޣޭޕާރޓްމަންޓް ކުލި ދައްކާފަ ދިރިއުޅުމުގެ ޚަރަދުރައް ހަމަޖައް ސާފަ ޓެކްސީގަ ދަތުރު ކުރެވޭނީ ވަރަށް ގިނަ ފައިސާ ތަކެއް ލިބޭ ބަޔަކަށް . ބަސް ދަތުރުތައް ފެށިދާނެ ހަމަ ވަގުތުން ވެސް ކީއްވެ. އެކަން ނުކުރެވެންވީ.

      80
      5
    • ނަސް

      ކޮންކަމެއް ހޭ ވީ. ފިހާރަ އެއް ނޭޅުނު.
      މިސްކިތެއް ނޭޅޭ
      ސުކޫލް އެއް ނޭޅޭ.
      މިސަރުކާރުން ހިޔާ ފުލްޓް ތައް ކައިރި ޚިދުމަތް ދޭން ބޭނުން ނުވަނީ ޔާމީން ކޮއްފަ ހުރި ކަމެއް ވީމަ.
      އިތުރު ކަމެއް ވެގެނެއް ނޫން.

      82
      2
    • ބޭކާރު 5 އަހަރު

      ހުރިހާ ކަމެކޭ؟ ބަ؛ލަގަ މިސަރުކާރުން އެތަނުގައި ކީއްތަ ކުރީ އޭ؟ ކަލޭމެން ތިހެން ކިޔާ މިއޮތް 5 އަހަރު ނިމެނީ އަހަރުމެންނަށް ނުފެނޭ އެ ސޯލިހެއް ކުރާ ކަމެއް.

      71
      1
    • ބަޖިޔާ

      ސަރުކާރަށް 3 އަހަރު ލިބުނު މިކަން ކުރަން. މަގުތައް ހަދާފަ ހުރީ. އެންމެ ބަހެއްވެސް ނުގެނެވުނުތާ ބަސް ސްޓޭންޑެއްވެސް އެޅުނީކީ ނޫން 20،000 މީހުނަށް ހިދުމަތްދޭން. އެކަމަކު އާދައިގެ ރައްޔތު މީހާ 3 މަހުން ފްލެޓްގެ މަސައްކަތް ނިންމަންޖެހޭ. ކިހާ ރީތި.

      65
    • ޝަމްމާނު

      މިއީ 2 ކިލޯމީޓަރު ހަމަނުވާ ކުޑަ ތަނެއްގެ ވާހަކަ މިދެކެވެނީ. އިމީ ބައްރެއް ނޫން..މިކަހަލަ ކުދި ކުދި ކަންކަން ދުރާލައިރާވައިގެން ހިންގޭ މަޝްރޫތަކުގައި ފުރިހަމަ ނުކުރެވޭކައް. ބަހަނާ ދެއްކުން މިއޮންނަނީ އަބަދުވެސް. އެކަމަކު ތިމާމެންވަރު މޮޅު ކުންފުންޏެއް ނެތްކަމައް ހެދިގެން އިސްތިހާރުތައްހަދާ ބޮޑެތި އޮފީސްއިމާރާތް އަޅައި ދެންވެސް ދުނިޔޭގެ ނެތްފެންވަރު ކޮމްޕިއުޓަރާއި ސާމާނު ލައިގެން މިތިބެނީ. އެކަމަކު މަޝްރޫއެއް ހިންގެނީ އެންމެ ނިކަމެތި ގައުމުތަކުގެ ކުންފުނިތަކައްވުރެވެސް ދެށުފެންވަރެއްގައި. ލަފުފުޅު ނުގަނޭތޯ ޓައިއަޅައިގެން ކޮންމެދުވަހަކު އޮފީހައް ނިކުމެތިބޭކައް.

      41
      2
    • ދަންތުރަ

      3 އަހަރުދުވަސްވީއިރު ބަހެއްގެ ދަތުރު ޝެޑިއުލް ރާވާލަން ނޭނގުނީމާ ހުރިހާ ކަމެއް އެއްފަހަރާ ނުވީކަމަށް ބަލަންވީތާ. ހުޅުމާލޭގައި ދުއްވާ ބަހެއް ބްރިޖްމަތިން އަރައިގެން ދެވަނަ ފިޔަވައްސަށް ގޮސް ކުދިން ނަގައިގެން ވަށާލާފައި އަނެއް ބްރިޖްމަތިން ގެންނަން އެނގޭނެ ވަރުގެ ޑްރައިވަރަކު 3 އަހަރުދުވަހުންވެސް ނުލިބުނީތާ. ހާލުފޮޅިގަނޑާ. ލިޔަންވާނީވެސް އެހެންމީހުންގެ ދުލުގައި ހިފައި ނުދަމާވާރުގެ ވާހަކަ.

      46
      1
  6. ސުލޯލިހު ބޮއްޅަބެ

    ކިހާ ބޮޑު ކަމެއް މިސަރުކާރު މީ ދެން؟ ރައީސް ޔާމީނު ފުލެޓު އަޅާދީފި. ދެން އެވަރުން، އެންމެ ކުޑަމިނުން އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބަސް ސުޓޮޕު ގަނޑެއް ހަދާލަ ނުދިނޭ މިހާރު ވެރިކަމުގައި ހުރި ހިންނަވަރު ކަލޭގެ.. ކޮބާހޭ ރައްޔިތުން ދައްކާ ޓެކްސް ފައިސާއާ ކޮވިޑަށް ބޭރު ގައުމުތަކުން ބިލިއަނުން މިލިއަނުން ދިން ހާ ފައިސާގެ އެހީތައް؟ އެފައިސާ ސާލިހު ފެކްޝަންގެ މީހުން އެމްޑިޕީ ގައުމީ މަޖުލިހަށް ހޮވަން ހަރަދުކުރީ ނޫންބާ؟ ބަލަންޖެހޭކަމެއް އެވެސް. ރައްޔިތުން ބިކަވަނީ މިވެރިކަމުގެ ބުރޯއިންތަކަށް ހުރިހާ ފައިދާއެއް.

    36
    1
  7. ޙހހހ

    ތީ ވަކި ސަރުކާރުގެ ކުށެއްވެސް ނޫން. ، ތަން ތަރައްޤީ ނުވަނީސް ރައްޔިތުން ބޭނުންވީ ފްލެޓް ، އެނގެންވާނެ މިދުވަސް އަންނާނެކަން ، ބޭނުންހާ ފަސޭހަތަށް ލިބެން ދުވަސް ނަގާނެކަން

    11
    48
    • ޕާޕާ

      ވަކި ސަރުކާރެއްގެ މައްސަލައެއްނޫނޭ؟ ކަލޯލަދުގަތީތަ؟ ބަލަ އެއްވެސް ތަނެއް ތަރައްގީއެއް ނުވާނެ ތަރައްގީ ކުރަން ނޭނގޭ ބަޔަކު 100އަހަރު ވަންދެން ބަލަހައްޓާއިގެން ތިއްބަސް ، މިއީ ގަމާރު ގައްދާރު ސަރުކާރެއް 5އަހަރުން ބޮޑުސިންގާ ފަޅެއްހިއްކައި އިމާރާތްތަކެއް އަޅައި މަގުތައްހަދއި ނިއްމާލިއިރު މި ޓޫޓީ އިންޖީނުއެޅި ލަކުޑި ބޯޓް ގަނޑު މިއުޅެނީ އަދި ފަޅުންނުނިކުމެވިގެން.....

      18
  8. ސޫއޫދު

    މިވެރިކަމުންފެނިގެންދަނީ ގައުމުގެ ހާލަތު ވެއްޓުނުވަރު ބަލާލިކޮއްމެދިމާލަކުން '70ގެއަހަރުތަކުގަވެސް ގިނަރައްޔިތުން ނުޖެހޭހާލުގަޖެހިވަވާކަން މާދަންވިއްކާލާނީ މަވުމަތީއަޅާފަހުރިތާރުތައް މިހާރުވެސް ރާއްޖެއައްނަނަްދައުވަތުދިނީ އެބޭފުޅާގެ ކެބިނެޓްމިނިސްޓަރްއަކައް މިވަރުބޭފުޅަކައް ވޯޓްދެވޭތަ2023؟؟މިއައްވެކްސިން ހޯދަންވީއިންތިހާބުގެރިން

    29
  9. ދުންމާރި

    ބަލާވެރިކަމެއް މިއޮތީ އައިސްފަ ވެއްޓޭނެ ދުވަހަކުން ﷲ އަށް ޝުކުރުގެ ސަޖިދައެއް ކުރާނަން.

    14
  10. ޖާބެ

    އޯގާތެރި ކޯލިޝަން ގެ ޕްރޮފެއްސަރު އިބޫ، ރަން 30 އަހަރުގެ ސުވަރުގެ ފަދަ ދިވެހިރާއްޖެ ބިނާކުރި ޒައީމް މައުމޫން، އިސްލާމް ދިން ހަމައެކަނި ސަލާމަތް ކުރެވޭ އައްސޭކު އިމްރާން... މޮޅު ސިޔާސީ ވިޔަފާރިވެރިޔާ ޤާސިމް.. ވަތަނީ ގައުމީ ނާޒިމް މެންގެ އިޙްލާސްތެރި އޯގާތެރި ސުވަރުގޭގެ ނިޢުމަތައް ވުރެއް މަތިވެރިކަން ރާއްޖޭގެ މީހުންނައް ލިބޭކަމައް ބުނާ އިޔާޒު އާއި ޒައިދު މެންގެ ރާއްޖޭގައި އިންސާނުން އުޅޭލެއް ފުރިހަމަކަން..

  11. ކަޅުދަބަސް

    ސުހޭލު އެކޭ ސޯލިހް އެކޭ ހަމަ އެކައްޗެއް، މަގާމެއްވީމަ އިންނަނީ ދެން. ގަލެއްބޭންދިޔަސް ގައުމަށް މިއަށްވުރެށް ފައިދާވާނެ.

  12. ސަރީފް

    އެންމެ މުސާރަ ބޮޑު ކުންފުންޏަ ކީ އެޗްޑީސީ ނަމަވެސް ނަތީޖާ. ހަމަ ސުމެއް.

  13. ނާޅި

    އަންހެނުން ނާއި ކުޑަކުދިން ނަށް އޯގާތެރި ސަރުކާރުގެ އަމަލު މިހުރީ ކިހިނެކުންބާ ؟

  14. ކާފަބޭ2020

    މާދުރުނޫންމުސްތަގުބަޅެއްގަ 2023ގަ އިތުރުފުރިހަމަބަސްތަކަކާއެކު ހެޔޮއަގުގަދަތުރުތައްފަށާނަން! ޙާލުގައުޅުނުހަނދާނެއް އޭރަކުންނުހުންނާނެ ގުނބޯހެދިފަ ވޯޓުލާދޭނެ ތާލިޔާތާލިޔާތާލިޔާ😆😆😆😆😆😆😆😆

  15. ފޭރާން

    ހާލުފޮޅި ބުނަން . އެމްޑީޕީ މީހުން ވެރިކަމަށް އައީ ތިޔަ ބުނާ ކަންކަން ވަރަށް ފައްކާކޮށް ކޮށްގެން . މި އަދު އެއޮތީ އެމީހުން އެމީހުންގެ އަނގައިން ބޭޒާރުވެ ފަޟީޙަތްވެފައި. މިގައުމުން އެމްޑީޕީ ޖެހޭނީ ފޮހެލަން. އެހެންނޫނީ އެއްވެސް މުސްތަޤްބަލެއްނެތް. ހުސް ހުސް ހުސް ކޮސްއަނގތެޅުމާ ވައްކަމާ މަކަރާ ހީލަތާއި ރައްޔިތުންނަށް ދޮގުމައްޗަށް ދޮގު ހަދާ ބަޚީލު ލައިދީނީ ބައިގަނޑެއް! ﷲއިރާދަ ކުރެްއްވިއްޔާ މި ވައިރަސް އެެޖެންޓުންގެ އެޖެންޑާ ވައިރަލް 19 ކަފުންކޮށްލާނަން މި ފަަހަރު ރައްޔިތުމީހާ ނުކުމެ. ހަމަ އެކަނި ކޮތަރުކޮށިންވެސް އެ ނަތީޖާ ދައްކާނޫ އަފުން، އިންޝާﷲ

  16. ފިޔަވަޅު

    ރައީސަކަށް ހުންނަވާ ބޭފުޅަކަށް ހީވާކަހަލަ ވެރިކަން ލިބުނީ ރާއްޖެއިން ބޭރަށް ދަތުރު ކުރާށޭ!
    އެޔޭ ރަޢްޔިތުން އެދޭކަމަކީ .

  17. ޢައްބާސް

    މިއީ އަނިޔާވެރިކަން. ވެރިންގެ ހިތުގައި ނިކަމެތި ރައްޔިތުންނާމެދު ކުޑަވެސް އޯގާތެރިކަމެއް ނެތްކަން ސާބިތުކޮށްދޭ ކަމެއް.

  18. ކައުންސެލަރު

    ދިވެހިރައްޔިތުންނަށް ހެޔޮވެރިކަމާ ޒީރޯ ޓޯލެރަންސް ވެރިކަމާ ކަރަޕުޝަން ފުރީ ވެރިކަމާ ވައްކަން ނުކުރާ ވެރިކަން މިއޮތީ ލައިގަނެފަ. އެހެންތަ؟ މީ ބަލާ ވެރިކަމެއް، މޮޅިވެރިކަމެއް، ގިލަންވެރިކަމެއް،. ބޮޑު ނޮހޮރުއްޕާނެއް

  19. ސައްފަތު

    މިފެންނަނީ މިސަރުކާރުގެ ހަޔާތްކުޑަކަން. މީދެން ބޮޑުވަރު.

  20. ބަޑިތަކުރު

    ތީކުރީސަރުކާރުގެ މައްސަލައެއް. ފުލެޓް އެޅުމުގެ ކުރިން ބަސް ސްޓޮޕް ހެދިނަމަ ތިހެން ނުވީސް.

    5
    4
  21. ސަޓޯ

    އިންޑިއާ ޕޮލިސީއަށް ތާއީދު ކުރާ ބައިގަނޑެއް އުޅޭ ސަރުކާރަކުން ބޭނުން ވާނީވެސް ދިވެހިން ރައްޔިތުން އިންޑިއާ މީހުން އުޅޭހެން ތެލޭކަށެއް ނޫންތަ ؟؟؟؟

    5
    1
  22. ެއަލީ

    މާތްކަލާކޯ. އެއީ މީހުން ދިރިއުޅޭ ކަހަލަ ގޮތަކަށް ހެދި ތަނެއްނޫނޭ،. އެއީ ގަނަތަޅުވަން ހެދި ތަނެކޭ. އެހެންވީމާ ޖެހޭނީ ގަނަތެޅެން.

    2
    3
  23. Anonymous

    އަދިވެސްމީހުންނައް ފުލެޓުތަްވެސްނުދެވިގެން އުޅޭސަރުކާރެއްގެވާހަކަތިދައްކަނީ

  24. ކޭކު..

    ކެތްކުރޭ...ކެތްކުރޭ..އިރާދަ ކުރެއް ވީއާމު ވަރައް އަވަސް މުސްތަޤްބަލެއްގަ ތިސަރަހައްދު އެއްކޮއްވެސްް ތަރައްޤީ ވެދާނެ،، ފޭސް 2 އޭކިޔަން ނުޖެހޭ ވަރައްވެސް..އާމީން