ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ދިރިއުޅޭ މަރުކަޒު ކަމަށްވާ ފިޔަވަތިއަށް މާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވަތް މައްސަލާގައި، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އޭނާ ބަޔާން ދެއްވައިފިއެވެ.

ދާދި ފަހުން ފިޔަވަތީގައި ހިނގައި ދިޔަ ކަންތައްތަކާއި ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދަނީ ބަލަމުންނެވެ. އަދި މަޖިލީހުން ވަނީ އެ ހާދިސާ ހިނގަމުންދިޔަ ވަގުތު ޝުޖާއު އެ މަރުކަޒަށް ވަދެ އެ ތަނުގައި ދިރިއުޅެމުންދާ ކުދިންނާއި ވާހަކަދައްކާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް އެދި އެލްޖީއޭއަށް ސިޓީ އެއް ފޮނުވާފައެވެ.

މަޖިލީހުން، އެލްޖީއޭ އަށް ފޮނުވި ސިޓީގައި ވަނީ ޝުޖާއު އެ ސަރަޙައްދަށް ޢާއްމު ފަރާތްތައް ވެއްދުމުގައި ބައިވެރިވި ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އެލްޖީއޭ އިން ވަނީ އެ މައްސަލަ އާއި ގުޅިގެން ކަން ހިނގާފައިވާ ގޮތާއި، މިކަމާއި ގުޅޭގޮތުން ފާހަގަކުރައްވަން ބޭނުންވާ ކަންކަމުގެ ބަޔާނެއް ލިޔުމުން ދިނުމަށް ޝުޖާއު އަށް އަންގަވާފައެވެ.

ޝުޖާއު "ވަގުތު"އަށް ވިދާޅުވީ އޭނާގެ ވަކީލު މެދުވެރިކޮށް އެލްޖީއޭއަށް ލިޔުމުން ބަޔާން ފޮނުވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުގެ ވަކީލު މެދުވެރިކޮށް މިއަދު އެލްޖީއޭއަށް ބަޔާން ދާނެ" ޝުޖާއު ވިދާޅުވިއެވެ.

ފިޔަވަތީގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން "ލައްކަ ވާހަކަ" ދައްކަވަން އެބަހުރި ކަމަށާއި، އެ ވާހަކަތައް ދައްކަވަން މަޖިލިހުގެ ކޮމިޓީ އަށް ވެސް ވަޑައިގެންނެވިދާނެ ކަމަށް ޝުޖާއު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފިޔަވަތީގައި ހިނގާދިޔަ ހާދިސާއާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ އެތަނުގައި މިހާރު ހިނގަމުންދާ ކަންތައްތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އެތަނުގައި ހިނގި ކަންކަމާއި ގުޅޭ އެއްވެސް ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒާ

    ކުދިންނަށް ނޭދެވޭ އަސަރު ކުރީ ސުޖާއު އެތަނަށްވަދެ ކުދިންނާ ވާހަކަ ދެއްކުމުންކަމަށް ބުނުމީ ލަދުކުޑަވާހަކައެއް. ކުދިންނާމެދު އިހްމާލުވާލެއް ބޮޑުކަމާއި އަނިޔާކުރާކަމާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބޭތީ ކުދިން ނުކިޔަމަންތެރިވެ ތަނުގައި ހުޅުޖަހާ ފުރާޅުމަތީ ލަޓިބުރި ހިފައިގެން ތިބީ ތިބުނާ ސުޖާއު ކުދިންނާ ވާހަކަ ދެއްކުމުގެ ކުރިންކަން އޮޅުވާލަން ތިއުޅެނީ ތިމާމެންގެ ލާއިންސާނިއްޔަތުކަން ފޮރުވަންހެއްޔެވެ؟

  2. ދަރަނި ދަންތުރަ

    ސާބަސް ސުޖާއު އެއްމެ ފިޔަވަޅެއް ވެސް ފަހަތަށްނުޖެހޭތި ހިއްވަރާއެކު ކުރިޔަށް ، ތިޔައީ ބާރަށު ދާއިރާގެ ރައްޔިތުން ފަހުރުވެރިވާ ދަރިޔެއް...

  3. ށަވިޔަނި

    ސާބަހޭ ޝުޖާޢު ހިއްވަރު ގަދަކޮށްލާ ރައީސް ގެ ޙަައްޤުގާ މަސައްކަތްކުރާ ކޮންމެ މީހަކަށް ޝަޒާދޭން އުޅޭނެ.ޙައްޤަން ނަޞްރު ލިބޭނެ މިވެސް ދުނިޔެއިން ދުވަހެއް

  4. ހެހެހެ

    ތީ ފަހުރެއް އަދި ފޭސް 2 އަށް ބަސްދަތުރުވެސް ހަމަޖައްސާދެއްވާ

    • ލަންޑޭލާޑޭ

      ފޭސް 2ށް ބަސް ދަތުރު ކުރާތަން ނުފެނި ކޮމެންޓް ކުރަނީ ލަދެއްގާ ބެދެން ވެގެން.

  5. Anonymous

    ސބަހޭ ސުޖާއު ސައިތާނުން ބަލިވަނީ އަވަސްކުރޭ