އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް އެކުލަވާލާފައިވާ ބޯޑަށް މިހާތަނަށް ހަ ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެ ބޯޑުން ބުނެފިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދިނުމަށް 11 މެމްބަރުން އެކުލެވޭ ބޯޑެއް އޮވެއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު އިއުލާންކުރަން އެތައް ތާރީހުތަކެއް ކަނޑައެޅިއެވެ. ތާރިހުތައް ފަހަނައަޅައި ދިޔައިރުވެސްް އެކަން އޮތީ ނުވެފައެވެ.

މިނިމަމް ވޭޖް ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލުކުރައްވާ ބޯޑުގެ ޗެއާމަން ރިޔާޒު މަންސޫރު "ވަގުތު"އަށް ވިދާޅުވީ އެންމެ ކުޑަ އުޖޫރާ ކަނޑައެޅުން ލަސްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަން ލަސްވަނީ މެންބަރުންގެ ފަރާތުން ހުށަހެޅެމުންދާ ހުށަހެޅުންތަކަށް ބަހުސްކޮށް ގޮތެއް ނިންމަން ވަގުތު ނަގާތީވެ ކަމަށެވެ.

"މެންބަރުންގެ އިހުތިޔާރުގައި އޮންނަކަމެއް. މެންބަރުންނަށް ވަގުތުދީގެން ކުރިއަށް ގެންދަނީ. މި ވަގުތު އެބައިތް ހަ ޕްރޮޕޯސަލްއެއް" އޭނާ ވިދަޅުވީއެވެ.

ރިޔާޒު ވިދާޅުވީ ދެން އިތުރު ހުށަހެޅުންތައް ބަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ. ބޯޑުގެ ތެރޭގައި ކުރެވޭ ބަހުސްތަކުގެ މައުލޫމާތު ހިއްސާނުކުރަން ނިންމާފައިވާތީ ލިބުނު ހުށަހެޅުންތަކުގެ މައުލޫމާތެއް އޭނާ ނުދެއްވިއެވެ.

"ބޯޑުގައި ހިނގާ ޑިސްކަޝަންގެ މައުލޫމާތު އަޅުގަނޑު ހިއްސާއެއް ނުކުރާނަން"

ރިޔާޒްގެ އަންދާޒާއަކީ އަންނަ މަހުގެ ކުރީކޮޅު ބޯޑުގެ ނިންމުން މިނިސްޓަރަށް އެރުވުމެވެ.

"އަންދާޒާއަކީ އޮކްޓޫބަރު 10 އެއް ހިސާބުގައި މިނިސްޓަރަށް ލަފައެއް ދޭވަރަށް ބޯޑުން ނިންމުމެއް ނިންމޭނެ" ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އިކޮނޮމިކް މިނިސްޓަރަށް ވަޒީފާއާއި ބެހޭ ގާނޫނުން ލާޒިމް ކުރެއެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ހިންގާ ނުވަ ސިނާއަތަކަށް ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް

  1. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
  2. ޓޫރިޒަމް ސިނާއަތް
  3. ކޮންސްޓްރަކްޝަން ސިނާއަތް
  4. ދަތުރުފަތުރުގެ ސިނާއަތް
  5. ސިއްހީ ހިދުމަތުގެ ދާއިރާ
  6. ތައުލީމީ ހިދުމަތުގެ ދާއިރާ
  7. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
  8. އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ
  9. މެރިޓައިމް، ޝިޕިން ސިނާއަތް

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ސަޓޯބޯ

    ދެން ވަރިހަމަ ނުބުންޏަސް، ކަލޭމެން ރެޑީވޭ ސަރުކާރުން ބޭރުވާން ފޮށި ތަންމަތި ބަނދެގެން، 2023 ގަ ބޮޑު ލަދެއްގަ ބެދޭނެ އިބުލާ ފައްޔާޒްމެން

    28
  2. Anonymous

    ދެވެން ނެތް އެެއްޗެއް ދޭނެކަމެއްނެތް. ތީދެން ޖުހާ ކައިވެންޏައްވީވަރު ތިވަނީ

    26
  3. ކިޔުންތެރިއެއް

    ދެންބުނާނެ ވިދުވަރަށްވުރެއް ބާރަށޭ މި ނާގާބިލް ސަރުކާރު މިދުވަނީ.

    27
  4. ހދޖ

    ކޮބާ ސިވިލްސާވިސް މީހުން.އެމީހުންނަކަށް ނެތްތަ🤐

    25
    • ޢަބްދުއްލަޠީފު

      އެބުނާހެން އަހަރުމެން ދެން މަހައް ދޯ ދާންވީ؟ ސިވިލް ސާރވިސް ނެއްތާލަނީބާ؟ ދެފަހަރު ކީމަވެސް އަހަރުމެންގެ ވާހަކައެއް ނުފެނުނު. ދެން ކުރިމަތިލާނީ ރައީސް ކަމަށް. 2023 ގަ ކުޅި ދައްކާލާނަން. ހޭވައްލާ ތައްޔާރު

      12
  5. މޫސަ

    އިބިލީހުގެ ކައިވެންޏަށް

    24
  6. ހުސޭނުބޭ

    އަދި ކިރިޔާ ލަފާދެވޭވަރު ..... އެވެސް އަންނަ އަންނަ އަންނަ އަންނަ މަހު. އަދި އޮންނާނެ އޭގެ ފަހަށް ނުލަފާ ދިނުންވެސް!

    21
  7. ޢަދުރޭ

    އެމްޑީޕީ ސަރުކާރު ކައުންސެލަރުންގެ މުސާރަ ހަމަ އެއް ލަކިން ބޮޑުކޮއްލީ. އަސަރެއްވެސް ނުކުރެ ރައްޔިތުން އުޅޭޙާލާއި މެދު .ސިވިލް ސާވަންޓުންނާ ޤައުމުގެ މަސައްކަތްތެރީންނައް ދުނިޔޭގެ އެންމެ ތަހުޒީބު ނޫން ގައުމުތަކުގަ މުސާރަ ދޭ މިންގަނޑުން މި މުސާރަ ދެނީ . ސިއްޙީޚިދުމަތްތެރީންނާއި ދަރިންނަށް ތަޢުލީމު ދޭ މީހުން .އެމްޑީޕީ މީހުންނަށާ ބަންގާޅިން ނާ އިންޑިޔާ މީހުންނަށް ޤައުމު ދީފަ މިތަނުން ފައިބާށޭތޯ ތި ބުނަނީ ؟ތަމެންގެ އައްޕަމެންގެ ތަރިކަމުދާ ގަނޑެއްތަ މި ޤައުމުމީ؟

    11
  8. އަމައްޔާސް

    ކަލޭތީ އަޅެ ކުޑަ އުޖޫރަ ފައްޔާޒުތަ؟..އަޅެ ތި ފަރިއްސާއި ޅެމާއި ލަވަ ކަލޭކިޔާތާ 3 އަހަރޭ މިވަނީ..ނުފޯރާ ފޮތިން ފޫގަޅަން ނޫޅެބަލަ..

    13
  9. އަޗާ

    ހަމަ 2 ވަނަ މަލީހްތީ ހެ ހެ !

  10. މުހައްމަދު

    2023 ގެ ކުރިން އެއްކަމެއްވެސް ވާނޭކޭ ދެން ނެތްބުނެވޭކަށް. މިމީހުންގެ ހުރިހާކަމެއް މިދަނީ މިބީދާއިން. އިރާދަކުރެއްވިއްޔާ މިނިވަންވޭޖް އާއި އެއްމެހާ މުވަށްޒަފުންނަށް އެ މުވަށްޒަފެއްގެ ހައްގުވާ މިންވަރު ރައީސް ޔަމީން 2023 އިންތިހާބް ކާމިޔާބުކޮށް ކަށަވަރުކޮއްދޭނެ.

    11
  11. ައަހުމަދު

    ތިކަހަހަލަ ކުފޫހަމަ ނުވާމީހުން މިނިސްޓަރުންނަށް ލާފައި ތިބެންޏާމުން ވަނީ ތިހެން.

    11
  12. ކާފަބޭ2020

    އަޅެދެންދޯ؟ މިމީހުނަށްމިނޫއެއްޗެއްކިޔަންނޭގެނީބާ؟ އަންނަހަފްތާ އަންނަމަހު އަންނައަހަރު 😆😆😆😆😆 ކޮންމެހެންތިޔަހާސަރުދަމާނެކަމެއްނެތްއިސްތިއުފާދީ އެހެންމީހުނަށްވަގަށްގޮވާފަ މާބޮޑުޒީރޯތޮލަރެންސް ބޮނޑީގަ އެލިގެންއޮވެ އަތާއަނގަޔާދިމާވިކޮންމެއެއްޗެއްބޮމުން އޯކާދެމެމުން ކަރުތެރޭހުރިއެއްޗެހީގައަތްލެވޭވަރުވާއިރުވެސް އިތުރަށްދިރުވާލާނެއެއްޗެއްލިބޭތޯ ލާހޫރޭބައިގަނޑެއް މިނޫނީނުދެކެން!

  13. މޯޑު

    އަދަދުތަކެއް ފާސްކުރިޔަސް ނުދެވޭނެ ދެންޏާ ދުވާލަކު ސޭލް ވަންނަވަރު މަޖިލިހައް އިގެންވާނެ އެވަރު ވައްދަދެންޖެހޭނެ މިހާރުވެސް މިއުޅެނީ 3000 ރުފިޔާގެ ސޭލް ނުވެގެން ތިޔައިޅެނީ މިހާރުދެން ބާކީ މިހަރަ ހުރިހާވިޔަފާރިތައް ފުނޑާލަން މީސަރުކާރެއްނީން ބުނެލަންއޮޓީ މިހާރުވެސް ތިގާސިމުމެން މުސާތަވެސް ބަރާބަރައް ނުދެއޭ އަދި އާދާގެމީހާ ތިވަރުނުދެވޭނެ މަމިހާރު ތިކަންތައް ފަށާއިރައް މަގޭލައިރީ އުޅޭ 20 މީހުން ގެއަެްފޮނުވާލާފަ 3 ފިހާރަ ބަންދުކޮއްލާފަ ވަޒީފާ އެއް ލިބޭތޯ ބަލާނީ

  14. ލާބަ

    ކޮބަ ސިފައިން. އަޅު ކެޓަގަރީދޯ އެދީ

  15. އުޖޫރަ

    އެންމެ ކުޑަ އުޖޫރައާ ބެހޭ ލަފައެއް ދެވެނީ އަންނަ މަހު! މާކުރިންވެސް އެނގޭ މިއަންނައަހަރު ރިޔާސީ ކެމްޕޭނައް އަނެއްކާ ތިޔަ އުޖޫރައެއް ކަނޑައަޅާ މަސްވަރާކުރަނީ ފަސޭހަކަމާއެކު ވޯޓްހޯދަން ތިޔާއެންނު ތިޔަގަންނަގަނޑަކީ ރައްޔިތުންގުނބޯހައްދަން

  16. އަބުދުﷲ

    މުސާރައިގެ އޮނިގަނޑު އޮތީ ޣަނީމާ މުދާބެހިގޮތުން އަންގަވާފަ. އަސްވާރަކަށް ދެބައި ފައިމަގުގަ ހަނގުރާމަ ކުރި މީހުނައް އެއްބައި. މިނިސްޓަރަށް 42 ހާސް ދޭން ލިބޭކަމުގަ ވާނަމަ މަސައްކަތުމީހާއަށް 21 ހާސް ދޭން ޖެހޭނެ. މަސައްކަތުމީހާއަށް 6 ހާސް ކަމުގަވާނަމަ މިނިސްޓަރަށް 12 ހާސް 42 ހާސް ނުދެވޭނެ.

  17. އިލްހާމާ

    މިނިމަމް ވޭޖް ކަނޑައެޅެނީ، (ދެންމާލެހެންނުވާނެ، ބޯޑުގެ މެންބަރުން އެއްސްވެއްޖެ، ބޯޑުގެ މެމްބަރަކު ރުޅިއަތުވެއްޖެ، ބޮޑަކު ރާއްޖޭންބޭރުގަ އުޅުއްވާތީ، ޢާއްމުގެ ޚިޔާލުހޯދަނީ، ރިސޯޓުތަކުން މަޝްވަރާ ހޯދަނީ ) މިކަހަލަ ވަރެއްގައި މިކަން ދިގުދައްމާލުމުގެ ބޭނުމަކީ ކޮބާތޯއެވެ. މިހާރުވެސް ބޮޑެތި މަޝްރޫޢުތައް އިޢުލާންވެގެންދަނީ ފައިސާވެސް ޤައުމަށް ލިބޭތީނޫންތޯއެވެ. 451 މިލިޔަން ރުފިޔާގެ މަޝްރޫޢެއް އިހަށް ދުވަހުވެސް އިއްވީއެވެ. ކޮމިޓީތަކަށް މުސާރަ ބޮޑުވަނީއެވެ. އެސްޖީން އުފައްދަވަނީ އެންމެ ކުޑަ އެސްޖީއަށްވެސް 16100ރ އެވެ. އެކަމަކު ނިކަމެތި ސިވިލްސަރވިސް މީހަކަށް ގެއަށް ގެންދަން 5000 ރ ވަރު ހަމަވަނީ ކިރިޔާއެވެ. އޭތިކޮޅު އޮންނަނީ ކުރީމަހުގެ ދަރަނިތައް އަދާކޮށްލާ ވަރަށެވެ. އޭ ގައުމުގެ ބޮޑުންނޭވެ. އަބުރުވެރި ދިރިއުޅުމެއް (ޑުބާއީ ސިންގަޕޫރު) ފެންވަރުގައި އެއްބަޔަކު އުޅޭއިރު އަނެއްބަޔަކު ދަރާވިކިގެން (އިތިއޯޕިޔާ ސޫދާން) ފެންވަރުގާ އުޅޭކަން ހަމަ ނޭނގެނީހެއްޔެވެ.

  18. އަޙްމަދު

    އެއްވެސް އެއްޗެއް ދޭނެ ކަމެއްނެތް! މިހާރު ލިބޭއެތޮކޮޅުވެސް ކަނޑާލާ! ދެން އިންޑިޔާ މީހުންނާއި ބަނގުލާދޭޝް މީހުން ގެނެސް އަޅާލާ އެރުން ތިކަން ހަމަޖެހުނީ!

  19. އަބުދުﷲ

    އެއްކޮއް ކިޔެވި އެއްވަރެއްގެ ތައުލީމު ހުރި ދެމީހުން އެކަކު އިންޖިނޭރަކައްވީ އޭނަޔަށް ލިބެނީ /15000 ގައުމައް ހަގީގީ ފައިދާ އަނެކަކު މަސައްކަތެއް ނުކޮށް ފަސާދައިގެ ވާހަކަ އަޑުހަރުކޮއް ގޮވާމީހަކައް ވީމަ އެފަދަ މީހުންނައް 45000 ރުފިޔާ މުސާރައޭ ކިޔާފަ ދިނުން މިގައުމުގެ އިންފލޭޝަން ބޮޑުވެ ދަރަނިވެރިވުމުގެ އަސްލަކީ . ހަލާލުއެއްޗެއް ކަމުގަ ވިސްނައިގެން މިކަނީ ކަނޑަ އެޅިގެން ނުހައްގު ފައިސާ

    1
    1
  20. އަބުދުﷲ

    ރާއްޖެ ސަލާމަތްވާނެ ހަމައެކަނި ގޮތަކީ އެއްމެބޮޑުމުސާރަ 25 ހާހައް ކުޑަކުރުން . އެއިރައް އުއްތަމަފަނޑިޔާރަކަެްވެސް ފައިސާއައް ނުބަލާ ނުގަނެވޭނެ. މިހާރުމިވާ ގޮތަކީ 10 ފިހާރަ ހިންގިޔަސް މިމީހުން މިކުރާ އަސަރެއް ނެތް އިސްރާފު އެއްޗެތި ގަންނާކައް ނުކެރޭނެ. މީގެ ތިން ހަތަރު ދަރަޖައެއްގެ ރެސްޓޯރެންޓާ އެބައުޅޭ . މިމީހުން 18000 ރުފިޔާގެ ގަމީސް އެބަލާ.

  21. އަބުދުﷲ

    ރާއްޖޭގަ ތިބި ޑުރަގު އެޑިކްޓް މީހުންގެ ގެއްލުމައްވުރެ މާގެއްލުންބޮޑު އެއްބަޔަކު މާމަތިވެރި ބައެއްގެ ގޮތުގަބަލައިގަނެ އެމީހުންނަށް ރައްޔިތުން ކުރާ ބަރުމަސައްކަތުން ޓެކްސް ނުވަތަ ޖިޒީ ނަގާފަ މިދޭދިނުން. މިމީހުން ހެދިގެން އުޅެނީ އިންޑިޔާގަ އުޅުނު ރާޖާ އިން ކަމުގަ .މިއިން އެއްވެސްމީހަކު މުސާރަ އަށް ނޫނީ ކަމެއް ކުރިބާ؟ މިހާރު މިމީހުންނަށް މިދެނީ ކޮން ފައިސާތަކެއްބާ؟ މިކާސްޓް ސިސްޓަމް އުވާލުމުގެ ގަޑި ނުޖެހޭބާ؟ ސަރުކާރުގަ އުޅެފަ އޮތީމަ ލިބޭ އިނާޔަތް؟؟؟؟؟؟؟

    ާ