ހިޔާ ފްލެޓްތައް ކައިރިއަށް ބަސް ދަތުރުތައް ނުކުރާތީ އެކަމުގެ ދަތިކަން އިހްސާސް ކުރަން ޖެހިފައިވާ މަންމަ އަކު އޭނާގެ ދަރިފުޅު ބުރަކަށި މަތީގައި އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން އެއާއިލާ ސްކޫލަށް ދިއުމަށް ބޭނުންވާ ޓެކްސީ ހެޔޮ އެދޭ ފަރާތެއްގެ ސްޕޮންސާއާއިއެކު އާއްމުންގެ ޖަމިއްޔާ އިން ހަމަޖައްސައިދީފިއެވެ.

ވީޑިއޯ އާއްމުކޮށް، މައްސަލަ އާއްމުންގެ ސަމާލުކަމަށް ގެނައި އާއްމުންގެ ޖަމިއްޔާ އިން މިރޭ ބުނީ ވީޑިއޯ އިން ފެންނަނީ މަންމަ އަކު އޭނާގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިއަކު ހުޅުމާލޭ ފުރަތަމަ ފޭސް އިން ހިޔާ ފްލެޓާއި ހަމައަށް ބުރަކަށިމަތީގައި ގެންދާ މަންޒަރު ކަމަށެވެ. ވީޑިއޯ އިން ފެންނަ މަންމަ ދެދަރިން ބުރަކަށިމަތީގައި ކޮންމެ ދުވަހަކު ވެސް އުފުލައެވެ.

ކޮންމެ ދުވަހަކު ހިނގާފައި ނުވަތަ ދަރިފުޅު ބުރަކަށިމައްޗަށް ލައިގެން ހުޅުމާލޭ ފޭސް އެކެއްގެ ބަސް ސްޓޮޕަކާ ހަމައަށް މި ކުދިން ގޮވައިގެން މަންމަ ދެ އެވެ. ކުދިންގެ މަންމަ މިގޮތަށް ކަންތައް ކުރަން ޖެހެނީ ޓެކްސީގައި ކޮންމެ ދުވަހަކު ދަރިން އުފުލޭ ވަރުގެ މާލީ ތަނަވަސްކަމެއް އެމީހުންގެ ނެތުމުންނެވެ.

އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު "ވަގުތު" އަށް ވިދާޅުވީ އާއްމުންގެ ޖަމިއްޔާ އިން އެކުދިން ކޮންމެ ދުވަހަކު ޓެކްސީއެއްގައި ސްކޫލަށް ގެންދިއުމުގެ އިންޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. "ބަސް ދަތުތައް ހިޔާ ފްލެޓްތަކަށް ފެށެންދެން އެކުދިންނަށް ޓެކްސީއެއްގައި ސްކޫލަށް ދެވޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެކަމަށް ކުރަން ޖެހޭ ހަރަދު ހެޔޮ އެދޭ ފަރާތެއްގެ އެހީގައި ޖަމިއްޔާ އިން ކޮށްދޭނެ." މިދުއަމް ވިދާޅުވިއެވެ.

މާލީ ތަނަވަސްކަމެއް ނެތުމުން ކޮންމެ ދުވަހަކު ޓެކްސީގައި ދަރިން ސްކޫލަށް ނުގެންދެވޭ ގިނަ ބަޔަކު ހިޔާ ފްލެޓްތަކުގައި މިހާރު ވެސް ދިރިއުޅުން އެކަށީގެންވާތީ އާއްމުންގެ ޖަމިއްޔާ އިން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޖަމިއްޔާ އިން ވަނީ މިހާރުން މިހާރަށް ހިޔާ ފްލެޓްތަކަށް ބަސް ދަތުރުތައް ފެށުމަށް ސަރުކާރަށް ގޮވާލާފައެވެ.

ހިޔާ ފްލެޓްތަކަށް އަދިވެސް ބަސް ދަތުރުތައް ނުފަށާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހާލުފޮޅި

    ތިޔަ އެހީތެރިކަން ބޭނުންވާ ފޯރުންތެރިކަން ނެތް އާއިލާތަކަށް ދަތުރު ހަމަޖައްސާލަދިނުން ކިހިނެތް ވާނެބާ؟؟؟؟

    21
    2
  2. ކިޔުންތެރިޔާ

    އަލްހަމްދުލިއްލާހް.

    40
    1
  3. ހުސެން ބެންގަލޫރު

    މި ވީޑިއޯ ބެލި ބަޔަކަށް އިނގޭނެ މީ ބަޔަކު ކުޅުނު ޑްރާމާ އެއްކަން.

    6
    40
  4. މުހައްމަދު

    ވަރަށް ބޮޑަށް ސުކުރިއްޔާ. މިއަދު ހިތަށް އަރާ ރައީސް ޔާމީން ވެރިކަމުގައި ހުރިނަމައޭ.

    44
    1
    • ބޮސް

      ޢޭރުން އުފާލިބޭނީ އަހަރުމެން ޕީޕީ ކުދިންނަށް އެކަނި. ޢެގޮތްވެސް ކަމަކުުނުދޭ.

      4
      9
  5. ައަހުމަދު

    މިޤައުމުގައި މިއޮއްނަ ސަރުކާރު ތަކުގެ ބޭނުމަކީ ކޮބާ ސަރުކާރެއްނެތަސް ވަރިހަމައެއްނޫން އެސަރުކާރަށް ނިކަމެތި ރައްޔިތުންގެ ބޭނުން ނުފުއަދެންޏާމުން.

    23
  6. ސަނީމާ

    ތިޔަ ކަން ކުރި ބަޔަކައް ރިޒްޤް އިތުރުކޮއް ރަޚްމަތް ލައްވާށި

    41
    2
  7. ސސ

    ހުޅުމާލޭ ދެވަނަ ފިޔަވަހިޔަށް ޓެކުސީ ދަތުރުވެސް އަގުބޮޑު މާލޭގައިވެސް އެއްތަނުން އަނެއްތަނަށް މިނަގަނީ 25ރ ހުޅުމާލެ ތެރޭގައިވެސް އެއްތަނުން އަނެއްތަނަށް ނަގަން ޖެހޭނީ 25ރ ނުންތޯ ؟ މިހާރު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ޓެކްސީން ނަގަނީ މާބޮޑު އަގެއް ނުންތޯ ؟

  8. ޙަސަން

    ރައްޔިތުންގެ ކުންފުނިން ބުނަނީ އަދި ވާކަށްނެތޭ؟

  9. ކަރީމު

    “ ފޭސް ދޭކަށް މިހާތަނަށް ބަހުގެ ހިދުމަތް ފަށާފައިނުވި ނަމަވެސް” ދައުލަތުގެ ދަރަނި 7،7 ބިލިައަނައް އަރުވާލާފަ އިބޫ ސޯލިހު މުޅިދުނިޔޭގަ އާއިލާގޮވައިގެން ފަރސޓް ކްލާހުގަ ދަތުރުކުރަނީއެވެ، އެޔޮއްދުއްވާކާރެއްފެނުނަސް މަލަދުގަނޭ. މަމީ ރައީސް ނަމަ މަގޭ ގައުމުގެ މީހުން ހިގާފައުޅެނިކޮއް މަށައްނުކެރޭނެ މާލޭގެ މަގުތަކައް ނުކަތާވަރުގެ އެހާބޮޑު ކާރެއްގައުޅޭކައް. ކުޑަ ވިޓްޒް އެއް ނޫނީ ކުޑަ މަރޫޓީ ގަޑެއް ހޯދައިގެން އެޔައްއަރާފާނަން ކޮންމެހެން ކާރެއްގަ ތަނަކައްދާންޖެހިއްޖިއްޔާ.

    12
    2
  10. ވިސްނާ

    ބޭކާރުކަންތަކާ، ކަރަޕްޝަނަށް ޚަރަދުކުރުމުގެބަދަލު ރަށްޔިތުންނަށް ދަތިކޮށްހުރިކަންތަށް ހައްލުކޮށް
    ލުއިފަސޭހަކުރުމަށް ޚަރަދުކުރުން މުހިއްމު ބޭކާރުކަންތަކޭމިބުނީ މޯލްޑިވިއަން އައިޑޮލް ފަދަބޮޑެތި
    ޚަރަދުކުރާ ކަންތަށް ނުވަތް ރާއްޖޭގައި ހިންގާފައިވާ ބޮޑުޚިޔާނާތުގެ ފައިސާ ނަހަމަގޮތުގައި ސަރުކާރުގެ ވަޒީރުން.....