ފ.އަތޮޅު ނިލަންދޫން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

މިހާރު އަމަލު ކުރަމުން އަންނަ އާއްމު އުސޫލަކީ ރަށަކުން ބަޔަކު ކޮވިޑަށް ފައްސިވި ނަމަވެސް އެމީހުންނާއި ގާތުން ބައްދަލުވި މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު ރަށް މޮނިޓަރިންގެ ހާލަތައް ގެނައުމެވެ. ނަމަވެސް ނިލަންދޫ ބަޔަކު ކޮވިޑަށް ފައްސިވުމުން މިހާރު އެރަށް އޮތީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ނިލަންދޫ ކައުންސިލަރަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ ނިލަންދޫން ވަކިތަރުތީބެއް ނެތި ސުންކު ނަގައި ކޮވިޑް ފެތުރިފައި އޮތްތޯ ބެލުމަށް މީހުން ކޮވިޑަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.

މިއަދު ވެސް ރާއްޖެ އިން 142 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 108 މީހުން ފައްސިވިއެވެ. މިއަދު މާލެ އިން ފައްސިވީ 29 މީހުންނެވެ. އިތުރު ހަތަރު މީހަކު މިއަދު ރިސޯޓްތަކުން ފައްސިވިއެވެ.

މިހާރު ރާއްޖޭގެ 13 ރަށެއް ކޮވިޑް ފެނިގެން އަރައި ފޭބުން މަނާކޮށްފައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު