ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޔޫއެސް ޑޮލަރު ދައްކާފައިނުވާތީ، ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ފަށަން ތާވަލުކޮށްފިއެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު 28 ގައެވެ.

ޔާމީންގެ ވަކީލުން ވަނީ އެ މައްސަލަ އިސްތިއުނާފްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ބަންޑަަރަ ނައިބް އޮފީހުން ސިވިލް ކޯޓަށް ހުށައެޅި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 11:20 ގައި ބާއްވަން ތާވަލުކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް، ދަށު ކޯޓުގެ ހުކުމުގެ ޖޫރިމަނާއާއި ގުޅޭ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ޔާމީނަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑަގަންނަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުގައި ވަކީލުން ވިދާޅުވިއެވެ.

އަދި މިއީ މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ފޯކަސް ބަދަލުކޮށް، އަދި، ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތައް "އޮއްބާލުމުގެ ބޭނުމުގައި ދެބޯގެރި ދުއްވުމުގެ" ގޮތުން ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ބޭނުންކޮށްގެން ހިންގާ ފިނޑިއަމަލެއް ކަމަށް ވަކީލުން ތުހުމަތުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާބޭބެ ނޭފަރު

    އަނެއްކާވެސް އަނެއް ފަކަޗަ. ޤާނޫނުގައި ބުނާއެއްޗެއް ނޭގެންޏާ ޑާންސަރާ ހަވާލުކުރަންވީ އެއްނު. އިސްތިއުނާފު ކުރަން ހުށައަޅާފައި އޮއްވާ ޗަ މައްސަލަ އެއް ކޯޓުގައި ކުރިއަކަށް ނުވެސް ގެންދެވޭނެ.

    10
    1
  2. އައްނި

    ރާއްޖޭގެ ފުންނާބު އުސް ވަކީލުންނާއި ގާޒީންނޭވެ މިކަން ހަމަ މިހިގަނީ އެންމެރަގަޅައްތޯއެވެ ރައީސްޔާމީންގެ މައްސަލައިގާ ސުންކު ހަމަތޯއެވެ މީ ގާނޫނީ ގޮތުން މިހާރުވެސް ކިޔަވަމުންދާ ދަރިވަރުން ކުރާސުވާލެވެ މީގެޖަވާބު މިވަގުތު ގާނޫނު އުގެނިގެންތިއްބެވި ބޭފުޅުން ބުނެލަދީބަލާށެވެ އަދިހަމަ އިސްތިއުނާފު ކުރިޔައްދަނިކޮއް ޖޫރިމަނާ ދައްކަންޖެހޭނެތޯ އަންނަންއޮތްޖީލުތަކުން ތިޔަގަޒިއްޔާ އާއި މެދު ބޮޑުބަހުސެއް ހުޅުވާލެއެވެ މާދަމާ ވެރިކަން ބަދަލްވިޔަސް ތިޔަބަހުސް އާންމުނައްވެސް ހުޅުވާލާނެ ވިސްނަވާ

    11
    1
  3. ހަސަންބޭ

    ދައުލަތުގައި ވަގަށްނަގާނެ ފައިސާ ނެތިއްޔާ ނާށިގަޑު ހިފައިގެން ހުރިހާ ވަޒީރުން ސަލާމްޖަހަން ނުކުންނަށްވީއެއްނޫން!ރ. ޔާމީނު ދައްޖެހޭ ފައިސާއެއް އަދިނެތް! ދައުލަތުގެ މާލިއްޔާ ހުސްކޮށް ކައިލި މިސަރުރުކާރުގެ އެންމެ އިސްވެރިންގެ އަތުން ފައިސާ ހޯދަންވީއެއްނޫން!

    12
    1
  4. Anonymous

    ޖުރިމައނާއަށް 5މިލިއަން ޑޮލަރ މިއީ ދަސްވެފައިހުރި އެއްމެ މަތީއަދަދުތޯ؟؟ މިއަށްވުރެ މަތީއަދަދެއްކިޔަން ނެއެގުނީ، ރޯނުއެދުރު ހިސާނީ ނިޒާމް، ޝަމީމީ ނިޒާމާއި ރިއްފަތީ ނިޒާމުގެ ދަށުން ހިންގާ ވޭދަނަތައް ވަރަށް ސަޅި

    12
    1
  5. Anonymous

    މުޅިއޮޑީގައި ހަސަނުގެ ދެފައި ފެތުރިފައިވާހެން މުޅި ޖުޑިޝަރީ ޗަކަވެ ކިލަނބުކޮށްފައިވަނީ ހިސާނީ ނިޒާމާއި ޝަމީމީ ނިޒާމާއި ރިއްފަތީ ނިޒާމުން ހިންގާ ބޭއިންސާފު ޖަރީމާއިން، އެސްއޯއެފުން މިހުރިހާ ނިޒާމީން ނަގާފައިވާހާ ރިޝްވަތު ފައިސާތަކުގެ ބަދަލަށް ރ.ޔާމީނުއަތުން ފޭރިގެން ސަރުކާރަށް ވައްދަން އުޅެނީ ނާގާބިލު ސަރުކާރު ދަރަނިވެރިވެ ގައުމު ނުހިންގިގެންވެސް އުޅޭތީ، މީހަކަށް ހަސަދަވެރިވިޔަސް ފުކެއް ބޮޑުބަރު

    11
    1
  6. ބޭރި

    ރައީސްޔާމީން ތިޔަ ފައިސާދައްކާކަށް ނުޖެހޭ ތިޔައީގަވައިދާހިލާފަށް ކޮށްގެން އުޅޭ ޖޫރިމަނާއެއް ކޯބާތަ ސޯލިހު ނެގި 35 މިލިޔަން ޑޮލަރު އެފައިސާއިން ޖޫރިމަނާ ކަނޑާ ހަލާސްކޮށްބަލަ.

    12
    1
  7. އަބްދޫ

    ޔާމީން އަތުން ޖުރްމާނަ ހޯދަން ދައުވަ ނުކުރެވޭނެ. މަގުމަތިން ގަވާއިދާހިލާފުވެގެން ކުރި ޖުރްމަގެ އެތައމިލިޔަނެއް ނުލިބި އެބައޮތް އެމީހުންހޯދާ އެމީހުނާދެކޮލަށް ދައުވާނުކުރޭ. މީހުނާ މެދު ތަފާތުކުރުން ތިއީ ބޮޑުވަރެއް.

    13
    1