މާދަމާ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީއާ އެޗްޑީސީއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސައް ބަހުގެ ހިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެމުންދާ ބަހުގެ ހިދުމަތް ފުޅާކޮށް އެ ހިދުމަތް ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރުވަނީ ބަސް ރޫޓަށް ބަދަލުގެނެވިފައެވެ .

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ ބަސް ރޫޓްތައް
1. ހުޅުމާލެ – ވެސްޓް ޕާރކް ރޫޓް
2. ހުޅުމާލެ – ކާރނިވަލް ރޫޓް
3. ހުޅުމާލެ – ވީއައިއޭ ބަސް ރޫޓް
4. ހުޅުމާލެ ނެއިބަރހުޑް 1 ،2 އަދި 3

ހުޅުމާލޭ ބަހުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާއެވެ. އެމްޓީސީސީގެ އަމާޒަކީ ގްރޭޓާ މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމެވެ. އަދި އެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް އެ ކުންފުނިން ގެންދަނީ ކުރަމުންނެވެ.

ހިޔާ ފްލެޓްތަކަށް ބަސް ދަތުރުތައް ފަށާފައި ނުވާތީ، ވެހިކަލްތައް ނެތް މީހުން ނުވަތަ ޓެކްސީއަށް ފައިސާ ދައްކައިގެން ކޮންމެ ދުވަހަކު ދަތުރު ކުރެވޭނެ ފަދަ ތަނަވަސްކަމެއް ނެތް މީހުންނަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.

ބަސްތަކުގެ ދަތުރުތައް ފަށަން ނިންމާފައިމިވަނީ ފްލެޓްތައް ކައިރިއަށް ބަސް ދަތުރުތައް ނުކުރާތީ އެކަމުގެ ދަތިކަން އިހްސާސް ކުރަން ޖެހިފައިވާ މަންމަ އަކު އޭނާގެ ދަރިފުޅު ބުރަކަށި މަތީގައި އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މިޑިއާގައި ދައުރުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    الحمدلله
    ماشاءﷲ
    ވ. އުފާވެރި ޚަބަރެއް.
    ދަރިންކޮޅު އުފުލާ މަންމައިންނަށާއި ޢާއްމުކޮށް އެއްމެންނަށް ވ. އުފާވެރި ޚަބަރެއް.
    ޝުކުރިއްޔާ ރައީސް

    4
    3
  2. ޢަޒީޒް

    ކޮންމެ ކަމެއްވެސް ރައްޔިތުން ރުޅިއަރުވައި ހަމައިނައްޓާހިސާބައް ގެންގޮސްގެންނޫނީ މިސަރުކާރައް ކޮއްދެވޭކަމަކައް ނުވޭ. މިއީ ކީއްކުރަން ހޮވާފަ އޮންނަ ސަރުކާރެއްތޯ ބަޔެއްފަހަު ހިތައްއަރާ،

    17
  3. ކަމަނާފާނު

    ހަމަ އެ ވަރު ނާރުވަންޏާ އެއްވެސް ކަމެއް އެއީ ކަމެކޭ ހީނުވެއޭ ދޯ؟ ފުރަތަމަ ދުވަހުވެސް ތިމީހުންނަށްވެސް އެނގޭނު މީހުން ދަތުރުފަތުރު ކުރަން ޖެހޭނެކަން. ދަރިން ސްކޫލަށް ލާން ދާން ޖެހޭނެކަން. ފިހާރައަށް ތަކެތި ގަންނަން ދާން ޖެހޭނެކަން. އެކަމަކު ހަމަ ބަޔަކު ސޯޝަލް މީޑިޔާގައި ނިކަމެއްޗަކު އިތުރަށް ނިކަމެތި ކޮށްނުލަނީސް އެއްކަމެއްވެސް ކުރަން މި މީސްމީހުން ހިތަށް ނާރާ. މިއީ ވާ ސަރުކާރެއް.

  4. ޙަޤީޤަތް

    ސުރިއްޔާ ރައީސްޔާމީން އަށް ރައީސްޔާމީންގެ ޙިނދުމަތުގެ 5 އަހަރުގެ ތަސައއްވަރު ގައި ހަޤީޤީ ކުލަޖެހިފަވާމަންޒަރު ލޮޅުމެއްވެސް ނާރާ ގޮތައް ހައްދަވާދެއްވި މަގުތަކާއި ހިތްފަސޭހަ ކަމާއި އަރާމްކަން ލިއްބައިދޭ ހިތްފަސޭހަ ބަސްތަކެއް ދަތިހާލުގައި ދަރިންގޮވައިގެން ވެހޭހާވާރެއްގައި ދޭހާއަތްވެގައި ދެކޮޅަށް ފައިމަގުގައި ހިނގަންޖެހޭ ބެލެނިވެރިންނަށް ހިތްފަސޭހަކަމާއިއެކު ދަތުރުކޮލުމަށް ހިތްފަސޭހަ ބަސްތަކެއް އެހެން ނޫން ތޯ ؟؟؟

  5. ބަބުރު

    ރަށްޔަތުން ރަތަށްއަރާ ޖަމުއިއްޔާއަކުން އާންމު ފަރުދެއްގެ ދަތުރުފަތުރުގެ ހިދުމަތްތަށް ހިލޭސާބަހަށް ކޮށްދޭން ބުނީމަ މިސަރުކާރަށް ރެޔަކާލީ މިއީތޯ ހެޔޮވެރިކަމަކީ މިއީ ބަލާވެރިކަން .