މާލޭގައި މިހާރު ދެމުންގެންދާ މިނީ ބަހުގެ ހިދުމަތް ދޭން ހަ އިލެކްޓްރިކް ބަސް ގެނެސްފި އެވެ.

މިނީ ބަހުގެ ހިދުމަތް ދެމުންގެންދާ އެމްޓީސީސީގެ އޮފިޝަލަކު ވަގުތަށް ވިދާޅުވީ އެ އިލެކްޓްރިކް ބަސްތައް ގެނައީ މިއަދު ކަމަށެވެ.

އަލަށް ގެނައި އިލެކްޓްރިކް ބަސްތަކުގައި މިހާރު ބޭނުންކުރަމުންދާ ބަސްތަކަށް ވުރެ ޖާގަ ކުޑަވާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ބަސްތައް މާލޭގެ މަގުތަކުގައި ފަސޭހައިން ދުއްވޭނެ ކަމަށެވެ.

"މިހާރު މި ގެނައި ބަސްތަކުގައި 11 ސީޓު ހުންނަ އިރު ހަތަރު މީހުންނަށް ކޮޅަށް ހުރެވޭނެ. ދެން ވީލް ޗެއާ ވެސް ބޭނުންކުރެވޭނެ" އޮފިޝަލު ވިދާޅުވި އެވެ.

އަލަށް ގެނައި އިލެކްޓްރިކް ބަސްތަކާއެކު 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ވާން މި ސަރުކާރުން ކުރާ މަސައްކަތަށް މަގުފަހިވެެގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

މާލޭގައި ހަފްތާގެ ކޮންމެ ދުވަހަކު ހެނދުނު 5:45 އިން މެންދަމު 12:15 އަށް ދަތުރުތައް ކުރާނެއެވެ. ކޮންމެ ބަސް ހުއްޓިއަކަށް 10 މިނެޓަކާއި 15 މިނެޓަކާ ދޭތެރޭ ބަހެއް އަންނާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އޭސީ ކޮށްފައިވާ މިނީ ބަސް ދިޔައީ ބޭނުންކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަން

    ތި ބަސް އަލިފާން ރޯވެއްޖިނަމަ އަވަހަށް ނިއްމޭ ގޮތެއް ހޯދައިގެން ގެނާކަމަށް އުއްމީދު ކުރަން. ބެޓަރީ ވެހިކަލް އަކީ ރޯވެއްޖިނަމަ ވަރަށް ގަދައަށް އަދި ބާރު މިނުގައި ރޯވާ އިއްޗެކެވެ. ހުއްޓޭނީ އެއްކޮއް އަނދައި ހުލިވެގެންނެވެ.

    • Anonymous

      ބޮޑު އިސްރާފެއް. މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާ ބަހުގަ ދަތުރެއްގައި ގިނަވެގެން 3 މީހުން. ޕެޓްރޯލާ ޑީސަލް ލިޓަރެއް 14 ރުފިޔާއަށް. ދަތުރަކަށް 5 ލީޓަރު ތެޔޮ. ބަހުގެ މުވައްޒަފުންގެ މުސާރައާއި ތެލަށް އެކަނި ދަތުރެއްގެ ރޭޓުން 100 ރުފިޔާއަށްވުރެ ގިނަ. ސޭލްސް އަށް 21 ރުފިޔާ. ކޮންމެ ދަތުރަކުން 79 ރުފިޔާގެ ގެއްލުން. ދުވާލެއްގެ މައްޗަށް 3000 ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް. މަހަކު 100،000 ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް. ތި ބަސްތައް ދުއްވައިގެން އެކަނި އެމްޓީސީ އިނދަޖައްސާލެވޭނެ.
      މިއޮތީ ހަމަ ފަނާވުމާ ހަލާކުވެ ނިމިދިއުން ނޫންކަމެއް ނުދަންނަ ސަރުކާރެއް.

  2. ޑައެލޯގް

    ތިޔަބަސްހިދުމަތަކީވެސް އަދި ކާބަންނިއުޓްރަލް ކުރަން އުޅުނީ މިސަރުކާރުން އެކަންޏެއްނޫނެވެ. ފާއިތުވި ސަރުކާރުތަކާއި މުޅިދުނިޔެވެސް އެކަންކުރަން އެބައުޅެއެވެ. ދެން ސައިންސްވެރިން އެފަދަ އެއްޗެއް ކާމިޔާބުކޮށް ބާޒާރަށް ނެރުނީމަދޯ ގަނެވޭނީ އެނެރޭވަގުތު އިބޫހުރިއްޔާ އިބޫއަކަށްނުބުނެވޭނެ ތިމަންނާއޭ އެކަންކުރީ ބަލަ ބާޒާރަށް ނެރުނު ވަގުތު ބަލަންޖެހެއެވެ.

  3. ނާން

    އެއޮއް ދުރު ރާސްތާ ކަދަތު ކޮއްފަ ހުޅުމާލެއަށް 10ރ މި ކުޑަ މާލޭގަ 7ރ .3 ރުފިޔާ އަސްލު މާލޭގަ ކޮޅަކައް ރަނގަޅީ . ކޮންމެކަމެއްވެސް ކިޔާދޭން ޖެހެނީ މި ސަރުކާރައް.

  4. އަހްމަދު

    މިހާރު ގިނަބަސްތައް ދަތުރު ކުރަނީ ހުސްކޮށް. ބައެއް ބަހުގައި އެންމެ މީހަކުވެސް އިންދާފެނޭ. އަގުނަގަންފެށިފަހުން ދުވާލަކު ދަތުރުކުރާ މީހުންގެ އަދަދު މިހާރު ހާމަނުކުރަނީ ކީއްވެބާ؟

  5. އައްމަޓީ

    ރައްޔިތުންނަށް ލުއިފަސޭހައެއް، އެކަމަކު ސަރުކާރަށް ބޮޑުބުރައެއް، ކޮންމެ އަހަރަކު ބިލިއަނުން ސަބްސިޑީ....، އެކަމަކު އެމްޓީސީއިން ކަނޑަނީ ފޮނި.....

  6. ހަބެ

    އަމީނީ މަގުން ދުއްވާ ބަސްތަށް އެއްކޮޅަށް ދުއްވާތީ, އަމީނީ މަގާ ކަިރި ސްކޫލް ތަކުގަ އުޅޭ ކުދިންނަށް ބަހުގެ ބޭނުމެއް ނުހިފޭކަމީ ވ ދެރަކަމެއް ގިޔާސުއްދީން, އަހުމަދިއްޔާ, ބިލަބޮންގް, އިމާދުއްދީން ކަލާފާން މިފަދަ ގިނަ ސްކޫލްތަށް އަމީނީ މަގާ ގުޅިފަ ވާއިރު ވިލިމާލޭގަ އުޅޭ މިސްކޫލް ތަކުގެ ކުދިން ބަހުގަ ދާން ވެއްޖެނަމަ މިޖެހެނީ ދިރަަގު ކުރިމަތިން ބަހަށް އަރައިގެން މަޖީދީމަގު ވަށާލާފަ އަމީނީ މަގަށް މި ވަންނަނީ... ސްކޫލަށް ވަދެވޭއިރު ގަދިޖެހިފަ އޮންނަނީ ހެނދުނު ސްކޫލަށް ދާކުދިން ބަހުގަ ދާނަމަ 45 5 ގަ ގެއިން ނުކުންނަން ޖެހޭނީ ޢެކަމަކު އަމީނީ ބަހޭ ޖަހާފަ މިއޮންނަނީ
    ކޮން ގޮތަކަށް ވިސްނާފަބާ ކޮންމެ ކަމަކުންވެސް އެއްބައެއްގެ ހަގުތައް މަހްރޫމް ކޮށްލަނީ