ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިންގެ ތިން ވަނަ ޑޯޒެއް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްޙީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާދެއްވާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ ކަމާބެހޭ ގޮތުން މިހާތަނަށް ކުރެވިފައި ހުރި ދިރާތަކަށް ބެލުމަށް ފަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

"މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ
ވެކްސިންއެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސްދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށެވެ." އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19ގެ ވެކްސިންގެ އިތުރު ޑޯޒު ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ:

  • 60 އަހަރުން މަތީގެ މީހުން
  • ދިފާއީ ނިޒާމު ބަލި ކަށި މީހުން

އެޗްޕީއޭއިން ބުނީ، މީގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލު ކޮށްފައިވާ މީހުންނާއި އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް) ބޭނުންކުރާ މީހުންނާއި، ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން (ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40 އިން މަތީގައިވާ މީހުން) ނާއި ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުންނާއި ސީ.އޯ.ޕީ.ޑީ ،ބްރޮންކިއެކްޓަސިސް، ،ސިސްޓިކް ފައިބްރޯސިސް، އިންޓަރސްޓިޝިއަލް ލަންގް ޑިޒީޒް، ފަދަ ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުންނާއި ލިވަރ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުންގެ އިތުރުން ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތަަކާއި އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް ހިމެނޭ ކަމަށެވެ.

މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފައިޒާ ވެކްސިން މާލޭ ސަރަހައްދު އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލުން ހެނދުނު 9:00 އިން މެންދުރު 14:00 އަށް ޖެހޭނެ ކަމަށާއި އަދި ވިލިމާލޭ ހޮސްޕިޓަލުން ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ޖެހެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުެނފައެވެ.

ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި ލިންކުން ވެކްސިން ސެންޓަރުތަކަށް އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަލީ

    ތި ޖެހިފަހުން އަވަހައް ވެރޭ މައްސަލަ ވަރައްބޮޑު ތިނެއް ހަތަރެއޖަހއިގެންވެސް މިކަން ރަނގަޅު ވެެއްޖިއްޔާ ކިހާ ރަނގަޅު

    3
    1
  2. Anonymous

    މަހަށްދޭބަލަ!

  3. Anonymous

    ގުދުރަތީ ދިފާއީ ނިޒާމު ހަލާކު ކޮށްލާފަ މިވެރިން ހުއްޓާލާނީ.

    7
    1
  4. Anonymous

    ގަދަކަމުން މަޖުބޫރުން ކަމެއް ކުރުވާނަމަ އެކަމުގައި ފައިދާ އޮންނާނީ އެ އަނިޔާވެރިންނަށް އެކަނި.

  5. Anonymous

    އޮޕްރެސަން. މިއީ ދުނިޔޭގެ އެލީޓުންގެ ޕޮޕިއުލޭޝަން ކޮންޓްރޯލް. 2030 ގެ ނިޔަލަށް ދުނިޔޭގެ އާބާދީ 5 ބިލިއަނަށްވުރެ ދަށްކުރުން މިކަމުގެ ބޭނުމަކީ. ދައްޖާލު ނުކުތުމުގެ ތައްޔާރީތަށް ވަމުން މިދަނީ. ގަބޫލު ނުކުރާ ނަމަ ޖޯޖިއާ ސްޓޯން ހުރިހާ ކިޔުން ތެރިން ޗެކްކޮށްލައްވާ!

  6. ޑިރާސާ

    ބޮޑު ބލއ.. އަނެއްކާ އަނެއް ކަންތައް*.. ނޯ އޭ ބުނަން ޖެ ހޭ ތަންތަނުގައި ނޯ ބުނަން ނޭނގޭ ވެރިން ތަންތަނުގެ މަގާމު ތަކަށް ލީމައި ހުންނާނީ ވެފައި.. ދުނިޔޭގެ ސިއްހ ހަތު ޖަމިއްޔާގައި ތިބީ ގައުމުތަކުގެ ސިޔާސީ މަގާމު ތައް އަދާ ކޮށްފައި ތިބި ބަޔެއް. ޢެމީ ހުން ވެކްސިން އުފައްދާ ކުންފުނި ތަކާއި ގުޅިގެން ސިއް ހީ ބޮޑު ޖަރީމާ އެއް.. މިލިއަނުން ކުދި ގައުމުތައް ފެލަނީ.. Who ގެ ވެރިޔަކަށް ހުރި ޓްޑްރޯސް ވެކްސިން ނުޖަ ހާ ކަމަށް ބަޔެއް މަސްދަރު ތައް އެބަ ބުނޭ...

    6
    1
  7. އަން

    ވެކްސިން ޖެހިޔަކަސް ބައްޔަކުން ދިފާއުވެސް ނުވޭ. އަދި ބަލި ފެތުރުމުގެ ފުރުސަތު ކުޑައެއްވެސް ނުވޭ. ހަމައެކަނި ވާ ކަމަކީ އިންސާނާގެ ހަށިގަނޑަށް ދާއިމީކޮށް އުފުލަންޖެހޭ އުދަނގޫތަކެއް ކުރިމަތިވާކަން.
    ތިޔަ ވެކްސިނެއް ނުއުފައްދާއިރުވެސް މިބަލީގެ ކުރީކޮޅު މީހުން މަރުވާ ނިސްބަތް ނުވަތަ ފަރުވާ ދޭންޖެހޭ ނިސްބަތް ދައްވަމުން ދިޔަކަން ތަފާތު ހިސާބުތަކުން ދައްކާ. ސައިންސްވެރިން އޭރު ބުނަމުންދިޔައީ ބަލީގެ ބާރު ދައްވަނީޔޯ. ދެންފަހެ މީހުންނަށް އުނދަގޫ ކުރަން މީ ކީތްކުރަން ޖަހާ ވެކްސިނެއްބާ
    މަޖްބޫރުކޮށްގެން އަހަރުމެން ގަޔަށް ވެކްސިން ޖަހާތަން ވޯޓްގައި، އަނިޔާވެރި އިބޫ ސޯލިހް އަށް ދައްކާނަން.
    އަނިޔާވެރި އިބޫ އިސްތިއުފާ.

    5
    1
  8. 😣😣😣😣

    އެކަކުވެސް ނުޖަހާތި. މިކަމާދެކޮޅަށް ތެދުވެ މިކަން ހުއްޓުވަންޖެހިއްޖެ. ތިޖަހައިގެން ބަލިޖެހި ފެތުރޭ. އެއިންލިބޭގެއްލުން މާބޮޑު. ހޭއަރާނީ ކޮންދުވަހަކުންބާ.