ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިންގެ ތިން ވަނަ ހޯމަ ދުވަހު ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްޙީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާދެއްވާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ ކަމާބެހޭ ގޮތުން މިހާތަނަށް ކުރެވިފައި ހުރި ދިރާތަކަށް ބެލުމަށް ފަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

"މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ
ވެކްސިންއެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސްދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށެވެ." އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ މީހުންނަކީ 60 އަހަރުންމަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނަށް ކަމަށެވެ.

ތިން ވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުން ފެށިގެން މާލޭ ސަރަހައްދު އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލުން ހެނދުނު 9:00 އިން މެންދުރު 14:00 އަށް ޖެހޭނެ ކަމަށާއި އަދި ވިލިމާލޭ ހޮސްޕިޓަލުން ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ޖެހެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުެނފައެވެ.

ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި ލިންކުން ވެކްސިން ސެންޓަރުތަކަށް އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެންވޭރު

    ކިހާ ބޮޑުމުސީބާތެއް މީ ދެން މިލާދީނީ ވެރިކަމާއެކު ދިވެހިންނަށް މިޖެހުނީ! ބަނޑުކެއުމަށްވެސް ވެކްސިން. މި ބަލާވެރިކަމުން ﷲ މި ގައުމު ސަލާމަތްކުރައްވާ ނުބައި ނުލަފާ ހީލަތްތެރިި މަކަރުވެރިންގެ ތައްޕާހުން ރައްކާތެރިކަން ދެއްވާށި! އާމީން . ސޯލިހު ކަލޭ އިސްތިއުފާަދީފައި ފައިބާ ހަމަމިހާރު.

  2. ާދަލޭކް

    މި ނުޖަހާ މީހަކަށް ގެއިން ވެސް ނިކުމެވެން ނެތީމަ އެންމެ ދެރައީ.. އަދި ޖަހަން ޖެހޭ ވެކުސިނެއްވެސް މި މީހުނަށް އެގޭނީ..3 ވަނަ އެތި ޖެހީމަ ބުނާނެ 4 ވަނަ އެއްޗޭ.