ނައިބު ރައީސް ފައިސަލް ނަސީމަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ގެއަށް ބަދަލުކޮށްފި އެވެ.

ހާލުކޮޅު ދެރަވެގެން ނައިބު ރައީސް ފައިސަލް، ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ނައިބް ރައީސް ފައިސަލްގެ ހާލުކޮޅު ރަނގަޅުވުމުން މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ވެސް ނައިބު ރައީސްގެ ހާލުކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.

ނައިބު ރައީސް ގެއަށް ދޫކޮށްލީ އިއްޔެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އޭގެ ފަހުން އަދި ރަސްމީ ބައްދަލުވުމެއްގައި ނައިބު ރައީސް ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.