ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ”ސާފް ޗެމްޕިއަންޝިޕް“ މިފަހަރު ރާއްޖޭގައި ކުޅެވޭއިރު ދިވެހި ގައުމީ ޓީމަށް ސަޕޯޓު ކުރުމުގައި ދިވެހިންގެ ޖޯޝު ވަރަށް ވެސް ބޮޑުކަން ފާހަގަކޮށްލެވެއެވެ.
ގައުމީ ޓީމު ކުޅޭ މެޗުތައް ބަލަން ގިނަ ބަޔަކު ދަނޑަށް ދާއިރު ދަނޑަށް ނުދެވޭ މީހުންވެސް މެޗު ބަލަން ތިބެނީ ގައުމީ ޖާޒީ ލައިގެންނެވެ. މިކަމުން އެކަނިވެސް ދިވެހީން ގައުމީ ޖަޒީ އަށް ހުންނަ ލޯތްބާއި ކުރާ އިހުތިރާމް ހާމަވެއެވެ.
މިފަަހަރު 8ކިއު ޕައިލެޓްސް އިން މިވަނީ މިއަދު ހަވީރު ރާއްޖެ އާއި ލަންކާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޯ ދިމާ ކުރައްވައިގެން ގައުމީ ޖާޒީ އެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ޖާޒީ ހޯދުމަށް ކުރަން ޖެހޭނީ އެންމެ 3 ކަމެކެވެ. އެއީ 8ކިއު ޕައިލެޓްސްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކޮށްލުމަަށް ފަހު ގިވްއަވޭ ޕޯސްޓަށް ލައިކެއް ދިނުމާއި 8ކިއު ޓެގް ކުރުމަށް ފަހުގައި އެ ޕޯސްޓް ސްޓޯރީގައި ޝެއާ ކޮށްލުމެވެ. ޕްރައިވެޓް އައިޑީއަކުން ޕޯސްޓް ސްޓޯރީ އަށް ލާނަމަ ސްޓޯރީގެ ސްކީރިން ޝޮޓެއް 8ކިއު އެކައުންޓަށް މެސެޖަކުން ފޮނުވާލުމަށް އެ ފަރާތުން ވަނީ އެދިފައެވެ.
8ކިއު ޕައިލެޓްސް އަކީ ރާއްޖޭގެ ޕައިލެޓުންތަކެއް އިސްނަގައިގެން އޭވިއޭޝަން، ހާއްސަކޮށް ޕައިލެޓުންނާއި ގުޅުންހުރި ފޮޓޯތަކާއި ވީޑިއޯތަކުގެ އިތުރުން ހަބަރުތައް ގެނެސްދިނުމަށް ހަދާފައިވާ ޕޭޖެކެވެ. މީގެ ކުރިން 8ކިއު އިން ކޮށްފައިވާ ބައެއް ޕޯސްޓުތަކަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
8Q_Pilots Ge Photo Akah Dhuniyey Ge Samaalukan!https://t.co/fP7byHoG54
— Vaguthu Online (@VaguthuOnline) January 27, 2021
8ކިއު ޕައިލެޓްސް އިން ދޭ ޖާޒީގެ ނަސީބުވެރި ފަރާތް މާދަމާ އިއުލާން ކުރަން ހަމަޖެހިފައިވާއިރު ޖާޒީ ހަވާލު ކުރާނީ ނަސީބުވެރިޔާ ބޭނުންވާ ނަމާއި ނަމްބަރު ވެސް ޖެހުމަށް ފަހުގައެވެ.
މަގޭމަހަލްދީބޭ ކިޔަސް މިހާރު ބައިކުޅަބައި .ބޭރުގައުމަކަށް އެއްބައި ވިއްކާފަ ވީ.
ކޮން މަހަލްދީބެއް ސަރަންދީބެއްތަ މީ ދިވެހިރާއްޖެ.