މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ކައިރިން ދިޔަވެ ކަނޑުވި ކުއްޖާގެ މަންމަ ނިޔާވެއްޖެއެވެެ.

މާލެއިން މިއަދު ހަވީރު 16:00 ގައި ފުރި މި ލޯންޗު އަޑިއަށް ގޮސްފައިވަނީ އޮޅުވެލި ރިސޯޓު ކައިރިން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ލޯންޗު އަޑިއަށް ދިޔައިރު، އެލޯންޗުގައި ދެ ކުޑަކުދިން ހިމެނޭހެން ޖުމްލަ 12 މީހަކު ތިބި ކަމަށެވެ. އަދި އެ ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ 3 މީހުން ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނިފައިވާ ދެ މީހުންގެ ތެރޭގައި ގެއްލިގެން ހޯދަމުން އަންނަ ކުއްޖާގެ މަންމަ ހިމެނެއެވެ. އެކުއްޖާގެ މަންމަ ފެނުމާއި އެކީ ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ކ. ގުރައިދޫ ސިއްހީ މަރުކަޒަށެވެ.

ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް ކުއްޖާގެ މަންމަ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ "ވަގުތަށް" ކަށަވަރުކޮށްދެއްވާފައެވެ. އަދި އެކަން އެމްއެންޑީއެފުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. އާމިރު

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

  123
  1
 2. ކޮމަންޑާރ

  ލައިފް ޖެކެޓް އެޅުވުން މަޖުބޫރު ކުރުން އެދެން. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

  67
 3. ހުސޭނު

  އަބަދު މިއޮށް ކިޔަނީ މޫސުން ގޯހޭ މޫސުން ގޯހޭ. ކޮންތާކަށް ނުދެވިގެން ދަތުރުކުރުން ރައްކާތެރި ނޫން ދުވަސް ދުވަހު މިފުރަނީ. ފަރުވާކުޑުކުރުމުގެ ނަތީޖާ ކިހާ ހިތި. މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ނިޢުމަތް ލައްވާށި.

  77
  11
  • އަހުމަދު

   ރަނގަޅު ވާހަކައެއް އެކަމު މީ ތި ވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑު ވަގުތު ކަމަށް ނުފެނޭ، އެއާއިލާއަށް އިހްތިރާމް ކުރުމަށް އެދެން

   60
   8
  • ޝަފީޢު

   މޫސުން ގޯސްވިޔަސް ދަތުރު ކުރަންޔާ، ބައެއް މީހުންނަށް މަޖުބޫރުވަނީ ދަތުރު ކުރަން. އެންމެން ތިބޭނީ އެއް ހާލަތެއްގައެއް ނޫން. އެއް ދުވަހަށް ނުވަތަ ދެ ދުވަހަކަށް ޑޮކްޓަރ އަށް ދައްކާލަން ދާ މީހަކައް، ތަންތަން ކުއްޔަށް ހިފައިގެން ނުތިބެވިގެން ވެސް ދާން ޖެހިދާނެ.

 4. ހިލަބެ

  އާދޭސްކޮށްފައިބުނަން ދަތުރުކުރެވޭވަރުވަންދެން މަޑުކޮށްލަބަލަ މޫސުމާއިބެހޭއިދާރައިން އެލާޓްނެރެފައިވަނިކޮން މިފަދަދަތުރުތައްކުރުމަކީ އެްްގޮތަކަށްވެސް ރައްކާތެރިކަމެއްނޫން މިފަދަ ޙާދިސާތަކުން ހިތްފަޅައިގެންދާވަރުވޭ ކެއްތެރިކަން މިއާއިލާއަށް މިންވަރުކުރައްވާށި އާމީން

  10
 5. ޜައި

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

  53
  1
 6. އާދަނު

  އެލާރޓްގެ ވަގުތު ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ހާއްސަކޮށް ދަތުރު ނުކުރުމަށް އަންގާފައި ވަނިކޮށް ދަތުރު ކުރާ އުޅަނދު ތަކުގެ ހުއްދަ ބާތިލްކޮށް ކެޕްޓަނުން ނަށް ފިޔަވަޅު އަޅައި ޖިނާއީ ތަޙްޤީޤެއްް ކުރިޔަށް ގެންދިއުމަށް ފެނޭ

  72
  3
 7. ޒީވާ

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

  37
  1
 8. ނުހާ

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

  31
 9. ވަހީދު

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

  29
 10. އޭކޭ

  أنا اللغة وأنا اليوم راجغون

  25
 11. ސަމާ

  މިހާ ކަނޑުގަދަ އިރު ލައިފް ޖެކެޓް އަޅައިގެެން ތިބިނަމަ ކަނޑަށް ވެއްޓުނަސް ހޯދަން ފަސޭހަވާނެ.

  11
  1
 12. احمد

  نَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

 13. Anonymous

  أنا اللغة وأنا اليوم راجغون

 14. އިބްރާހީމް

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

 15. ޅލޡޒ

  أنا اللغة وأنا اليوم راجغون

 16. ޓޮތި

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

 17. އިލްހާމް

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

 18. މުޙައްމަދު

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون
  މިވަރުންވެސް ނުވިސްނޭނެ ކިތަންމެ ކައިރިއަށް ދަތުރު ކުރިޔަސް ލައިފްޖެކެޓް އަޅައިގެން ތިބެންޖެހޭކަން. ލައިފް ޖެކެޓް އަޅަން މަޖުބޫރު ކުރަން ޖެހޭ. މިކަމުގެ ޒިންމާ ކައްޕި ނަގަންޖެހޭނެ.

  23
  1
 19. Anonymous

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

  9
  1
 20. އިސްތިއުފާ

  މިސަރުކާރުގެ އައިރު ޒިންމާ ދާރު ކަމާއި އަދި މިނިސްޓަރުންނަށް ރައްޔިތުން ހޭލުންތެރި ކުރަން ޖެހޭ ވަރާއި ގާތަށް ވެސް މިނިސްޓަރުން ކުރިއަށް ނިކުމެ ރައްޔިތުން ހޭލުން ތެރިކުރުވަން މަސައްކަތް ނުކުރާތީވެ ވާގޮތޭ މީ ކިއެއްތޭ ވާނީ ތިމާވެށީ މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި އަދި ޓްރާންސްޕޯރޓް މިނިސްޓަރު މެން ޓީވީ ތަކަށް އަރާ ރައްޔިތުން ހޭލުން ތެރިކުރުވަން މަސައްކަތް ކުރިނަމަ މިމަސް ފެށުނު ފަހުންވިއްޔާ މޫސުން ގޯސްވެގެން މިއުޅެނީ ހަމަ ފަރުވާކުޑަ ސަރުކާރަކީއޭ ސަރުކާރު ރައީސް އިބޫ އެބަޖެހޭ އަމިއްލަ އަށް ވިސްނަން ޚުދު ރައީސް އިބޫ އަކީ ރާއްޖެ ފަދަ ޓަފް ޖެންޓުލްމެން ސްޓައިލްގެ ގައުމެއްގެ ސަރުކާރެއް ހިންގުމުގެ ގާބިލް ކަން ނެތް މީޙެއް ކަން އެނގިހުރެ އިސްތިއުފާ ދޭން އަމިއްލަ އަށް ފެނިގެން އިސްތިއުފާ ދީފައި އިންޑިއާގެ ކަންނަނޫރަށް ކަނޑާލީމާ އިންޑިއާ އިން ބަލަހައްޓާނެ އެއް ނޫންތޭ ރައީސް އިބޫ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ...

  5
  3
 21. ޝަފީޢު

  އިއްޔެ ވެސް އަޅުގަނޑުމެން ދަތުރު ކުރީ ލޯންޗެއްގައި. ވަރަށް ކަނޑު ގަދަ. ކުރޫ އެއް ކައިރީ ލައިފް ޖެކެޓް އަޅުވާކަށް ނުވޭހެއްޔޭ ބުނީމަ ބުނީ އެ އޯކޭވާނެ. 2 ގަޑި އިރުން ދެވޭ ރަށަކަށް އާދެވުނީ 4ގަޑިއިރުން. ލޯންޗްގަ 40 އަށްވުރެ ގިނަ މީހުން ދަތުރު ކުރި.
  ވަރަށް ފަރުވާ ކުޑަ ކުރެވޭ. ކަމެއް ވާ ވަގުތު ލައިފް ޖެކެޓް އަޅުވާކަށް ނޫޅެވޭނެ އެކަކަށްވެސް.

  މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. ގެއްލުނު ކުއްޖާ ހެޔޮ ހާލުގައި ފެނުމުގެ ނަސީބު ދެއްވާށި. އަދި ބާއްޖަވެރިވި ހަޔާތެއް އެކުއްޖާ އަށާއި އަޅަމެންނަށް މިންވަރު ކުރައްވާށި.

  11
 22. ޏަމްޏަމް

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

 23. ޖާރިޔާ

  ްް إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون ް ،،،،،،،،،،،،،،،،،،،،،،،،،،،.

 24. ހުސައިން

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

 25. ދަންޑެހެލު

  ކީއްހޭ ކުރާނީ؟ ބިރުވެރި ސަމާލުތައް ނެރެފަ އޮންނަ އިރުވެސް އެއަކަށް ބެލުމެއް ނެތި ފުރަފުރައިގެން ދަނީއޭ. ދެރަ ކަމެއް ވެދާނެ އޭ ހިތަށް ވެސް ނާރަ.

  10
  1
  • ބެއްޔާ

   މަމީ ވަރަށްމޮޅު ކައްޕިއެކޭ.