މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ކައިރިން އަރިއަޅައިލި ހާދިސާ ހިނގިއިރު، ލޯންޗްގައި ރާއްޖޭގެ މަޝްހޫރު ބަތަލާ ރިޝްމީ ރަމީޒާއި، ފިރިމީހާ އަދި މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ ރަވީ ފާރޫގްވެސް ތިބި ކަަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މާލެއިން އިއްޔެ ހަވީރު 16:00 ގައި ފުރި ލޯންޗަށް ދިޔަވެ ލޯންޗްގައި ތިބި މީހުންގެ ތެރޭގައިއި މި ދެތަރިންނާއި، އިސްމާއިލް އަޒީލް (ޒެލޫ)ހިމެނެެވެ. އެ ލޯންޗުން ތިން މީހުން ކަނޑަށް ވެއްޓުނެވެ. އެ މީހުން ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓު ކައިރިން އިއްޔެ ހަވީރު 17:00 ކަންހާއިރުއެވެ.

އެހާދިސާގައި އަންހެނަކު ނިޔާވިއެވެ. އަދި އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ގެއްލިފައެވެ. ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތަށް" ވިދާޅުވީ، ލޯންޗު އަރިއަޅާލައި ނާހިދާއާއި އޭނާގެ ދަރިފުޅު ވެއްޓުނީ އެމީހުން ކައިރީގައި ހުރި ސަތަރިގަނޑު ނެއްޓިގެންނެވެ.

"ވަގުތު"އަށް ކަށަވަރުވެފައިވާގޮތުގައި، އެ ހާދިސާ ހިނގިއިރު ލޯންޗްގައި ރިޝްމީ އާއި ރަވީގެ އިތުރުން، ރިޝްމީގެ ކުރީގެ ކައިވެންޏަށް ލިބުނު ޒެއްލޫވެސް ތިއްބެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.

ރިޝްމީ އިންސްޓަގްރާމްގައި ޖެހި ޕޯސްޓްގައި ވަނީ އޭނާއާ ޒެލޫ އާއި ރަވީގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހުންނަށް ކ.ގުރައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    މިފަދަ ޙާދިސާތައް ހިގީމާވެސް ވިސްނާ ފިކުރު ކުރާނެނަމަ ތިމާމެންނަށް ﷲ ދެއްވި ވަގުތު ހެޔޮގޮތުގައި ހޭދަކުރުމަށް

    96
    3
  2. އުގުރި

    މިކަހަލަ މަރުގެ ހާދިސާތަކުއް އިބުރަތް ހާސިލްކުރޭ.

    90
    5
  3. ބޯ

    ހުރިހާ ލޯންޗް ތަކުގައި ސީޓް ބެލްޓް ހަރުކުރަން އެދެން..

    6
    1
  4. ޝަރީ

    މާތްﷲ ތިފަދަ ބިރުވެރި ޙާދިސާއިން ސަމާމަތްކޮށްދެއްވީތީވެ ތިޔަ ބޭކާރުޚަންކަމުން ދުރުވެ ބުރުގާ އަޅައި އުޅެންވީދޯއެވެ.

  5. ކޮލޮ

    ދެން ރިޝްމީވެސް އެއްޗެއް ހިތަށް އަރައިގެން އިސްލާހުވެބަލަ. ގައިމު ރަވީވެސް އޭރުން މާބޮޑަށް ލޯބިވެސް ވެދާންނު

    8
    1
  6. ފިރާޝް ޢަލީ

    ދެންވެސް ކުޅިވަރާ މިޔުޒިކާ ނެށުން ދޫކޮށް ތައުބާވެބަލަ

    11
    1
  7. މ

    ލައިފް ޖެކްޓް ނާޅުވާ ދަތުރު ކުރުން ހުއްޓުވަން ޖެހޭ

    9
    1
  8. މެއިން

    ކަނޑަށް ވެއްޓި އެކަކު ނިޔާވެ ތުއްތު ކުއްޖަކު ގެއްލުނީ ލޯކުރިމަތިން. އިމްތިހާން އަކީ އެކިގޮތްގޮތަށް ކުރިމަތިކުރުވާ އެއްޗެއް. މަޖާކުރުމަކާއި ނާޗަރަންގީ ކުޅުމުގައި އުޅޭ މީހުންނަށް މިކަމެއް އިހުސާސެއް ނުކުރެވޭނެ. އަވަހަށްތައުބާބޭ

  9. ސިލްމާ

    ދަތުރުކުރީމަ ކިހިނެއްވީ؟ކަނޑުވި މީހުންނަށް އެހީތެރިވެވުނުތަ؟