ރާއްޖެއަށް އައި ގުޑުގުޑާދޫނި (ފްލެމިންގޯ)ތަކެއް ހިފައި ބޮޑު އަގުގައި ވިއްކަން ޖަހައިފިއެވެ.

ގުޑުގުޑާދޫނި އެންމެ ފުރަތަމަ ފެނިފައިވަނީ ހއ. ފިއްލަދޫންނެވެ.

ހއ. އަދި ހދ. އަތޮޅުން ފެނިފައިވާ ގުޑުގުޑާދޫނި ވިއްކަން ޖަހާފައިވަނީ "ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫޕެއްގައެވެ. އެނގިފައިވާ ގޮތުގައި ރާއްޖެ އައި ގުޑުގުޑާދޫނިތަކުގެ އަދަދު 10 އަށް ވުރެ ގިނަ ވާނެ އިރު، މިއީ ދުނިޔެ އިން ވެސް ވަރަށް މަދުން ފެންނަ ވައްތަރެކެވެ.

އެކަމަކު ހިފާފައިވަނީ ކިތައް ގުޑުގުޑާދޫންޏެް ކަމެއް އަދި މިހާތަނަށް އެނގިފައެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަގުތު"އަށް ވިދާޅުވީ ގުޑުގުޑާދޫނިތަކެއް ހިފައި ވިއްކަން ޖެހި މައްސަލައެއް ހުށަހަަޅާފައިވާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން އެކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޖުރާކުރާ ދޫނިތައް ހިފާނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން އަންގާފައި އޮއްވާ އެފަދަ ކަމެއް ހިނގުމަކީ "ހިތާމަވެރި ކަމެއް" ކަމަށް ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން ކުރިން ބުނީ އެގޮތަށް ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތައް ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން އެފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، އެކަމަކީ އެ އެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެއް ކަމަށް އީޕީއޭއިން ބުންޏެވެ.

ދޫނި ހިފާ ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާ މެދު ތިމާވެއްޓަށްދޭ ގެއްލުމާއި ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" އާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރި ކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖާމުނަގަރް

    ފްލެމިންގޯ އަކީ މިރާއްޖޭގެ ތިމާވެށީގައި އުޅޭ ދޫންޏެއްނޫން / މިވެށީގައި ގިނަދުވަހަކު އުޅެވޭނެ ކަމަށްފެންނަ ދޫންޏެއްވެސް ނޫން / މިވެށީގައި އުޅެވޭ ދޫނިތަކަށް ރަށްކާތެރި ކަމެއްލިބޭނެ ތަނެއް އެބައޮތްބާަ ؟؟؟ ޖޫރިމަނާކޮށް ފައިސާ ހޯދުން ކަމަށް ފެންނަނީ //

  2. ލޮލް

    ފުލުހުން ހަދާހެން ނަސޭހަތް ދީފަ ދޫކޮށްލާ. ވަކިން ހާއްސަކޮށް ވިޔަފާރިވެރިޔަކު ތިކަން ކުރިއްޔާމު.

  3. ބަރާބަރު

    ދޫނި ހިފާތީ ތިމާވެށްޓަށް ގެއްލުން ލިބޭވާހަކަ ދެއްކުމަށްވުރެ މަސްތުވާ ތަކެތި އެތެރެ ކުރާތީ ދިވެހިންގެ މުސްތަގުބަލް ހަލާކުވާ ވަހަކަ ދައްކާ އެކަމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރާ ވާހަކަ ދެއްކުން މާރަގަޅެއްނު

    32
    2
  4. ކަނޑު

    ކަނޑުން މަސްބާނައިގެންވެސް ވިއްކާ. އެވެސް ހަމަ ތިމާވެށީގަ އުޅޭ ދިރޭތަކެތި.

    12
    1
    • ނަން

      ވާނުނުވާ ނޭން ގޭ ރޯނު އެދުރުން ވާހަކަ ނުދެއްކިއްޔާ ޜަންގަޅުވާނީ

  5. ޔަމް

    ފުލެމިންގޯއިން ބިރިޔާނީ ހަދާލީމަ ވަރައް މީރުވާނެހެންހީވޭ..

    9
    1
  6. ށަތޭކަ

    ހަމަ ތިގޮތަށް އެހެން ކަންކަން ކޮންޓްރޯލް ނުކުރެެވެނީ ކީއްވެބާ.

  7. ސަމަންތާ

    އަބަދުވެސް ދޫނިސޫފާސޫފީގެ ހައްގު އިންސާނީ ހައްގެއް ނޯވޭ

  8. ޝެއިޚް ނަސްރުﷲ

    ﷲ ދެއްވި ރިޒްގް ބަންދުކޮށް މަނާ ކުރަން ހަދާ ވަޞައީ ގާނޫނު ތަކަކީ ބާތިލް އެއްޗެއް..ދޫނިވެސް ހިފޭނެ ، ވެލާވެސް ހިފޭނެ...ޤިޔާމަތާ ޖެހެންދެން މިކަން އޮންނާނީމިހެން... ﷲ ހަރާމް ކުރެއްވި އެއްޗެހި ހުއްޓުވަބަލަ ތެޅި ނާރުވާ...ރަލާ ، އޫރުމަހާ ، ޑްރަގުސް... ބެންކުތަކުގެ ހަރާމް ރިބާ ..

  9. އަހުމަދު

    ދޫނި ހިފާ މީހުން ކުއްވެރިވޭ އެކަމަކު މީހުން މަރާމީހުން ކުށްވެރިއެއް ނުވޭ.
    ވެލާމަސް ކާމީހުން ކުށްވެރިވޭ އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ މީހުން ކުށްވެރިއެއްނުވޭ.