މިހާރު ކޮވިޑް-19 ފެތުރޭ ނިސްބަތަށް ބަލާއިރު ކޮވިޑް ބަލި ފެތުރުން އިތުރުވެގެން ހިނގައިދާނެ ކަމަށް ނުބެލެވޭ ކަމަށާއި، ބަލި ކޮންޓްރޯލްވެފައި ވަނީ ވެކްސިން ޖެހި މީހުން ނިސްބަތުން ގިނަވުމުން ކަމަށް ވުން އެކަށީގެންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިމިއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ކަނޑައެޅި އޮގަސްޓްގެ ނިޔަލަށް 90 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ދިނުމެވެ. އެހެންނަމަވެސް އެ އަމާޒަށް ވާސިލުވެފައެއް ނުވެއެވެ. ޑރ.އަފްޒަލް ވަނީ އެ އަމާޒަށް ވާސިލް ނުވި ނަމަވެސް ވަރަށް ގިނަ ބަޔަކު ވެކްސިން ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ގިނަ ބަޔަކު ވެކްސިން ފުރިހަމަކުރުމަކީ ކޮވިޑުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވާއިރު، މިވަގުތު ބަލި ކޮންޓްރޯލްވެފައި އޮތީ ވެކްސިން ޖަހާފައިވާ އާބާދީގެ ނިސްބަތް އިތުރުވުމުން ކަމަށް ވުން އެކަށީގެންވާ ކަމަށް ޑރ. އަފްޒަލް ވަނީ ފާހަގަކުރައްވާފައެވެ.

އަދި އާއްމުންނަށް އިތުރު ލުއިތަކެއް ދޭނީ 90 އިންސައްތަ މީހުން ވެކްސިން ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ކޮވިޑް ވޭދަނަތައް ކޮންޓްރޯލް ވެފައި ހުރީ ވެކްސިންގެ ސަބަބުންކަމަށްވުން އެކަށީގެންވޭ. އިތުރު ލުއިތަކެއް ދޭނީ ވެކްސިންގެ 90% ވީމައި." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ވެކްސިންޖެހުމަށް ކުރިން ކަނޑައެޅި އަމާޒު ހާސިލް ނުވި ނަމަވެސް ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވިޔަސް އެންމެ ރަނގަޅުކަމަށް ނިންމާ އަމާޒު ކުޑަ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ވެކްސިން ލިބުމުގައި ދަތިތަކެއް ނެތް ކަމަށް އަފްޒަލް ވަނީ މިއަދު ފާހަގަކުރައްވާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 390،000 އަށް ވުރެ ގިނައެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 343،000 އަށް ވުރެ ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. 😣😣😣

  ކެޔޮނުވާނެ އޮޅުވާނުލާބަލ!

 2. ލލ

  ކޮވިޑް ކޮންޓުރޯލް ކުރި ގޮތަށް މަސްތުވާ ތަކެތި ކޮންޓުރޯލް ނުވަނީ ކީއްވެތޯ ؟

  3
  1
 3. ނޯލީ

  ރާއްޖޭގަ މިހާރު ކޮވިޑް ނުޖެހޭ މީހަކު ނޫޅޭނެ. ދެން ވެކްސިންގެ ވާހަކަ ދައްކާނެކަމެއް ނެތް. ކޮންމެ ބައްޔަކީވެސް ވަރަށް ވަރަަކަށް ފެތުރުމަށްފަހު އިމިއުނިޓީވާ ވާނެ

 4. އަޙްމަދް

  ވެކުސިން އިޝްތިހާރު މިވަރެއްނެތް!