ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކަށް ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި -/6600 ރުފިޔާ ނަގަން ހިސާބު ހަދާފައި ވަނީ ގޯސްކޮށް ކަމަށް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހިޔާ މަޝްރޫއުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ބުނީ މަޝްރޫޢުގެ ޖުމްލަ އަގު ކަމުގައި 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ކަނޑައެޅި 8.1 ބިލިއަން ރުފިޔާ އާއި ހައުސިންގ ޔުނިޓަކަށްޖެހޭ 1.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ، މަޝްރޫޢުއަށް ހިނގާފައިވާ ޚަރަދުތަކަށާއި، މި މަޝްރޫޢުއާ ގުޅިގެން އެޗް.ޑީ.ސީ އިން ކުރަންޖެހޭ އެހެން ޚަރަދުތަކުގެ އަންދާޒާތަކަށް ރިޢާޔަތްކޮށްގެން ކަމަށެވެ.

ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ހުށަހަޅާފައިވާ (މެއިންޓަނަންސް ޚަރަދުގެ ގޮތުގައި 1,000 (އެއްހާސް) ރުފިޔާ ހިމަނައިގެން) 11,000 (އެގާރަ ހާސް) ރުފިޔާއަކީ، %8 ގެ އިންޓަރެސްޓާއިއެކު 20 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑް ބޭނުންކޮށްގެން ހިސާބުކޮށްފައިވާ އަދަދެއް ކަމަށް ބުނެ އޮޑިޓަރ ޖެނެރަލް ވަނީ އެހިސާބުތައް ދިފާއު ކޮށްފައެވެ.

ރިޕޯޓްގައި ބުނީ ޔުނިޓަކަށް މަހަކަށް ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށް، އެޗް.ޑީ.ސީ އިން ގެންގުޅެފައިވާ އީ.އެމް.އައި މެތަޑަކީ، މިފަދަ ހައުސިންގ މަޝްރޫޢުތަކުގެ، ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑެކެވެ. އެޗް.ޑީ.ސީ އިން ތައްޔާރުކޮށްފައިވާ ކޭޝްފްލޯ ފޯކާސްޓަށް ރިޢާޔަތްކޮށް، ހުރިހާ ފައިނޭންސް ކޮސްޓެއް ހިމަނައިގެން، ވެއިޑެޓް އެވްރެޖް ފައިނޭންސިންގ ކޮސްޓްގެ ގޮތުގައި ހިސާބުކޮށްފައިވާ %8 އަކީ އެކަށީގެންވާ ރޭޓެއްކަމުގައި ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ރިޕޯޓްގައި ބުނީ ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ (މެއިންޓަނަންސް ޚަރަދުގެ ގޮތުގައި -/1000 ރުފިޔާ ހިމަނައިގެން -/6600 ރުފިޔާއަކީ، އީ.އެމް.އައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމާއި، ނަތީޖާއެއްގެ ގޮތުން، މި އަދަދަކީ މަޝްރޫޢު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިންގ އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެކްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިޢާޔަތް ކޮށް ކަނޑައެޅިފައިވާ އަދަދެއް ނޫންކަމަށެވެ.

2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް -/6600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ -/99647 ރުފިޔާއެވެ. ނަމަވެސް، އީ.އެމް.އައި މެތަޑަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޖެހޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއެވެ.

"މީގެ މާނައަކީ، މަހަކަށް -/6600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވުމެވެ. ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭކަމަށް 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހެޅި -/5548 ރުފިޔާއަކީ، %3.36 ގެ އިންޓަރެސްޓާއިއެކު 25 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީ.އެމް.އައި މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ހިސާބެކެވެ. ނަމަވެސް، ޕްރައިމަރީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %3.3+LIBOR ކަމުގައިވާއިރު، މާލެ ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ LIBOR ގެ އަންދާޒާކަމުގައިވާ %0.06 އަކީ ޖުލައި އަދި ސެޕްޓެމްބަރު 2020 ގައި، ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް LIBOR ދަށްވެފައިހުރި ދުވަސްވަރެއްގައި ހުރި LIBOR ކަމާއި، ލޯނު ދައްކަމުން އައި އިރު ހުރި އެވްރެޖް LIBOR އަށް ރިޢާޔަތްކޮށް، ހޯދާފައިވާ ރޭޓެއް ނޫންކަން ފާހަގަކުރެވުނެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ ޖެނުއަރީ 2021 ގެ ނިޔަލަށް ދައްކާފައިވާ ލޯނު ޕޭމަންޓްތަކުގެ އެވްރެޖް LIBOR އަކީ %1.74 އެވެ. 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން ހުށަހަޅާފައިވާ (މެއިންޓަނަންސް ޚަރަދުގެ ގޮތުގައި -/1000 ރުފިޔާ ހިމަނައިގެން -/11,000 ރުފިޔާއަށް ޔުނިޓުތައް ވިއްކިނަމަ، 20 އަހަރުގެ މުއްދަތަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.

ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ -/1000 ރުފިޔާ ހިމަނައިގެން -/8500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް- ކޭޝްފްލޯގެ ގޮތުގައި 138 މިލިއަން ރުފިޔާގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމާފައިވާ -/6600 ރުފިޔާ އާއި 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ -/6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ އެޗް.ޑީ.ސީ އިން ކޮށްފައިވާ ހިސާބަކީ ކުންފުނިން މި މަޝްރޫޢުއަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢުއާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމާއި، މި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. 9ޕޕ99

  މަގާމު ގެއްލިދާނެތީ ސަރުކާރަށް ގޯލެއް ޖަހާދޭންޖެހޭނެތާ. މިސޮރުވެސް މަގާމުން ބޭރުކުރީމަ ބުނާނެ މުނޖޭ.

  48
  2
  • ހޯރަ

   ތިޔަ ހެނެއް ނޫން. މިސަރުކާރުން ދިން މައުލޫމާތުގެ މައްޗަށް ބުނިގޮތަކަށް ހެދި ރިޕޯޓެއް. އޮޑިޓް ރިޕޯޓް ހެދެނީ ދޭ މައުލޫމާތެއްގެ މައްޗަށް. އެކަން ނުދަންނަ އެކަކުވެސް ނޫޅޭނެ.

 2. ސައްދު

  ހިސާބު ހަދާފައޮތީ ގޯސްކޮށެއްނޫން.. ސަރުކާރުން ނިންމާފައޮތީ ނިކަމެތިންނައް ލުޔިގޮތުގަ އެކަން ކުރަން އަދި ފޫބައްދަން ޖެހޭކަންކަން އެހެން ގޮތްގޮތައް ފޫބައްދަން. ނިޔާޒީމެން ހީކުރަނީ އަހަރެމެންމީ ގަމާރުން ކަމައްތަ.

  45
  2
 3. ސިޔާމް

  ނިޔާޒީ..ކަލެޔައް ރަނގަޅުވާނެ 10000 ރުފިޔާއަށް ދިނަސް.. ކަލޭ ބޮޑުލާރި އެއްކޮއްގެން ހުންނައިރު. އެކަމަކު މިގައުމުގަ ގަނަތެޅޭހާލުގެ ބޮޑު ކުލިދައްކައިގެން އުޅޭ ނިކަމެތި އާއިލާތަކައް އެހީވާން ޔާމީން ސަރުކާރުން ކުޑަކުލި ކަނޑައެޅީމަ ތިއުޅެނީ ކިހިނެތްވެގަނެގެންތަ. މި އެންމެހާ ނިކަމެތި އާއިލާއެއްގެ ލައުނަތާއި ބަދުދުއާ ލުނިބިގެން ކެތްމަދުވީތަ.

  37
  1
 4. މއކ

  އެހެންތަ! ހުވާމިބުނީ މަގޭ އާއިލާގެ އެއްމެ ވޯޓެއްވެސް ނުދޭނަން. ކުލިބޮޑުކޮއްގެން ތިބެބަލަ. އިންތިހާބުކާރިވޭއެބަ

  40
  2
 5. އިސްމާޢީލް

  ސޯސަލް ހައުސިންއޭކިޔައިގެން ހަދާތަންތަނަކީ ރައްޔަތުންގެ ފުދުންތެރިކަމާއި ގުޅުވައިގެން ސަރުކާރުން ސަބްސިޑީދީގެންވެސް އަގުހެޔޮކުރަންޖެހޭތަންތަން އެކަމަކު މިސަރުކާރުން ގެނައިއޮޑިޓުމީހާ މިކިޔަނީ ސަރުކާރަށް ބިލިޔަނުން ފައިދާވާނެ ގޮތުގެ ވާހަކަ އަމިއްލަ ކުންފުނިތަކުންވެސް ބިންގަނެ ހަދައިލަގްޒަރީ ދެކޮޓަރި 2މިލިޔަން އަށް ވިއްކާއިރު ސަރުކާރުން ކުޑަދެކޮޓަރި ނުނިއްމައި 2.6މިލިޔަންއަށް ވިއްކަންޖެހޭސަބަބު ބަލަންޖެހޭ

  38
 6. ހެވޭ

  ޢެތަން ފެންވަދެ މުޅިތަން ޗަކަވާނެ ވާހަކަ އެބައޮތްތަ ރިޕޯރޓުގަ

  23
  2
 7. އާދަނު

  ސަރުކާރުގެ ޕަޕެޓުން އޮޑިޓަރ ޖެނެރަލް އަށް އައްޔަން ކުރީމަ މަގާމު ދިފާއު ކުތުމަށް ހުރިހާ އެއްޗެއްވެސް ކިޔާނެ. ތިސޮރުވެސް ވަރަށް އަވަހަށް ބޭރުވާނެ އިންޝާ ﷲ

  37
 8. ހަސަން

  މިރިޕޯރޓް ވާނުވާ ނޭގޭ

  24
 9. ސަންޖޭމުންޖޭ

  2023 އައިމަ ގެއްލުން ކުޑަވެ ތަނުގެ ކުލި ކުޑަވާތަން ދެކޭނަމޭ. ކުރިއަށް އޮތް ދޮޅު އަހަރު ހިޔާ ފްލެޓުގެ އަހުލުވެރިން އަތުން އެންމެ ލާރިއެއްވެސް ކަލޭމެންނަށް ނުލިބޭނެ ގޮތަށް ރާވަން ހިޔާގެ މުޅި އާއިލާ އޮތީ ތައްޔާރަށް. ލާހިކެއް ނޫން އެންމެ ލާރިއެއްވެސް އަހަރުމެން އަތުން ހޯދަން. އޭރުން ގެއްލުން ކުޑަވެފަ ހުންނާނީ. ނިކަން ރީއްޗަށް ގެއްލުން ކުޑަކޮށްދޭނަމު އިނގޭ.

  33
 10. ހަސަން

  ސަރުކާރު އަތުގައި ބާރު އޮވެގެން މަގާމުން ވައްޓާލާނެކަމުގެ ބިރު އޮތީމާ މޮޅެތި ހިސާބު ހަދައިގެން ސަރުކާރު ހައްލަން މަސައްކަތްކުރިއަސް އަހަރުމެނެއް ނުހެއްލޭނެ. ކޮންމެގޮތެއް ހަދާފައި ވެސް ރައްޔަތުން ދައްކަން ޖެހޭ އެތި ކުޑަ ވަންނާ އެއީ ރައްޔަތުންނަށް ލިބޭ ފަސޭހައެއް. ތިވާހަކަ ގަބޫލުރާނީ ޕަޕެޓުން

  28
 11. ތެދު

  އިނަތިހާބު ކާރިވާވަރަކައް މޮޅެތިހިސާބްޖެހުމްތައްފެންނާނު ސަބަބަކީ 7000 ފޮލެޓުން ވޯޓްހޫދަންއުނދަގޫވާނެތީ...!
  އަދިކިރިޔާދޯ ކިޔަވައިގެން ހުރިއޮޑިޓަރެއްތިލިބުނީ...ދެންތިބީގަމާރުންތޯ... ހެހެ

  26
 12. އާސިދާ

  ދެން ވީނުން 20000 އަށް ހަދަން ެެއިރުން ސުހައިލުމެންނައް ބަނޑުފުރާލެވޭންނޫން..

  18
  1
 13. ޕުރޮޖެޚްޓް މެނޭޖަރ

  ހަރަދުތަކަކީ ބިމުގެ އަގާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮސްޓާއި ސަޕްލިމެންޓްރީ ޑިވެލޮޕްމެންޓް ކޮސްޓެވެ ބަލަ ކާކު ބުނެގެންތޯ ފުލެޓް އަޅައިގެން ރައްޔިތުންނައް ފުލެޓް ވިޔަފާރި ތިޔަކުރަނީ އެޗްޑީސީއޭ ކިޔައިގެން ކުންފުންޏެއް ހަދައިގެން ތިޔައެޗްދީސީކޮންތަކުން އިންވެސްޓް ކޮއްގެން ހިއްކަފައޮއްތަނެއްތޯ ހުޅުމާލެފޭސް 1،2 އެއީ ކޮންގޮތަކުން އައިތަރިކަމުދަލެއްތޯ މިލްކުވެގެން ރިޔަލްސުޓޭތް ވިޔަފާރި ރައްޔިތުންނައް މިކުރަނީ ބޭނުމަކީ ރައްޔިތުން އަޅުވެތިކޮއް ވޯޓްހޯދުން ފުލެޓް ކުލި އެއްމަސްދުވަހު ދައްކާދިނީމަވޯޓްދޭނެނު ރައްޔިތުމީހާ ކުއްޔައް އުޅެން ނުޖެހެންޏާ އަތުގަ ރުފިޔާ ހުންނާނެ އެހެންވެއްޖެއްޔާ ރައްޔިތުމީހާ މިމީހުންނަކައް ވޯޓެއްނުދޭނެ ހެހުއްޓަކާ އެކަންއެނގޭތި ކޮއްގެން އުޅޭކަމެއް މީ ފުލެޓްވިޔަފާރި ރޭވޗުންތެރިކަމާއެކު އިޙްލާސްތެރިކަމައް ހެދިގެން ވެދުން

  16
 14. ކަމަނަ

  ބުނި އިންސާނުން އުޚެން ހެޔޮވާވަރު ތަނެއް ނޫނޭ އެޢީވެސް ހަމަ ތެދު ބަހެއްތޯ
  މަގާމުގެ ބޭނުުގައިވެސް ފުކެއް ބޮޑު ކުލި ނަގަން ހަމަ ބަރާބަރު ދިރިއުޅެން ކަމުނުދަނީ
  މީތަކުން އެ ފްލެޓްތަކަށްޓަކައުވާ ގުރުބާނީ ފެނިފާ ދެރަވޭ އަދި ނަފުރަތު އުފެދޭ ސަރުކާރަށް

  22
 15. ކެޔޮޅު

  ހިޔާފްލެޓްތަކުން މަހަކު 18000 ރުފިޔާނަގާނަމ މާއަވަހައް އަގުހަމަވާނެނޫތޯ ސުހައިލް

  21
 16. ހުޅުމާލެ

  އިރާދަކުރެވިއްޔާ 2023 ގައި އޮޑިޓް ރިޕޯރޓަށް ގޮތެއް ނިމިގެން ދާނެ.

  20
 17. ކޮތަރު

  އަނގަ އޮތީޔަ ކަޅެއް ނުކާނެ!

  19
 18. ކޮން އީ.އެމް.އައި އެކޭ ލިނބޮލެކޭ ކިޔާކަށްތަ

  ތިއޭ ރައީސް ޔާމިނު ރައްޔިތުންނަށް ތަފާތުވި ސަބަބަކީ 1.1 މިލިއަން ޖެހޭ ޔުނިޓެއް 300 މަސް 6600 ރ ގެ ރޭޓުން ދެއްކިމާ 1.9 މިލިއަން ލިބޭ. ކޮން އީ.އެމް.އައި އެކޭ ލިނބޮލެކޭ ކިޔާކަށްތަ! ކޮމާޝަލް ބޭންކުތައް ރައްޔިތުން ލޫޓުވަމުން ދާގޮތަށް ސަރުކާރު އެކަމެއް ނުކުރާނެކަން ރައީސް ޔާމިނު އެއޮތީ ސާބިތުކޮށްދީފަ. އިސްލަމިކް ފައިނޭންސިން ގެ ތަރަހައިގެ ތެރޭގައި ރައީސް ޔާމިނު ރައްޔިތުންނަށް މަސައްކަތް ކޮށް ދެއްވީ.

  26
  1
 19. ލޮލް

  ރައްޔިތުންނަށް ދޭ އެއްޗަކީ ގެއްލުމެއްތަ؟ ކުރީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުމީހާ އަށް ގޮތެއް ހޯދައިދިނުން. ވިޔަފާރި އެއް ނޫން.

  24
 20. ވަޙީދުބެ

  ތިވަރުގެ ބޮޑު މަޤާމެއް މިސަރުކާރުން ދިނީމަ މިސަރުކާރުން ކުރާހުރިހާކަމެއްވެސް ރަނގަޅުވާނެ. ކުރީ ސަރުކާރުގައި ނަވަތަ ދަންނަ މީހަކުވެސް ނެތޭ ބުނަންވީނު.

  19
  1
 21. ކިޔުންތެރިއެއް

  އެޗް.ޑީ.ސީ އަކީ ކޮރަޕްޝަންގެ އަޑިމިންނޭންގޭ އުވާލަންޖެހޭތަނެއް.

  21
 22. ނާސިރު11

  ނިޔާޒު ޙުސައިންއަށް ސަލާމާއެކު ބުނަން އޮތީ ކުރީ ހައުސިން މިނިސްޓްރީއިން ހިސާބުކުރިއިރު އެހެނިހެން ޚަރަދުގެ ގޮތުގައި މިހާރު ނިޔާޒު ތިޖަހާ ހިސާބުގައި އޮތް އަދަދު ތަފާތުވާނެކަން ނޭގުމަކީ ހިސާބު ނުބައިވުމެއް ނޫން. މިސަރުކާރުން މަޝްރޫއު ހުއްޓުވުމުން އިތުރަށް ބިލިޔަން ޚަރަދުވި. ރައްޔިތުން ފެލައިގެން ރުފިޔާނަގަން ހިސާބު ޖަހާދިނުމުގެ އަދަބު ކަލެޔަށް ލިބޭނެ.

  19
 23. ކާފަބޭ2020

  މިއީ ފެނުނުމަންޒަރު " ހަޖަމު " ނުވެގެންވައްޓާލިބޮމުން އަރާދުމެއްނޫންބާ؟ ފެންނަފެނުމާއިވޭއަޑުތަކަށްބަލާއިރު ހަޖަމޯލާ ހޯދަންޖެހޭކަމަށް ބޮޑަށްޤަބޫލުކުރެވެނީ! އެއްޗެއްގެއަގުމަގު ކުރާއިރު އެއީކޮތަރުކޮށިތަކެއްކަންވިސްނާ އެތަނަށްވަންނަ ކޮތަރުތަކަށް ވީހާވެސްލުއިގޮތެއް ސަރުކާރުން ހަދާދޭންޖެހޭނެކަމުގައިދެކެމު! ސަރުކާރަކީ ހަމައެކަނިސިޔާސީ މީހުންނަށް މަންފާހޯދަދޭތަނެއްކަމުގައިނުދެކެމު! ކަޑަޖެހީމަވޯޓުދެނީ ހަމައެކަނިސިޔާސީމީހުންކަމުގައިނުދެކެމު! ވީމާ ވޯޓުވަރަށްކައިރިވާކަންދަންނަވަމު! އުންމީދުމިކުރަނީ މަރުތަކަށްއިންސާފުހޯދަދޭންކުރިވަޢުދު ފުއްދާނެވަގުތަކަށް!

  12
  1
 24. ހަޑިމިލޭރް

  ހާދަ ވަރަކަށް ކޮތަރުކޮށްޓާއި ގުޅޭގޮތުން ތިޔާ ރިޕޯޓްތައް ހަދަނީ. ދެބޯގެރި ސަރުކާރު . ހީކުރީ ވަރަށް ގިނަމީހުން އެޔަން ދޫކޮށްލާނެ ކަމަށް. ހީކުރިގޮތާކަށް ނުވިތާދޯ. އެހެންނޫނަސް މިހާރުގެ މާލޭ ސިޓީ ކައުންސިލަކުން އަގު ކަނޑައެޅީއެއް. އިރުއިރކޮޅުން ރިޕޯޓްތައް ނެރުނަކަސް މިސަރުކާރުން ފްލެޓްއަޅަން ބޭއްވި އެންމެގާބުރިއެއްވެސް ނޯންނާނެ. ނިކަން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ރިޕޯޓެއްނެރެބަލަ އެކަމަށް. ދެން އަންނަ ޖެނެރަލަކު އަދި ތިޔަށް ވުރެ މޮޅަށް ހިސާބު ޖަހާފަ ރިޕޯޓް ނެރޭނެ. ނިކަން ކެރެންޏާ ރިޕޯޓެއްނެރެބަލަ ހހިޔާފްލެޓްތައްނިންމަން ޗައިނާމިހުން ގެނެއްސާ ހުރި ތަކެއްޗަށް އެޗްޑީސީއިން ޚިޔާނާތްތެރިވި ގޮތާ ގުޅޭ ގޮތުން. ހިތުން މިއުޅެނީ ރައްޔިތުންނަށް އޮޅުންވާލަން ކަމަށްތަ އަދިވެސް. ފެއިލްޑް ސްޓޭޓްގެ ފެއިލްޑް އޮޑިޓްއޮފީސް.

  19
 25. ދީދީ

  ނުކިޔަވާ ތިބީ ކޮންބައެއް ތޯ؟

  13
 26. ޖަހާހާ ބެރަކަށް ނުނަށާނަން

  ރިޕޯޓް ކިޔާލުމުން ހަނދާންވަނީ ސަރުކާރުން މިތަނަކީ އިންސާނުން އުޅެން ހެޔޮވާ ވަރުތަނެއް ނޫންކަމަށް ދައްކަންވެގެން ޔުނިވާސިޓީގައި ކިޔާކުދިން ތަކެއް ލައްވައި ހެދި އިންފްރާސްޓްރަކްޗަރ އެނެލެސިސްރިޕޯޓްމަތިން ' މިއީވެސް ހަމަ އެކަހަލަކަމެއް ސޯލިހުގެ ޅިޔަނު ހަދައިދިން ރިޕޯޓެއްމީ . ކިތައްމެ ބަހަނާއެއްދެއްކިޔަސް މިސަރުކާރުން ފްލެޓްކަންކަމުގައި ތެދެއްނުހަދާނެކަން އަހަރުމެނަށް ހަމަޔަގީން އަދި ތިޔަބުނާ ކުއްޔެއްވެސް ނުދައްކާނަން ދައްކާކަށް ނުވެސްޖެހޭނެ، ކުލި ކުޑަކުރަން ނޭގެންޏާ އިސްތިއުފާދީފަ ފިލާ!!!

  18
 27. މުފީދު

  މިއީ އޮޑިޓަރ ޖެނެރަލްގެ އަންދާޒާއެއް އެއްގޮތަކަށްވެސް ކަން އޮތްގޮތެއްނޫން އަދިވެސް ސަރުކާރުން ދަނީ ބަހަނާ ދައްކަމުން ، ހާސަރުދަމަމުން ނިޔާޒީއަކީ ސޯލިހުގެ ޅިޔަނެއް ސޯލިހު ނުރުހޭ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ، މިވީހައި ތަނަކަށް ތިޔަ ތަނުން ނެރުނު އެއްވެސް ރިޕޯޓަކުން ހާސިލުކުރެވުނު އެއްވެސް ކަމއެއް ނުފެނޭ . ކުލިކުޑަކުރޭ ، ކުރަން ނޭގެންޏާ އެނގޭބަޔަކާ ހަވާލުކޮށްފައި އިސްތިއުފާދީ!

  20
 28. ނަޝީ

  ބަލަ ސޯޝަލް އަހުސިން އަކީވެސް އެޗްޑީސީ އިން ކުރާ ވިޔަފާރިއެއްބާ؟ ބަލަ ކާކު ބުނީ ސަރުކާރަށް ފައިދާ ވާގޮތަށޭ ކުލި ކަލްކިއުލޭޝަން ހަދަންޖެހޭނީ.މޮޔަ ނޮގޮވަބަލަ.ލޯނު ނަގާފަ އޮތިއްޔާ ކިރިޔާ އެދެއްކޭވަރަށް ހަދަން ޖެހޭނީ.މޮޅެތި ވާހަކަ ނުދައްކާ

 29. ޔަހޫދާއިން

  ކޮބާހެ މައްސަލޔަކީ ސަރުކާރުން ރައްއްޔިތުންނަށް އެލޯނު ދައްކަދެންވީމު މަރަނގަޅުވީސް ކެނަރީގޭ ނަސީދަށް ދުވަލަކަށް -/12000ރ އަބްދުﷲސާދު ކޮވިދްތެރޭ ރާއްޖޭން ބޭރު ގައުމުތަކަސް ކުރި ދަތުރުތަކުގަ ހަރަދުވީ އެތަށް މިލިޔަން ޑޮލަރުތަށް ތިލޯނުދައްކަން ހަރަދުކުރިނަމަ މާރަނގަޅުވީސް ނިކަމެތި ރއްޔިތެއްގެ ރުހުމެއް ލޯތްބެއްވެސް ލިބުނީނު

 30. ތަކުރު

  ތިތަންން ހުރިގޮތައް ބަހައްޓާފައި ނިކަން ތަނަވަސް 04 ކޮޓަރީގެ 7000 ފްލެޓް ހަދާލަބަލަ،
  ތިޔަތަން ނިންމާފަ ދޭކައްވެސް ނުކެރުނު، ތަޅާ ބިމާ ހަމަކޮއްލާކައްވެސް ނުކެރުނު،
  އެހެންވިއްޔާ ފްލެޓް ލިބުނުމީހުން މިހާރު ކުރަމުން ދާޙަރަދު ކަނޑާނީ ކޮން މެތަޑަކައް ބޭސްކޮއްފަތޯ ؟؟؟؟؟؟؟

 31. ޅަތީފް

  މީ ބުރާންތި ކައިރީގަ އަހާބަލަ ސަފާރީ ރޭޕްކޭސް ކޮންހިސާބެއްގަތޯ އިތީ ލޮލް

 32. ނަޖީހް

  40 ހާސް ރައަޔިޔުންގެ ހައްގުގަ މިވަރުގެ ބޮޑު ދޮގެއް ހެއްދެވި އޮޑިޓަރ ގެނެރަލް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ބަނޑުފުޅު ނާޅުއްވާ އަވަހަށް ގެއަށް ވަޑައިގަތުން ވަރަށް ބުއްދިވެރި. މަނިކުފާނަށް މުސާރަ ދެނީ ކެނެރީގެއަކުން ނޫންކަން ހަނދާންކޮއްދެން

 33. އަހްމަދު

  އަދިތިޔަތަންތަން ނުނިންމާ ތިންއަހަރުގެއްލުވާކާފަ އޭގެފަހުބް ލޯނުއިންޓްރެސްޓާއެކު ހިސާބުހަދާބަލަ ތިޔަބުނާއަހިގަވެސް ނުދެވޭނެ ތިޔަތަންތަނަކީ 2019 ވަނައަހަރުހަވާލުކުރަން ގޮތައް މަސައްކަތްކުރަމުންދިޔަތަންތަން ލޯނުދައްކަންފަށަންޖެހުނުއިރުވެސް ފްލެޓްތައް ނުނިންމުނު މަގާމުގެއްލިދާނެތީ ހިސާބުތިޔަހެދިގޮތް މިހާރުވަރައްގިނަމީހުންނައް އެނގޭ ފްލެޓަކުން މެއިންޓަނަންސް ފީއެއްނަގަންޖެހޭ ސަބަބެއްވެސް އޮޅުންފިލަންއެބަޖެހޭ ކުރީގެފޮލެޓްތަކުންވެސް މައްސަލައެއްދިމާވެގެން ގުޅިނަމަވެސް އެކަމެއްހައްލުކުރަންޖެހެނީ އަމިއްލަޔައް

 34. މުފައްކިރު.

  އެކަކާ އެކެއް އެއްކުރީމަ މަނިކުފާނު ބޭނުން ޢަދަދެކޭ ބުނާ މީހުން މިއަދު ކަމުމިދަނީ.

 35. ރަން ރީނދޫ

  ފުލެޓެއް އަޅަން އެނގިގެން ދޯ ކުލި ކަނޑަ އަޅަން އެނގޭނީ. ކުޑަ މޯދީ ދައްތަޔަށް ވެސް ކޮތަރު ކޮށި ފްލެޓް. އެކަމަކު އެޔަކީ އިންސާނުން އުޅެން ހެޔޮނުވާނެ ތަނެއް.

 36. Anonymous

  ކަލޭ ތީ އެމްޑިިީޕީގެ އަޅެއް

 37. އަހްމަދު

  ކުރީ ސަރުކާރުން ކުޑަ އަގު ކަނޑައެޅީ ރައްޔިތުންނަށް ލުއިދިނުމަށް، އަދި ތިޔަ ބޮޑުކުރި އަދަދު ސަރުކާރުން ދަތިކަމެއްނެތި ދައްކާނެ ގޮތްތައް އޭރުގައި ތިބި ވެރިންނަށް އެނގޭ. އިތުރު ތިޔަކުރި ފައިސާ ރައްޔިތުން ނުފެލާ މިސަރުކާރަށް ހޯދަން ނޭގުމަކީ ކުރީ ސަރުކާރުގެ މައްސަލައެއް ނޫން. ކަމެއް ކުރަން ނޭނގޭކަން އަމިއްލައަށް ތިޔަ ބުނެ ބޭޒާރުވަނީ. ކުރަން ނޭގެންޔާ އެންގޭ ބަޔަކާ ހަވާލުކުރަންވީނު، ކޮންމެ ފަހަރަކު ރައްޔިތުންނަށް ލުައިގޮތޭ ކިޔާ ވެރިކަމަށް އައިސް ފެލާލަން މި ދިމާކުރަނީ.

 38. ހުސޭނުބޭ

  މަޝްރޫޢުގެ ޖުމްލަ އަގަކީ 8.1 ބިލިއަން ރުފިޔާ. މަހަކު 11000 ރުފިޔާ ދައްކާނަމަ 6500 ފްލެޓުން 20 2ަހަރުދުވަހުގެ ތެރޭ 17 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ލިބޭނެ. ކަލޯ ތި ހޯކުރަނީ ދިވެހިންނަކީ ޤަމާރުންކަމަށްތަ؟ ތި އިތުރަށް ނަގާ ފައިސާއަކީ ކަލޯމެން ކާން ނަގާ ފައިސާ!

 39. އަޙުމަދު

  އަޅުގަނޑު އަކީ އޮޑިޓް ގެ އެއްވެސް އެއްޗެެއް އެނގޭ މީހެއްނޫން، ނަމަވެސް ކަލްކީލޭޓަރ ބޭނުން ކޮށްގެން އެއްކޮށް ގުނަ ކުރަން އެނގޭ، ހިޔާފުލެޓް ނިއްމާ ޙަވާލު ކުރުމަށް ކުރީ ސަރުކާރުން ނިންމާފައި އޮތްތާރީޚަށްވުރެ 30 މަސްދުވަސް ފަހުން ފުލެޓް ލިބުނު މީހުން ނަށް އެތަން ޙަވާލު ކުރެވުނު ކަން ފާހަގަ ކުރެވެއެވެ. އަދި. މިތަނުގައި ހުރި 270 ފުލެޓް ވަނީ ފިހާރަ ތަކަށް ބަދަލު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ، އެހެންކަމުން 6730 ފުލެޓް ފުލެޓެއް 6600 ރުފިޔާ މަހު ކުލި ކަމަށް ބަލައި ހިސާބު ހެދީމާ މަހަކަށް 43،745،000 ރުފިޔާ ޖެހެއެވެ.މިޢަދަދު 30 މަސްދުވަހަށް ގުނަކުރުމުން 1،312،350،000ރުފިޔާ ޖެހެެއެވެ. މިތަނުން ފިހާރަ ދީފައި ހުރި ކުލި ނޭގެއެވެ، ނަމަވެސް އެންމެ ކުޑަ ކުއްޔަކީ މަހަކު 18500ރުފިޔާ ކަމަށް ބަލާ 270 ފިހާރަ އަގުކުރުމުން 30 މަސް ދުވަހުގެ ކުއްޔަށް 149،850،000ރުފިޔާ ޖެހެވެ، ފުލެޓާއި ފިހާރަ ތަކުގެ ކުލި އެއް ކުރުމުން ލިބޭ އާމްދަނީ އަކީ 1،462،200،000 ރުފިޔާ އެވެ. މިފައިސާ ދައުލަތަށް ނުލިބި ގެއްލުން ވީ މިސަރުކާރުގެ އިހުމާލުންނެވެ، ވީމާ ރައްޔިތުން މި ކަމުގެ ޒިންމާ އުފުލަން ޖެހިގެން ނުވާނެއެވެ، 6600ރުފިޔާ އަށް ފުލެޓް ދީގެން ގެއްލުން ވާގޮތަށް ޢަމަލުކުރި މީހުން ނަކީ މިހާރުގެ ސަރުކާރުގައި ތިބިމީހުން، މި 30 މަސްދުވަހު ކުލިން ލިބެންޖެހޭ ފައިސާ ނުލިބި ހުރުމުން ލޯނާއި ލައިބޯ އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިވަނީ، އޮޑިޓް ރިޕޯޓް ތައްޔާރު ކުރެއްވި އިރު މިތަނުގެ ކަން ކަން ހިނގާ ފައި ހުރިގޮތް ސާފުކުރެވުނު ނަމަ ތިހެން ނުވީސް، ހިޔާފުލެޓް ގެ ފިނިޝިންއަށް ބޭނުންވި 45 މިލިއަން ޑޮލަރު ދައުލަތަށް ނުހޯދުނުކަމަށް ބުނިކަމުގައި ވިޔަސް 100 މިލިއަން ރުފިޔާ ދަތުރަށް އެކަނި އެވަނީ ޚަރަދު ކޮށްފައި، ފުލެޓް ކޮންމެ ބަޔަކު އެޅިއަސް އަދި އެތަން ތަނަކީ ކޮތަރު ކޮށިތަކެއް ކަމަށް ވިޔަސް، އެތަނަށް ދިރިއުޅެންވަނީ ވޯޓު ލިބުމުގެ ޙައްޤު ލިބިފައިވާ ދިވެހި ރައްޔިތުން އެހެންކަމުން ރައްޔިތުން ނަށް ޖެއްސުން ކޮށް އުނދަގޫ ކޮށް ނިކަމެތިކޮށް ކަންތައްތައް ކުރުމުގެ ސަރުކާރުގެ އެކަކަށް ވެސް ލިބިގެން ނުވޭ.

 40. ކޮރަލް

  ފްލެޓް ހަވާލު ނުކޮށް ސަރުކާރު ބަދަލުވެ 3 އަހަރު ވަންދެން މަޑު ކުރީމަ ހުރިހާ ކޯސްޓް އެއް ބޮޑޫ ވާނެ އެވެ. އަދި 3 އަހަރު ފަހުން ތަން ހަވާލު ކުރީ ނުނިން މައެވެ.

 41. ނަސީ

  ޔާމިންގެ ހިސާބެއް ގޯހެެއްނިވާނެ އެއީ ތައުލީމީމީހެއް ، އެކަމަކު އިބޫ ހިސާބް ގޯސްވެދާނެ އެއި ތައުލީމީމީހެއް ނޫން މީހަކު ލިޔެފައި ދިނީމާ ކިޔާލަން ހުންނަ މީހެއް

 42. ރައްޔިތު މިހާ

  ކުރީސަރުކާރުން ހިސާބު ހެދިއިރު ގްރައުންޑް ފްލޯގައިހުރި އެޕާޓްމަންޓްތަށް ހިމަނައިގެން ހިސާބުހެދީ މިސަރުކާރުން ހިސާހުހެދީ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓްތައް ހަދަންދިޔަ ޚަރަދާއި އެތަންތަން ތަޅާސުންނާފަތިކުރަންދިޔަ ޚަރަދާއިވެސް ލައިގެން އެހެންވީމާ ހިސާބު ދިމައެއްނުވާނެ ކުރީސަރުކާރުން ހިސާބުހެދީ ތަން ހަދަންދިޔަ ޚަރަދު ހިމަނައިގެން ހަލާކުކުރުމުގެ ޚަރަދެއް ނުހިމަނާ

 43. ގުންސަ

  މަގާމް ހަވާލުކޮއްފަ ފުރަތަމަވެސް އެންގިކަމައްވަނީ ހިޔާފުލެޓްތަކުގެ ރަނގަޅުގޮތަކައް އޮޑިޓެއްހަދަން މީ އޭގެނަތީޖާ