އައްޑޫ ސިޓީން ކޮވިޑް-19ގައި މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.
އައްޑޫން ރޭ ދަންވަރުވެސް ވަނީ ކޮވިޑްގައި މީހަކު ނިޔާވެފައެވެ. ރޭ ދަންވަރު އައްޑޫން ނިޔާވީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި އައްޑޫން އިތުރު މީހަކު ނިޔާވިއިރު، އެއީ އުމުރުން 74 އަހަރުގެ ދިވެއްސެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރު 1:10 ގައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ދިވެހި ފިރިހެނެކެވެ.
އައްޑޫން މިއަދު އިތުރު މީހަކު ކޮވިޑްގައި ނިޔާވުމާއެކު އެ ސިޓީން އެ ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ.
އަދި ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 242 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މިފަހަކަށް އައިސް ނިޔާވަމުން ދަނީ އުމުރުން ދުވަސްވީ މީހުންނެވެ. މީގެ ކުރިން މި މަހުގެ މެދު ތެރޭގައި ރާއްޖެއަށް އެރި ކޮވިޑްގެ ބޮޑު ރާޅުގައި ޒުވާން އުމުރުގެ މީހުންނާއި، މެދު އުމުރުގެ މީހުންވެސް މި ބަލީގައި ނިޔާވިއެވެ. އަދި އުމުރުން 10 އަހަރުގެ ކުއްޖަކުވެސް ވަނީ އެ ބަލީގައި ނިޔާވެފައެވެ.
އިއްޔެ ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1550 އަށް އަރާފައެވެ. އިއްޔެ މިމަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 22 މީހަކަށް އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.
އައްޑޫ ކޮވިޑްގެ ހާލަތު އާނމުނަށް ނޭނގި ސިޓީ ކައުންސިލުން ސިއްރުކޮއްފަ އޮންނަތާ ހަފްތާއެއް މިވަނީ.
ކައުންސިލުން އުޅެނީ ރަށް ނުހުޅުވިގެން މޮޅު އެއްޗެއް ކިޔައިގެން
އެންމެ ފަހުން އައްޑޫ ސިޓީގެ ކޮވިޑް ހާލަތު ބުނެދީފަ އޮތީ 19/10/2021 ގަ
އައްޑޫ ގައި،ޚާއްޞަ ކޮށް ހިތަދޫގައި ކޮވިޑް ގެ ހާލަތު ވަރަށް ބޮޑަށް ގޯސް.