އަންނަ އަހަރަށް ލަފާކުރާ 37 ބިލިއަން ރުފިޔާގެ ބަޖެޓް، އަންނަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ގޮތަށް ނިންމައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމަށް އާދިއްތަ ދުވަހު ޖަލްސާއެއް ތަޅުމުގައި ބާއްވަވާނެ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް މަޖިލިހަށް ވަޑައިގެން، ބަޖެޓު ހުށަހަޅުއްވައި ދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަން އެނގިފައިވެއެވެ.

ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ބަޖެޓް އޮކްޓޯބަރު 31 ގެ ކުރިން މަޖިލިހަށް ފޮނުވަން ޖެހެއެވެ.

މަޖިލިހަށް ބަޖެޓު ހުށަހެޅުމަށް ތައްޔާރުވެފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާ މިދިޔަ ހަފުތާގައި މުލީއާގޭގައި ބައްދަލުކުރައްވައި ބަޖެޓާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 34.9 ބުލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީގެ "މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓެޖީ" ގައިވާ ގޮތުން އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 23.6 ބިލިއަަން ރުފިޔާއެވެ. އަދި 33.8 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައިވާ އިރު ރިކަރަންޓް ހަރަދަށް 21 ބިލިއަން ރުފިޔާ ހޭދަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބިލިޔަން ބިލިޔަންސް ރުފިޔާ ބަޖެޓުގައި ޖަހާ ރައްޔިތުން ގުނބޯ ހައްދަމުންދޭ އަދި ޚަޒާނާއަށް ވައްދާ އަތުޖެނު ބަޔަކު ފެންފޮދަކާއިނުލށ ދިރުވަމުންދޭ، ކޮވިޑް ވެންޓިލޭޓަރުތަކުންވެސް ހާދަގިނަ ޕޭޝެންޓުންތަކަކަށް ފަރުވާދެމުން އެބަގެންދެޔޭ..

  2. ކެނެރީގެ މާފަތް އެދުރު

    ދެދުވަސް ނުވާނެ ދަވާލާނެ ކަތުރު ފަނިތައް