ސިޔާސީ ބޭފުޅުންގެ ނުފޫޒުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަން ވާންޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެފައިވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލައެއްގައި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެޗްއާރުސީއެމުން ޕީޖީއަށް ފޮނުވުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވިޓެއް ރީޓުވިޓު ކުރައްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން މުޖުތަމައުއަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަ ކަމަށް ބުނެ، މައްސަލަ އަނބުރާ ގެންދިއުމަށް އެދިފައެވެ.

އެކަމާއި ގުޅިގެން ދިޔާނާ ވިދާޅުވީ، ސިޔާސީ ބޭފުޅުންގެ ނުފޫޒުން ޖޭއެސްސީ މިނިވަންވާން ޖެހޭ ކަމަށާއި ކޯޓުތަކަށް ނުސީދާ ގޮތުގައި ނުފޫޒު ފޯރުވަން ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ތިބުމަކީ ގޯހެއް ކަމަށެވެ.

ދިޔާނާގެ އިތުރުން އެހެން ބައެއް ބޭފުޅުން ވެސް ވަނީ ޖޭއެސްސީ ސިޔާސީ ވެއްޖެކަމަށް ބުނެ ފާޑުކިޔާފައެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އޮންނަ ގޮތުން އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން ތިއްބަވަން ޖެހެއެވެ. އެހެންވެ އެ ކޮމިޝަން މެދުވެރިކޮށް ސިޔާސީ ނުފޫޒު އަބަދުވެސް ޝަރުއީ ނިޒާމަށް އޮންނަ ކަމަށް ތުހުމަތު ކުރެއެވެ.

ޖޭއެސްސީގައި މިހާރު އޮންނަނީ އެމްޑީޕީގެ މެޖޯރިޓީއެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު އިންނަވައެވެ. ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިންއެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތްގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ފިރި މީހާގެ ކިބައިން އެހެން މީހުންގެ މުދާ މިނިވަން ކޮއްބަލަ

  2. ނަބޫ

    ޖޭ އެސްސީ އަކީ ކެނެރީޖަސްޓިސް. މީ އެއްކަަލަ ތިން ބާރު ބާރުކަނޑައިގެން ވެރިކަން ކުރަން ގޮވި ބައިގަނޑު. ދިޔާނާމެންނޫންތޯ މި ބައިގަނޑަށް ވެރިކަން ކޮންމެ ފަހަރަކުވެސް ހޯދާދެނީ! އަރުތެރޭގައި ރަހަ ލާފި ދެއްތޯ މިހާރު؟ފިރިމީހާ އާއި ދެމީހުންވެސް ދުރަށްދާންޖެހިއްޖެ ދެއްތޯ؟ އަދިވެސް ނަޝީދުގެ ތައްޕާހުން އެމްޑީޕީގެ ގޮނޑިކޮށްކޮ ޕާޓީން އައުޓްވާކައްނުވެތޯ؟ ނަޝީދަކީ ގައުމުގެ ހަލާކު ޝައްކެއްވެސްނެތް! ދުރަށްދިޔައީ ނަޝީދުގެ ނުބައިކަމުން. މީވަރަށް ވާހަކަ،

  3. ސސ

    ޖުޑިޝަރީ އަކީ ސިޔާސީ މީހުން މޮޑޭ ބޮޑު ގުޅަ ފުއްގަޑު !

  4. ޙަސަން މާހިރު

    ޖާބިރުގެ ދުއްޕާނުން ދިވެހިރައްޔިތުންނާ ގައުމު ސަލާމަތްކޮށްދީ ދިޔާނާ!