ނަބިއްޔެއް ބޭނުންވާ ވަރަށް ރާއްޖެ ފަސާދަ ވެއްޖެކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދިޔާނާ ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރެއްވީ މިއަދު ނޫސްތަކުން ފެނުނު ތިން ޚަބަރެއްގެ ތިން ސުރުހީއެއް ހިއްސާ ކުރައްވަމުންްނެވެ. އެއީ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ވަޑައިގެންނެވިއިރު އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވާފައި އޮތް ހުކުމް ބާތިލް ކުރި ޚަބަރާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ދިން ޚަބަރާއި އަދި ދެފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގެ ފުރުސަތު ބަންދުވީތޯ ސުވާލު އުފައްދާފައިވާ ޚަބަރެކެވެ.

އެ ޚަބަރުތަކުގެ ސުރުހީން ނަގާފައިވާ ސްކްރީން ޝޮޓްތައް ފޭސްބުކް އާއި ޓްވިޓާގައި ހިއްސާ ކުރައްވަމުން ދިޔާނާ ވިދާޅުވީ މުސްކުޅިން ބުނެއުޅޭ ގޮތުގައި ގައުމެއް މިވަރަށް ފަސާދަވެއްޖެނަމަ އެތަނަށް ދެން ބޭނުންވާނީ ނަބިއްޔެއް ކަމަށެވެ.

ނަމަވެސް މިއީ ފަހު ޒަމާންކަމަށްވުމުން ދެން އޮންނާނީ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ރިސާލަތު ދިރުވުން ކަމަށް ދިޔާނާ ވިދާޅުވިއެވެ. "އެކަން ކުރަން މިތަނުގައި ތިބި ގިނަ މީހުން ވެސް ތިބީ މި ފަސާދައަށް ގެނބި ނިމިފައި." ދިޔާނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތާއި މެދު ދިޔާނާ ކަންބޮޑުވުން ފާޅުކުރެއްވިއިރު އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި، ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ދައުވާތަކުން ސަލާމަތްވެ ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އަދި ދައުލަތުގެ ތިން ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވި ކުރީގެ ނައިބު ރައީސް އަދީބު ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ސަރުކާރުން މިއަދު ވަނީ ދީފައެވެ.

ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ބަންދުވުމުގެ ކުރިން ހައިކޯޓުން ނިންމާނެ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން އުއްމީދު ކުރިނަމަވެސް ދެފަނޑިޔާރެއްގެ ޗުއްޓީގެ ސަބަބުން އެފުރުސަތު ވަނީ ކުޑަވެފައެވެ.

ދިޔާނާ މިއަދު ކުރި ޕޯސްޓްގައި ހުރި ވާހަކަތަކަށް ތާއިދުކޮށް ގިނަ ބަޔަކު ވަނީ އެ ޕޯސްޓް ޝެއާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޑަމީ

    ދިޔާނާވެސް މިވީހާދުވަހު އުޅުނީ ޖާބިރާ އިނދެގެން ވިއްޔަ. މީ ނަބިއްޔެއް ނައިސްގެން އުޅޭ މީހާގެ ހާލަތު.

    13
    30
  2. ލޮލް

    ދިޔާނާމެންނަށް އަދި ތިވިސްނެނީ ނޭފަތު ކުރިޔާހަމައަށް. ތަންކޮޅެއް ދުރަށް ވިސްނީމަ އެނގޭނެ މިގައުމަށް ހެވާ ލާބަޔަށް އެދި އުޅެނީ ކޮންބައެއްކަން. ސިޔާސީޕާޓީ ތަކަކީ ގައުމަށް ހެވާ ލާބަޔަށް އެދި އުފައްދައިގެން އުޅޭ އެއްޗެހި ކަމަށް ދެކޭނަމަ ތީ މުޅިން އޮޅުމެއް. ދިޔާނާމެންވެސް ތިޔަ ތިބީ ވާވަދެފައި. އަވަހަށް ތިކަމުން ސަލާމަތްވެ ހަށިފޮޅާލާފައި ދީނީ ގައުމީ ފަޅިއަށް އާދޭ. އަހަރެމެން މިތިބީ ސިޔާސީޕާޓީތަކުގެ ފިތުނައިން ސަލާމަތްވެ ހެޔޮހާލުގައި، އިންޝާ ﷲ.

    21
    3
  3. Anonymous

    އެހެންވީމާ ޢުމަރު ނަޞީރަށް ވޯޓްދީގެން މިޤައުމުގެ ޙާލަތު ބަދަލު ކުރަން މަސައްކަތް ކުރަންވީ. ޢުމަރަކީ ބަހާއި ޢަމަލު ދިމާވާ ﷲގެ ޙުކުމްތައް ތަންފީޒު ކުރައްވާނެ ބޭފުޅެއް އިރާދަކުރެއްވިޔާ. އެކަން އެނގެނީ މިވަރުވެގެން ދާއިރުވެސް ލާދީނީ ބަޔަކާ ނުގުޅުމުން. ދީނަށް ނަޞްރު ދިނުން މޮޓޯ އަކީ. ޤައުމަށް ވަފާތެރިވުން، އަޒުމަކީ. އަވައްޓެރިން ސައިޒުގައި ބޭތިއްބުން. ހަދިޔާ ހިފައިގެން އައިސް ދާން ނޭނގި އަޅުވެތިވާ ދަރަޖައަށް ދިޔަކަނުދޭނެ. މީ ޢުމަރު ހޮވާންޖެހޭ ސަބަބުތައް، އެއްގޮތަށް ވުރެގިނަ ގޮތުން. ޙައްލަކީ ޢުމަރު ޅަދަރިންކޮޅު މަސްތުވާތަކެތިން ސަލާމަތްވުމަށް . ޤައުމު ތަރައްޤީ އޭކިޔާއިރު ޅަދަރިން ކޮޅު މަސްތުގެ ޙާލަތުގައި. ﷲ ޙަރާމް ކުރެއްވި ފާފަތަކުގައި. އަދަބެއް ނުދެވުނު. ދައުރު ނިމެނީ. ޔާﷲ އަޅަމެންގެ ދީނާ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކުރާނޭ ހެޔޮލަފާ ވެރިއެއް އަޅަމެންގެ މައްޗަށް މިންވަރު ކުރައްވާނދޭވެ. އާމީން

    32
    8
    • އުފާވެރި އަމާން ރާއްޖެއަކަށް ޢުމަރު

      އާމީން. އިންޝާ ﷲ ޢުމަރު ރައީސްކަމަށް އިންތިޚާބުކުރާނީ އެއްބުރުން. ސިޔާސީ ފާސިދުންގެ ކިބައިން މިގައުމު މިންޖުކޮށް ގައުމު ހަމަ މަގަށް އެޅުވުމަށް ޢުމަރު ނަޞީރަށް ވޯޓު ދޭން ތައްޔާރު. އަހަރެންގެ ވޯޓު ޢުމަރަށް.

  4. ادم بن سعيد

    މުސްކުޅި ބަހެއް، ބޯދާ ބަހެއް، މިސާލުބަހެއް ހަރުބަހެއް މަޖާޒީ މިސާލެއް ނުވަތަ އެނޫން ބަހަކަސް އެބަހުގެ އޮތެންޓިސިޓީ ނުވަތަ ސައްހަ ނުސައްހަ ޔަގީންކޮއްލަން ޖެހޭނެ.
    ނަބިއްޔުންގެ މަސްއޫލިއްޔަތަކީ ﷲ ގެ ޝަރީޢަތް މީސްތަކުންނަށް ފޯރުކޮއްދެއްވައި އެކަލާނގެ ޙުކުމްފުޅުތައް މީސްތަނުންނަށް އުނގަންނައިދެއްވުން.
    ރަސޫލާصلي الله عليه وسلم ހަދީސްކުރައްވާފައިވޭ
    ان العلماء ورثه الانبياؤ، و ان الانبياء لم يورثوا دينارا ولا درهما وانما ورثوا العلم، فمن اخذه اخذ بحض وافر (رواه ابو داود وترمذي)
    މާނައީ: "ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރިންނެވެ. އަދި ހަމަކަށަވަރުން ނަބިއްޔުން، ވާރުތަ މުދަލެއްގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދުލެއް ނުކުރައްވައެވެ. އެބޭކަލުން ވާރުތަމުދަލެއްގެ ގޮތުގައި ދޫކުރެއްވީ ހަމައެކަނި ޢިލްމެވެ. ފަހެ އެ ޢިލްމު ހާސިލްކޮށްފި މީހާ އެ ހާސިލުކުރީ ވަރަށް ފުރިހަމަ ނަސީބެކެވެ."

    މި ރާއްޖޭގައި ދީނީ ޢިލްމުވެރިން ނެތީތޯ؟ އެބަ ތިއްބެވި. އެބޭކަލުން ގެންދަވަނީ އެބޭކަލުންގެ މަސްއޫލިއްޔަތު އަދާކުރައްވަމުން. ޖަމިއްޔަތުއް ސަލަފުގެ ޢިލްމުވެރިންނަކީ އޭގެ ދިރިހުރި މިސާލެއް. ބޭނުންވަނީ ހެޔޮބަސް އަހާ އެއަށް ޢަމަލުކުރާނެ ބަޔަކު. ﷲ ގެ ޝަރީޢަތް ތަންފީޒުކުރެވޭ ފަދަ ވެރިންނާއި ޢަދުލުވެރި ދީންވެރި ސާލިޙް ޤާބިލް ވެރިން ވެރިންނަށް އައްޔަނުކުރުން.

    45
    3
    • Anonymous

      ގިނައީ ފައިސާއަށް އުޅޭމީހުން..

      23
      1
  5. މުހައްމދު

    މީ މިގައުމުފަސާދަކުރުމަށް އޮރިޔާމުން ނުކުމެ ހުރިމީހުންގެ ތެރެއިން އެކަކު

    23
    12
  6. ޙާލަތު

    ވެރިކަން ދިފާޢު ކުރުމަށްމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ

    16
    2
  7. Anonymous

    ނަބިއްޔާ ގެންނެވި ޝަރީޢަތަށްކިޔަމަންނުވެ ހުރެ ނަބިއްޔުންގެ ވާހަކަ ނުދެއްކުންރަގު.

    18
    6
  8. ޖާބިރު

    މޮޔަ ނުގޮވާ. ހައްގުން އެެއްކިބާ ނުވޭ!ނަބީކަން ހަތިމް ކުރެއްވި އެންމެ ފަހުގެ ނަބިއްޔާ ފާޅުވެއްޖެ. އެހެނުވާނީ . ދުނިޔެއާއި ހެދި ހާބަލިވީމަ ދީނުން ބޭރުވިޔަސް ރޭކާނުލާ .

    6
    6
  9. ދިވެހި ޒުވާނުން

    ދިޔާނާ ހަމަ ތިހުރީ ކިޔަވައިގެންތޯ.

    11
    4
  10. ޙޮބެ

    ދިޔާނާ ވިދާޅުވިޔަސް ތިޔައީ މުރުތަދުވާ ފަދަ ވާހަކަ ފުޅެއް! ދެވަނަ ނަބިއްޔަކު ނުފޮނުވޭނެކަމާއި ދެން ދެވަނަ ފަހަރަށް ފޮނުއްވާނީ، ޢީސާ ޢަލައިހިއްސަލާމްކަން ތިޔަބޭފުޅާއަށް ހަނދުަފުޅުކޮށް އަރުވަން!

    1
    2
  11. ޒުރާރު

    ކަމަނާގެ ފިރިކަލުން ބަގުރާ ބުއިއިރު ވާނުވާގަ އިންއިރު ނަބިއްޔަކު ބޭނުމެއް ނުވޭތަ

  12. އާދަނު

    ހާދަ ރަގަޅު ވާހަކައެެކޭ ދިޔނާ މިއޮތީ ބުނެފަ!

    3
    3
  13. ޢަބްދުﷲ

    ކޮންމެ މީހަކު ބުނި ކަމުގައިވިޔަސް، ބަސް ބުނަންވާނީ ވިސްނާފައި. އަހަރެމެންނަށް އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާ އަކީ ރަސޫލާ މުޙައްމަދު (ޞ.ޢ.ވ). އެއީ ރަސޫލުކަމާއި ނަބީކަން ޚަތިމްކުރެއްވި ރަސޫލާ. ވުމާއެކު ދެން އިތުރު ނަބިއްޔެއް ނުފޮނުއްވާނެ. ނަމަވެސް ރަސޫލު ޢީސާ ޢަލައިހިއްސަލާމް އެނބުރި ވަޑައިގަންނަވާނެ. ވީމާ، ޤައުމު އިސްލާޙް ކުރަން ބޭނުންވަނީ، ސިޔާސީ އަމިއްލަ އެދުންތަކުން ތޯހިރުވެގެންތިބި، އިސްލާމީ ޝަރީޢަތަށް ލޯބިކުރާ ދަރިންތަކެއް. އެފަދަ ބަތޮލުންތަކެއް. މާތްﷲ އަޅަމެންގެ ޤައުމަށް ހެޔޮ ބަދަލެއް މިންވަރުކުރައްވާށި. އާމީން

  14. ގާސިމް

    ތިޔައީ ސޯލިހުގެ އަދުލު އިންސާފް.............
    ޒީރޯ ޓޮލަރެސް
    އަދިވެސް ވޯޓުން ހޮވާ

  15. ދިވެހި ޒުވާނުން

    މި ރާއްޖެއަކީ އެހެން މަދުގައުމަކަށް މެނުވީ ލިބިގެންނުވާ ނިއުމަތްތަކެއް ލިބިގެންވާ މުސްލް ގައުމެއް، މިގައުމުގައި އޮތީ އިސްލާމީ ވެރިކަމެއް، ނަމޫނާ ވެރިކަމެއް، އިސްލާމީ ވަހުދަތު ދަމަހައްޓާ ވެރިކަމެއް، އެންމެންނަށް އިސްލާމީ ޝަރީޢާއިގެ ޝަރީޢާގެ ތެެރެއިން އަދުލުވެރިކަން ގާއިމުކޮށްދޭ ވެރިކަމެއް، ކޮންމެ ޝަރީޢަތަކާއި ގުޅިގެން އެއްފަރާތް ނުވަތަ ބައެއް މީހުން ދެބަސްވާނެ، އެއީ ޝަރުޢީގެ ނިޒާމުގެ ތެރެއިން ފެންނާނެ ހަމަ. ދެބަސްވެވޭ ޝަރުޢީ މައްސަލައެއްގައި ދެފަރާތުގެ ހުށަހެޅުން އޮންނާނީ ދެފަރާތުގެ މަސްލަހަތަށް، މިވަރުނޭގޭ ދިޔާނާއެއްތަ ތީ މިހާރު