ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ސިޔާސީ ޕާޓީތަކުން ފައްޓަންވާނީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުންކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ އެމްޑީޕީން ރިޔާސީ ކެނޑިޑޭޓް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހަށް ތާއީދު ހޯދުމަށް ރ. ފައިނު ދޮރުން ދޮރަށް މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ކުރިއަށް ގެންދިޔަ ހަރަކާތާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.

ދިޔާނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރުމަށްޓަކައި، ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް އެއް މުއްދަތެއްގައި އިންސާފުވެރިކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބިދޭންޖެހޭކަމަށެވެ.

"ކެމްޕޭން ކުރުމަށްޓަކައި އެންމެހާ ކެނޑިޑޭޓުންނަށް އެއް މުއްދަތެއް ލިބުމަކީ އިންސާފުވެރި އިންތިޚާބެއްގެ ރުކުނެއް. ކެމްޕެއިން ކުރައްވަން ފައްޓަވަންވަނީ ކުރިމަތިލާ އެންމެހާ ކެނޑިޑޭޓުންގެ ނަންތައް އިލެކްޝަނުން އިއުލާން ކުރެއްވުމުން." ދިޔާނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި ބޭއްވުމަށްފަހު، ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ނިންމާފައެވެ. އަދި އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށް ހުޅުވާލުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ ރައީސް ސޯލިހްގެ އިތުރުން ގާސިމް އިބްރާހިމް އާއި މުހައްމަދު ނާޒިމްގެ އިތުރުން އުމަރު ނަސީރު ވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެމްޑީޕީގެ މީހުންނަށް ގާނޫނެއް ގަވާއިދެއް ނޯންނާނެ ދިޔާނާ ، އެމީހުންނަށް ވީދާ ނޮޅާ އިރާ ކެއުންވެސް ހަލާލުވާނެ ، ހަސަންޓޭ ބޮއިފިއްޔާ ބަނގުރާ ވެސް ވާނީ މިނަރަލް ވޯޓަރ އަށް

    5
    1
  2. އެލޮކޮސް

    ޖާބިރަށް ކެންޕެއިން ކުރަންވީނުން. ބޯލައިގެން ތިބެ ކެމްޕެއިން ނުކުރައްޗޭ!

    1
    1
  3. މަގޭ ޚިޔާލު

    ރައީސުލް ޖުމްހޫރިއްޔާކަން ކުރަމުންދާ ފަރާތްތަކުން ދެވަނަ ދައުރަކަށް ކެމްޕޭނު ކުރުމަކީ ބޯހަމަޖެހޭ ކަމެއްނޫން. އެފަދަ ބޭބޭފުޅުން ޖެހޭނީ ވޯޓު ކަރުދާސްކޮޅުގައި ނަން ބާއްވާފައި އަރާ އެއްފަރާތުގައި ތިބެން. ދެވަނަ ދައުރަކަށް ކުރިމަތިލާ މީހާއަށް އާންމުން ވޯޓު ދޭންޖެހޭނީ އެމީހަކު ކޮއްދީފައި ހުރި ޚިދުމަތްތަކާއި ފުއްދާފައިވާ ވައުދު ތަކަށް ބަލައިގެން.

  4. އަހްމަދު

    މީކާކުތަ މީނަކިމަހަލަ ދެތިން ބޯފިތި އެބައުޅޭ