ގަދަފިންޏަކީ ބައެއް ހާލަތްތަކުގައި އަނިޔާ ކުރުމަށް ބޭނުންކުރާ އުކުޅެއްކަން ދިފާއީ ވަޒީރު، މާރިޔާ އަހުމަދު ދީދީ އަށް ނޭނގުމަކީ ދެރަކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެފައިމިވަނީ އިންޑިއާގެ އިމިގުރޭޝަނުން ހައްޔަރުކުރުމަށްފަހު އެ ޤައުމުން އަނބުރާ ފޮނުވައިލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއް ޞަމަދު (ސަމަދުބެ)އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ދިޔާނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ޤައުމުގެ ސަލާމަތީ ޚިދުމަތުގައި އުޅުނު މީހަކު ފިނިކޮޓަރިއެއްގައި ބެހެއްޓުމުން ރޮއެފިކަމަށް ބުނެ ދިފާއީ ވަޒީރު ހަޖޫޖެއްސެވިިއިރު، ގަދަ ފިންޏަކީ އަނިޔާކުރުމުގެ މަޤްސަދުގައި ބޭނުންކުރެވޭ އުކުޅެއްކަން އެކަމަނާއަށް އެނގިވަޑައިނުގަތް ކަމަށެވެ. އަދި އެފަދަ ކަމެއް ޤައުމުގެ ދިފާއީ ވަޒީރަކަށް އެނގިވަޑައިނުގަތުމަކީ ދެރަކަމެއްކަން ދިޔާނާ ވަނީ ވިދާޅުވެފައެވެ.

ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކޮށްލުމަށް ގޮވާލާ މީހުންގެ އިސް ސަފުގައި އުޅޭ މީހަކު ފިނިކޮޓަރިއެއްގައި ބެހެއްޓުމުން ރުއިކަމަށެވެ. އަދި މިދޭތެރެއިން މީޑިއާތަކުގައި އުޅުނު، އަވައްޓެރި ޤައުމުގެ މިލިޓަރީއާ ދިމާލަށް ގޮންޖައްސަވައި އެކި ގޮތްގޮތަށް ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް، އެ ފައުޖުގެ ކުރީގައި ދިދަ ހުންނަވާ ބޭފުޅެއްގެ ގޮތުގައި ސަމަދުބެ ސިފަކުރައްވަމުން މާރިޔާ ވަނީ އާޑަފުރައްސާރަކުރައްވާފައެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ސަމަދުބެ ތުނބުޅި ބާލައްވައިގެން އާއިލާއާއެކު ވަޑައިގަތީ އިންޑިއާއަށް ކަމަށާއި ދެން އެނބުރި ސަމަދުބެ ވަޑައިގެންނެވިއިރު ކެމެރާތައް ހުރީ އޭނާއަށް އަމާޒުވެފައި ކަމަށެވެ. އެހެންކަމުން މޫނުގައި އަތް އަޅުއްވައި ކީރިތިކުރެއްވިހެން ހީވިކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަތަކާއި ގުޅިގެން ދިޔާނާ ވިދާޅުވީ އޭނާއަކީ އިންޑިއާ އައުޓް ކެމްޕޭނަށް ތާއީދުކުރާ މީހެއް ނޫންކަމަށާއި ނަމަވެސް ދިވެހި ރައްޔިތަކު ހުށަހެޅުނު ވޭނާއި ތަކުލީފަށް އޭނާއާމެދު ރަހުމްކުރުން އެއީ އޮތްކަމެއްކަމަށެވެ. އަދި ސިޔާސީ ފިކުރަށް ބަލައި ފަރަގު ނުކޮށް އެފަދައިން ދިވެއްސެއްގެ އިންސާނީ ކަރާމާތް ނެގެހެއްޓުމަކީ ވަޒީރުންގެ ދުސްތޫރީ ވާޖިބެއްކަމަށްވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގައި ގިނަބަޔަކު ދަނީ މާރިޔާއަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަންފާއޮނު

    ކަމަނާއަށް ތިހިރީ ވ.ނުބައި ލަނޑެއްލިބިފަ! ޖާބެކައިރިން ތަންކޮޅެއްކުރިން ވަރިވިނަމަ ސުޕްރީމްކޯޓުން ޖާގައެއް ލިބުނިސްތޯއްޗެ.

    5
    33
  2. ދިޔާނާ

    އިންތިހާބް ކައިރިވާ ވަރަކަށް ދިޔާނާމެނަށް ރައްޔިތުން ފެންނާނެ!! ގަދަ ފިނި ބައެއް މީހުނަށް 26 ޑިގްރީއަށްވެސް ވޭ އަނެއްބަޔަކަށް -26 ވެސް ވޭ، އެހެންވިޔަސް 16 އަށް ވުރެ އޭސީ ދަށް ނުކުރެވޭ، އާއްމުކޮށް ރޫމްތައް ހުންނާނީ 20 މަތީގައި. ސަމަދުބެ ބޭނުންވީ ރާއްޖެއިން އިންޑިޔާ މީހުން ބޭރުކުރަން، އިންޑިޔާއިން ބޭނުން ވީ ސަމަދުބެ ބޭރުކުރަން، އެހެންވީމަ ނެތް އަސްލު މައްސަލައެއް!! އިންޑިޔާއިން މީހުނަށް ވަރަށް ލާއިންސާނީ އަނިޔާ ކުރޭ، އެހެންނަމަވެސް ސަމަދުބެ އަށް އެފަދަ އަނިޔާއެއް ނުކުރޭ! އެހެންވީމާ އަނިޔާކުރީއޭ ބުނީމަ ގަބޫލެއް ނުކުރެވޭ!! މިއަދުވެސް ބޮޑު ބައްޔެއްވާއިރަ ދާންމިޖެހެނީ އިމްޑިޔާއށް، ސަމަދުބެ އަށް ތި ލިބުނީ ވަރަށް ދެރަ ލަންޑެއް!! ސަމަދުބެ ޓީވީއަށް ނާރާ މާފަށް އެދުނުނަމަ ތިއަށްވުރެ ރަނގަޅުވީސް،

    8
    39
    • ބިޔާނާ

      ބޮޑު ބައްޔެއްވާއިރަށް އިންޑިއާއަށް ދާ ގޮތަށް ރާވާ ހަމަޖައްސާފަ އޮތީމަ އެގޮތަށް މަޖްބޫރީ ހާލަތުގަ އެތައް ބަޔަކު އެ ދާންޖެހެނީ. އެމަންޒަރު ފެނުމުގެ ގާބިލްކަން ނެތީމަ ތިބޭނީ ތިހެން އިންޑިއާ ނެތިއްޔާ ތިމަންނަމެންނަށް ބިހާ އަލުވިއާ ނުލިބިގެން މަރުވެދާނެއޭ ބުނާ ޒާތުގެ މީހުން. ދިވެހިންވެސް ޔާމީނަށް ހެއްދެވިނުހެއްދެވިއަށް ގޮވާފަ އެއޮތް ބްރިޖްމަތިން ދަތުރުކުރަނީ، ހިޔާ ފްލެޓްތަކުގަ އުޅެނީ، ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތް ހޯދަނީ. ޔާމީނަށް އެއްޗެހި ކިޔައި ހިޔާލުފާޅުކޮށްފަވެސް އެމީހުންގެ ޒަރޫރީ ބޭނުންތައް އެމީހުންވެސް އެބަ ފުއްދާ އެކަން ނުކުރުމުގެ އިޚްތިޔާރު އޮތަސް. ބޭސްފަރުވާއަށް އިންޑިއާއަށް ސަލާންޖެހުން އެހާ މަޖްބޫރުކޮށްފަ އޮތީމަ އެކަން އެއްބަޔަކު އެކުރަނީ. އިންޑިއާ ޑރން މިގައުމަށް އައިސް ބަލާލާފަ ބުނާނެ އެގައުމަށް ދާށޭ މިވެނި އެވެނި ކަމެއް ކުރަން. އެ ހާލަތުގަ މިގައުމު މިއޮތީ. އެކަން ބަދަލުކުރަން ވިސްނީ ހަމައެކަނި ޔާމީން. އެހެންވެ މިއަދު ޖަލުގަ ޔާމީން އެއޮންނަން ޖެހެނީ.

  3. ޒީރޯ ޓޮލަރަންސް

    ޤައުމުގެ ސަލާމަތީ ޚިދުމަތުގައި އުޅެފަހުރި މީހަކަށް، ދެރަކަމެއް ވުމުން، ސަރުކާރުގެ ވެރިން އެމީހަކަށް ރަށްދުވާގޮތަށް ކުޑައިމީސް ބަހެއް ބުނުން ރަގަޅުބާ؟ އެބުނެދިނީ ކުރު ޖުމްލަ ތަކަކުން ވަރަށް އިބުރަތްތެރި، ގިނަވާހަކަ ނޫންބާ؟ ރަށްޔިތުން ނިދިން ހޭލަން ޖެހޭ. ކަންކަމާއި މެދު ހޭލުންތެރިވެ ވިސްނަންޖެހޭ. ގައުމަށް ޚިދުމަތް ކުރުމުގެ ބޭނުމަކީ ކޮބާ؟ ދެވޭ ގައުމީ އިނާމުގެ ބޭނުމަކީ ކޮބާ؟ ނުވަތަ އަގުވަޒަން ކުރުމުގެ ގޮތުންދޭ ޝަރަފުވެރި ކަމުގެ ބޭުނުމަކީ ކޮބާ؟

    24
    6
  4. ބޯހަލާކު

    މީހަކު ފާޅުކުރާ ހިޔާލަކުން އެމީހަކަށް ލިބިފަ އޮތްހަށްގެސް ނުގުޅައި ނުގެނެވޭނޭ، ، ވެރިން ރައިޔިތުން ނަށް ހިދުމަތް ކުރާއިރު ތަފާތު ކުރުން އެއީބަލައިގެނެވޭނެ ކަމެއްނޫން،، ،

    15
    2
  5. ހިނގާދަމާ

    ހިނގާށެ ނަލަ ކުރަމާ މިވަތަންގެ ދަރިންގެ ފަހި ކުރިމަގު އެމެންނަށް މާލެ ސަރަހައްދުން ގޯތި ދީގެން ހިނގާ ހުއްޓާލަމާ ރާއްޖެތެރޭ ކޮރަޕްޓް ވަގު މެމްބަރުން ބުނާ ގޮތަށް ސަރުކާރުން ބޭކާރު ޚަރަދު 10 ހާހުން ދަށުގެ ކުދި އާބާދީ ތަކަށް ދައުލަތުގެ ބަޖެޓުން ހޭދަކުރުން ހުއްޓާލަމާ ހިނގާ ދަމާ އެފައިސާ އިން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ރާއްޖޭގެ އެންމެނަަށް އެ ގޮތުން ހިއްކާ ފަޅު ތަކުން ބިން ދީ އެމެންގެ ދިރިއުޅުން އުޖާލާ ކުރަމާ ހިނގާ ރުވަން ފެންދީ އެމެންގެ ދިރިއުޅުމުގެ މަތިވަރު އާރޯ ކުރަމާ ހިނގާ ނަފާ ހޯދަން މިވަތަން ގައި ވިޔާފާރި ކޮށްގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ގުޅެމާ ގާސިމް އިބްރާހިމް އާއި މިކަން ކުރަން އެންމެން ގުޅިގެން ހިނގާ މަމެންނާއި އެކު ގައި ގާސިމް އަތުގައި ހިފައިގެން ވަތަން އެދޭ ގޮތަށް ދާން ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިމާޔަތާއި ނަސްރާއި ކަލާނގެ ދެއްވާނދޭންވެ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....

  6. ޒަރީނާ

    އެމްޑީޕީއަކު ނޫޅޭނެ ތަނެއް ދޮރެއް ވަކިވާ ބަޔަކު. މިސާލަކަށް ވެރިކަމުގައި އޭގެ މީހެއް. މިނިސްޓަރުންނަށް އޭގެ މީހުން. މަޖިލީހުގައި އޭގެ މީހުން. ދައުލަތުގެ މުއައްސަސާތަކާއި ވުޒާރާތަކާއި ކުންފުނިތަކުގައި މުޅިންވެސް އޭގެ މީހުން.

    14
    2
  7. ދަވާލާ

    ދިޔާނާ މާރިޔާ ކުރެން އަހާލަބަލަ ފުރާވަރު އުމުރުގައި ޒިނޭ ކޮށްގެން މާރިޔާގެ ފޫކޮޅުގައި ހައްދު ޖެހިތޯ ، ދިވެހި ސިފައިންނަށް ކަނބިލި ތަކެކޭ ގޮވިންތޯ ، ރާއްޖޭގެ ގާނޫނު އަސާސީ އަށް ބޫޓާއެކު ކޮޅަށް އެރިންތޯ ، މާރިޔާގެ ގޮތެއް ފޮތެއް ނެއްކަން މިވަރުންވެސް ދިވެހިއްނަން ނޭގެނީބާ

    15
    2
  8. އއ

    މާރިޔާއަކީ ލަދު ކުޑަ ފިރިމީހާ ލައްވާ އެފް ޕީ އައި ޑީ ލޫޓުވައިގެން ކައިގެން އުޅުނު ޚިޔާނާތުގެ މާޒީ އެއް އޮތް ގޮތެއް ފޮތެއް ނެތް މީހެއް. !!!! މިކަހަލަ މީހުންނަކީ އާއްމު ގޮތެއްގަވެސް 100% ގައުމީސަލާމަތައް ނަނުރައްކާ ބައެއް.!!! މިފަދަ މީހުންނައް ޑިފެންސް މިނިސްޓަރ ކަމައް ރުހުންދޭ ދަރަޖައަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވިސްނުން ދިއުމުން މިއެގެނީ މިގައުމު މިއޮތީ ވަރައް ދަށު ދަރަޖައަކައް ވެއްޓިފަކަން. !!!

    12
    2
  9. އަރާނެއޭ

    މަމެން އުއްމީދު ކުރަން ގާސިމް މިފަހަރު ސަރުކާރުގެ ބަހަށް ހެއްލިގެން ޅައެއްޗެއް ނާޅާނެ ކަމަށް މިސަރުކާރު ހޮވަން ގާސިމް އިބްރާހިމް މަސައްކަތް ކުރަން ޖެހޭނެ އެއްވެސް ސަބަބެއް ނެތޭ ފެންނާން އެއަށް ވުރެން އެތައް ގުނަ އަކުން ގާސިމަށް ރަނގަޅުވާނެއޭ ސަންސިޔާމް އާއި ފިކުރެއްގެ ދިރުމާއި އަދި އުމަރާއި އަދި ކާރނަލް ނާޒިމް އާއި ޕީޕީއެމް އާއި ގުޅިގެން ގާސިމް ރިޔާސީ އިންތިޚާބަށް ނިކުތުން މިކަން މިގޮތަށް ވެއްޖެނަމަ މާލޭގެ ވިޔަފާރިވެރިން ގާސިމް ފަހަތަށް އަރާނެ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ އަރާނެއޭ

  10. ދިރާސާ

    ގަދަފިންޏަކީ ކިހާވަރެއްގެ އެއްޗެއްކަމާއި ބައެއްކަންކަމުގައި ފިނިބޭނުންކުރާބޭނުމަކީ ކޮބައިކަން ޑިފެންސްމިނިސްޓަރުކަން ކުރައްވާފަރާތަކަންއެނގޭނެ ނޭގުމަކީ ނުވަތަނޭގޭކަމަށް
    ހެދުމަކީ ހުންމެވި މަގާމަށްކުފޫހަމަނުވާކަމުގެ ހެއްކެތް މިފަދަފަރާތެއް ގައުމެއްގެ ޒިންމާދާރު އެފަދަ
    މަގާމެއްގައި ބޭންދުމަކީ ރަގަޅުކަމެއްނޫން ބުއްދިވެރި ކަންކަމަށްވިސްނަވާ ޒިންމާދާރުވެރިން
    މިބާވަތުގެ ކަމެއްނުކުރައްވާނެ މިއިންއެނގެނީ ބޭނުންވާކަންތަށްކުރެއްވުމަށް ހަމައެކަނިނަމެއްގައި ޑިފެންސްމިނިޓަރފަދަ ޒިންމާދާރު މަގާމަކަށް ފަރާތެއް އައްޔަނު ކުރައްވާފައިވާކަން އިންސާނުން އިންސާނުންނަށް ،ޚާއްސަކޮށް ދިވެހިންދިވެހިނަނަށް ރަޙުމު
    ކުރަންޖެހޭ އޭގެބަދަލު ސިޔާސީކަމަކަށްހަދާ ހަޖޫޖެހުންރަގަޅެއްނޫން ކިހިނެތްއެގެނީ މާދަމާވެސް ތިމާއަށްވާނެގޮތެއް އެހިސާބުންވިސްނޭނެ

    4
    2
  11. Anonymous

    އިންޑިއާ ހަމީދު ގޭ ކުރިމަތީ ހުރި ގެ ވެސް މަށަށް. ދިވެހިގޭ ކުރިމަތިން ހުރި ކުރީގެ ބަނޑޮސްގެ ވެސް މަށް. ހމފ2 ގެ 6000 އަކަފޫޓު ގޯތި ވެސް މަށަށް. ދެން އެހެންވީމާ ހަމަ އަޑުގަދަކޮށްފާ ކޮޅުކޮޅަށް ދުވަން ވީ އޭ، އެހެން ނޫންތޯ!

  12. ×ސަ

    ފިނދަނަ މާރިޔާ

  13. އަބްދޫ

    މާރިޔާ އަށް އެގެނީ ކޯންޗެއް ؟އޭނާ ޑިފެންސް މިނިސްތަރަކަށް ވީމަ ސޮއި ކޮށް ހެދޭ އެގްރިމެންޓް ސައްހަވާނެކަމަށް މައި ރިޔާ އަށް ހީވާތީ ތަ ސޮއިކުރީ.އެއީ އުފެދުމުގަ ވެސް ބާތިލް ލިއުނތަކެއް.

  14. ކަނބުލޮ

    މިކޮޅުން އިންޑިއާއަށް ދާ މީހުންގެ ލިސްޓު މާރިޔާ އަތުގައި އޮންނާތީ ބޭނުންހާގޮތެއް ހަދަންޖެހޭނެތޯ؟ މާރިޔާ އިންޑިއާއަށް ޖާސޫސްކޮށްދެނީތޯ؟

  15. ނަގު

    މާރިޔާ އިސްތިއުފާ. ދިވެހިރާއްޖޭގެ އެއްކޮޅާ އިދިކޮޅުގެ މިނިސްޓަރަކަށްހުރެ ސަމަދު ބެއަށް ކުރިމަލާމާތާ ކުރި ފުރއްސާރައަށް . ވަގުތުން އިސްތިއުފާ. މީނާގެ ވާހަކައިން މުޅީންވެސް އެގުނީ މީނާ ކުރުވިކަމެއްކަން. ލަދުކޮބާ. ވަގުތުން އިސްތިއުފާ.