މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަޢީސް އަބްދުﷲ ޔާމީން އަށް 18 އިންސައްތަ ވޯޓްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އެޑްވައިޒަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދު "ވަގުތު" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް ރައީސް ޔާމީންއަށް ދޭނެ ވޯޓެއް ނޯންނާނެ ކަމަށާއި އަދި ކިތަންމެ ވަރަކަށް ރަށްރަށައް ގޮސް މޮޅު ވާހަކަ ދެއްކެވިޔަސް ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ. އަދި މިހާރު ހުރިހާ ރައްޔަތުންވެސް ތިބީ މިވެރިކަން އަވަހަށް ނިމޭނެ ދުވަހަކަށް ބަލަބަލާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ އިރާދަ ކުރެއްވިއްޔާ މާ ގިނަ ދުވަސްތަކެއް ނުވެ މިވެރިކަން ނިމި އުންމީދީ ސަރުކާރެއް އުފެދޭނެ ކަމަށާއި ދިވެހި ހުރިހާ ރައްޔަތުންނަށްވެސް އުފާ ފާގަތި ދުވަސްތަކެއް ފެންނާނެ ކަމަށެވެ.

މިސަރުކާރުން ނުޙައްޤުން މީހުންގެ މުދާ އަތުލާފައިވާ ކަމަށް ސިފަކުރައްވަވާ ޖާބިރު ވިދާޅުވީ ނުޙައްޤުން މީހުން ގެ މުދާ އަތުލާފައި ހިތްހަމަ ޖެހިގެން އެއްވެސް މީހަކަށް އުފަލުގައި ނުހުރެވޭނެ ކަމަށެވެ. އަދި އެދުމަކީ ދިވެހި ހުރިހާ ރައްޔިތުން މިފަހަރު 2018 ގެ އިންތިޚާބުގައި ވޯޓްއިން ރައީސް ޔާމީންއަށް ނޫނެކޭ ބުނެ މިވެރިކަން ބަދަލު ކުރުން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވެފައިވަނީ ޖުމްހުރީ ޕާޓީގެ ރަނިން މޭޓްއެއްގެ ގޮތުގައި ޤާސިމް އިބްރާހިމް ނެރުއްވާނީ ވަރަށް ކަމަށް ޤާބިލް އިޚްލާސަތެރި ބޭފުޅެއް ކަމަށާއި ރަނިންމޭޓް ގެ ކަންތަކުގައި ޤާސިމްއަށް ލަފާ ދެއްވާފައި ކަމަށެވެ.

އަދި ކޮންމެ ކަމެއްގެ ނިމުން އަންނާނެ ކަމަށާއި ﷲ ގެ މަތިން ހަނދުމަކޮށް ބިރުވެތި ވުމަށް ޖާބިރުވަނީ ރައީސް ޔާމީން އަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ޖާބިރުގެ ގާރލް

    ދިޔާނާއަށް ކިތައް ޕަސެންޓް ލިބޭތަ؟

  2. Anonymous

    މަ ހީހީ ހަލާކު

  3. ާައަހުމަދު

    ޢެއީ އިގްތިސާދު އިދަޖެހުމުގެ ފާގަތިި ކަން ތަ

  4. ޢ ރަސީދު

    ހޮޑައިދު ގެމަތިން ހަދާން އެބަހުރިތަ ލޮލީނޭގޭ މީހަކު އެބައުލޭތަ

  5. ރަތްމަސް

    ޔޯ ބްރޯ އޯކޭތަ.

  6. ޙހހހ

    100% ވޯޓުން ރައީސް ޔާމީން ހޮވޭނެ އިންޝާﷲ

  7. ނަދާ

    ޖާބިރު އަށް%100 ލިބޭނެ ފިލާއޮވެބަލަ ދިޔާނަ ދާނެ ތަބަކަކަށް ލައިގެން %100ދޯ

  8. އަޙްމަދު

    ޕަސެންޓް ދެއްވަނީ ޖާބިރުތައް ؟

  9. ސަމަ

    ޖާބިރައް އެގޭތަ ކުރިއަށް ވާނޭ ކަންތައްތައް ޖާބިރު ބުނެބަލަ ނަސީދު ވެރިކަމާ އިބޫ ޖެހޭ ދުވަސް؟

  10. އައްޔަ

    ޖާބިރުބޭނުންވިއެއްވެސްކަމެއްހާސިލްވެފަ އެއްނެތް

  11. ފިނޮޅު

    ކަމޯން ބްރޯ! ޔާންބެ ކާމިޔާބު ކުރާނެ އިންޝާ އަﷲ. ގައުމަށް އައި ހެޔޮބަދަލް ފެނިފައި ވެލިކެވުނު ވަރުވެފަދޯ ތިހުރީ. އިތުރު ދައުރަކަށް ޔާމްބެ ގެންނަން މި މަސައްކަތް ކުރަނީ މިހާރު ތަރްށްގީއަށް އެޅިފައި ހުރި ބިންގާތަކުގެ މައްޗަށް ފެތުރިގެންދާނެ ޒަމާނީ ޖީލެއް ބިނާކޮށް ނިންމަން. އަސުރުމަލުގެ ކުލައިން ޖީލު ބިނާކޮށް ނިމޭއިރު ރާބޮއެގެން ހައްދުން ނެއްޓީގެން ދައުލަތަށް ޓެކްސް ނުދައްކާ އުޅޭ މީހުން މިގައުމަކު ނުތިބޭނެ.

  12. ކާފަ

    ކޮބާމައްސަލައަކީ ޖާބިރުމެންނަށް މޮޅުވާނެނުން އެމްޑީޕީ އައީމައި ތިޑެބިޓްވިތަން ފޫބައްދާލެވޭނެނު ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްޓަކައި ޖީބުތައް ފުރާލާ އަހަރަކަށް 2019

  13. ވެރިޔާ

    ޖާބިރު . ތީ ފެއިލް ވެފއިހުރި މީހެއް. ބޭކާރު ވާހަކަ ނުދައްކާ މަޑުއްހުރޭ.

  14. ޖޯންއިކޫ

    ޖާބިރުއަށް ދުވަހަކުވެސް އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެކަން ޔަޤީން. ރައީސް ޔާމީނަށް 18 ޕަސެންޓް ލިބުނަސް ރަގަޅު އެމަނިކުފާނުވަނީ އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމެންޓްތަކެއް ރާއްޖެގެނެސް އެތައް ބިލިއަން ޑޮލަރެއްގެ މަޝްއޫތަކެއް ހިންގަވައިދެއްވާފައި. އެމަނިކުފާނު ކުރެއްވި މަސައްކަތެއް ޖާބިރުމެނަކަށް ނުކުރެވޭނެ.

  15. ނީމާ

    ﷲ އިރާދަފުޅުން ރ ޔާމީން ހޮވޭނެ.

  16. ލީން

    ޖާބިރުމެން ދައުލަތައް ޓެކްސް ނުދައްކާ ތިޔަހެން ނުތިބެވޭނެ. ޓެކްސް އާއި ކުލި ދައްކަންވީމަ ރައީސް ޔާމީނަށް ވަރު އަރުވާނެކަމެއް ނެތް. ވަރަށް ސަލާމް

  17. މުހުންމާކަލޯ

    ދީނުގެ ވާހަކަ ދަށްކަންތިބޭެފުޅާ އަށްވުރެން އައުލާކަން ބޮޑު ބޭފުޅެއް މިޤައުމުގަި ނެތްކަން އެންމެ ރަނގަޅަށް އެންގޭނީ ތިބޭެފުޅާގެ ގާތްބޭފުޅުންާއި ޚާއްސަކޮށް އަލް އުސްތާޒާ ދިޔާނާ ސައީދު އަށް

  18. ާއދ.

    ޢިންޝާﷲ 2018 އޮންނަ ރިޔާސީ އިނަތިހާބުން ރައީސް ޔާމީން ކާމިޔާބު ކުރތާނެ.....ޖާބިރު މާތާހިރެއްނޫން ހައްގުގެ ވާހަކަދައްކާަކައް ފުރަތަމަ ތިމާތިފެންވަރައް ަޢާދެވުނުގޮއި ވިސްނާބަލާފާ ހައްގުގެ ވާހަކަދައްކާ..ޖާބިރު ﷲ މަތިން ހަދާވިތަ ހޮޑާފުށި ގާއުޅުނު ދުވަހު..ކަލޭއގަނުތަޅާ މަޑުންހުރޭ

  19. އާދަމްބެ

    اللهއިރާދަކުރެްއްވިއްޔާ ހޮވޭނީ ޔާމީން.
    ޅޮސް އޮނދޯލީގަ ލޮލީ ޖާބިރު ވެލިކާންދޭބަލަ.

  20. ނުރަބޯ

    މިސްޓަރ އެލް ޖާބިރަކީ ރީނދޫ ނަޝީދުގެ އެޑްވައިޒަރ. ދެން ނަޝީދަށް ރިޔާސީ ކެނޑިޑޭޓަކަށް ނުވެވުނީމާ މިކަލޭގެ މިހިރީ މިހާރު ޗޮކުން ގޮއްސަ. ހަހަހަހަ. ބަލަ މޮޔަޔާ ރައީސް ޔާމީނަކީ މިގައުމު ހަލާކުގެ އަނދަވަޅުގައި އޮއްވާ ﷲގެ ވާގިފުޅާއެކު ނަގާ އާރާސްތުކުރި ފަރާތް އެހެންވީމާ ރައީސް ޔާމީނު ނުހޮވާ ދެން ހޮވަންވީ އަނެއްކާވެސް ފޭލިއަރުންތަ.....؟؟؟؟

  21. ބުްއްބޭ

    ލޮލީ ވިއްކައިގެންތަ ތިން ހަތަރު ރިސޯރޓް ގަނެގެން ތިއުޅެނީ، ވިޔަފާރި ފަށަން ފުރަތަމަ ޚިޔާލުދިނީވެސް ޔާމީނު، ފަންޑުކުރީވެސް ޔާމީނު، ފުރުސަތު ހޯދަދިނީވެސް ޔާމީނު، ރިސޯޓްހޯދަދިނީވެސް ޔާމީނު މިހާރު ފިޔަފަޅައިގެން އިނގިރޭސިވިލާތުގަ އުޅުނަސް ތިއީ ޔާމީނުގެ ބޯއިޔެކޭ...

  22. ޖާބިރު

    ކަލޭމެން ތިޔަ ބުނާ ހެޔޮ ސަރުކާރު ރައްޔިތުން

    ނަށް އެނގޭ. ހޮނޑައިދޫގަ ވާންޗޯ ވެފަ ތިބެ

    ދެއްކީ އެ މަންޒަރު.

  23. Anonymous

    ނުހައްގުން އެތަށްބައިވަރު ފަޅުރަށެއް ރިސޯޓްހަދާލާން ރައްޔިތު މީހާގެ ޓެކްސް ކޮޅު ވެސް ނުދައްކާ އިނގިރަެސިވިޅާތުގަ ލަގްޒަރީ ދިރިއުަޅުމުގަ ވެސް ހިތްހަމަނުޖެހި އަދިވެސް އަހަރުމެން ނިކަމެތި ވޭތޯތި އުޅެނީ ހަމަ ބާރެއް ލިބުނީ ޔާމީންވެސް ރަގަޅު ވާނެ

  24. ނިހާދު

    ނުހައްގުން އެތަށްބައިވަރު ފަޅުރަށެއް ރިސޯޓްހަދާލާން ރައްޔިތު މީހާގެ ޓެކްސް ކޮޅު ވެސް ނުދައްކާ އިނގިރަެސިވިޅާތުގަ ލަގްޒަރީ ދިރިއުަޅުމުގަ ވެސް ހިތްހަމަނުޖެހި އަދިވެސް އަހަރުމެން ނިކަމެތި ވޭތޯތި އުޅެނީ ހަމަ ބާރެއް ލިބުނީ ޔާމީންވެސް ރަގަޅު ވާނެ

  25. އައިސް

    މީނައަށް އެއްދުވަސްކޮޅެއްގައި ޔާމީންވަރެއް ނެތެވެ. އެވަގުތު ހީކުރީ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރުޖެހޭނެކަމަށެވެ. ނަމަވެސް ފައިސާ ދައްކަން އެންގުމުން ޔާމީނު ގޯސްވީއެވެ. މިހާރު އެ އުއްމީދުކުރަނީ ސަރުކާރަށް ދައްކަންޖެހޭ ފައިސާތައް އެމްޑީޕީ ވެރިކަމެއްގައި ދައްކަން ނުޖެހޭނެކަމަށެވެ. އަދި އެމްޑިޕީގެ މެނިފެސްޓޯގައި ހޮނދައިދޫގައި ހިންގިކަންތައް ހިންގަން ހުއްދަވާނެކަމަށް އޮތީމައެވެ. އަަނެއްކާ ހިނދުކޮޅުގައި ކޮންމެފަދަ ވާހަކައެއްވެސް ދައްކާފާނެއެވެ. ހަމައަކަށްއެޅުމުން ވާހަކަ ބަދަލުވާނެއެވެ.

  26. ބަނާނާ

    މީނައަށް އެއްދުވަސްކޮޅެއްގައި ޔާމީންވަރެއް ނެތެވެ. އެވަގުތު ހީކުރީ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރުޖެހޭނެކަމަށެވެ. ނަމަވެސް ފައިސާ ދައްކަން އެންގުމުން ޔާމީނު ގޯސްވީއެވެ. މިހާރު އެ އުއްމީދުކުރަނީ ސަރުކާރަށް ދައްކަންޖެހޭ ފައިސާތައް އެމްޑީޕީ ވެރިކަމެއްގައި ދައްކަން ނުޖެހޭނެކަމަށެވެ. އަދި އެމްޑިޕީގެ މެނިފެސްޓޯގައި ހޮނދައިދޫގައި ހިންގިކަންތައް ހިންގަން ހުއްދަވާނެކަމަށް އޮތީމައެވެ. އަަނެއްކާ ހިނދުކޮޅުގައި ކޮންމެފަދަ ވާހަކައެއްވެސް ދައްކާފާނެއެވެ. ހަމައަކަށްއެޅުމުން ވާހަކަ ބަދަލުވާނެއެވެ.

  27. ނަގޫރޯޅި

    ޖާބިރު ކަލޭމެންތީ މިހާރު މާޒީ، ތިދެން ރާއްޖެއަކަށް ނުވިއްކޭނެ. ތިކަންމެ މޮޅުވާހަކަދެއް ކިޔަސް ﷲ އިރާދަފޫޅުން ރ.ޔާމިން ބޮޑުއަގުލަބިއްޔަތަކުން 2018 ކާމިޔާބުކުރާނެ.

  28. ހޮޑައިދޫ

    އޭ ޤައުމުދެކެ ލޯބިވާ އަހުންނާއި އުހުތުންނޭވެ. ޢައިބު ދެނެވޮޑިގެން ވަނީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާއެވެ. އިންސާނުންނަކީ ﷲ ދެއްވި މިންވަރަކައް ނޫނީ އިލްމު ނޭނގޭނެ ބައެކެވެ. އެއްވެސް އިންސާނަކީ ފުރިހަމަ %100 މީހަކަށް ނުވާނެއެވެ. ވިސްނައިލައިފިނަމަ ރައީސްކަމަށް ގެންނަން އެންމެ ރަނގަޅުމީހަކު ނެތެވެ. ނަމަވެސް ޤައުމާއިމެދު ރަނގަޅައް ލޯހުޅުވާ ބަލައިލައިފިނަމަ ފެންނަނީ އަދި އެއްދައުރު ރައީސް ޔާމީން އައްދެއްވުމަށެވެ. އަދިވެސް ވިސްނާލާށެވެ.

  29. Buro

    First pay up

  30. ޗިއްލޫ

    ލިބޭނަމިންވަރާއި ނުލިބޭނަ މިންވަރަކީ ތިމާމެން ބޭނުންވަރަކަށް ރައްޔިތުންގެ މުދަލާއި ފައިސާ ނަހމަގޮތުގަ ނުލިބިގެން ރުޅިއަައިސް ފޯވެފަހުރެ ދައްކާ ވާހަކަޔަކުން ކަނޑައެޅޭނެ އެއްޗެއްނޫން! ކޮންމެ މީހަކުވެސް މިއުޅެނީ ހަރާމްގޮތުގަ މުދަލާއި ފައިސާހޯދާ އޭގެއިން ދިރިއުޅެން!!!!!!

  31. ނައްލަބެ

    ކަލޯ މިފަހަރު ޔަގީން ރައީސްޔާމީން ކާމިޔާބު ކުރާނެ 85 ޕަސެންޓުން އެއިރުން ކަލޯ ރާއްޖެ ދޫކޮށް ފިލާނެ 18 ޕަސެންޓު ޔަގީން.

  32. ކަޅުބުޅަލާ

    ޖާބިރު ބިރުގަނަނަވަރަށް ރައީސް ޔާމީން މިފަހަރު ވޯޓް ހޯދާނެ ކަމާމެދު ޝައްކެއްނެތް ތަރައްގީ ގެ ބާނީއަށް އަހަރުމެން ވޯޓް ދޭނީ ލާދީނީ މީހުންނައް ޖާގައެއް.

  33. ބައްބަ

    ހޮނޑައިދޫ ބީޗުގަ މުޅިގައިގަ ވެލި އުނގުޅައިގެން އޮތް ހަދާން އާކޮށްލަބަލަ އެހަނދާނުގެ ޝޯއެއްކުޅެލަންވީތަ؟ އެހަނދާން އާކޮއްލަން ހީހީ ހަލާކު.

  34. އަހަރެން

    ހޮނޑައިދޫއަށް ކިތައް ޕަސެންޓް ލިބޭނެތޯ ހެހެއްހޭ

  35. ކެރީ

    ހ ޔިމާވެށި

  36. ޖުހާ

    ޖާބިރު ، ﷲގެމަތިން ހަނދުމަ ވާތީދޯ ރޭގަނޑު ދަންވަރު ފަޅުރަށްރަށުގައި ޕާޓީ ހަދައިގެން ރާބޮއި މަޖާކުރީ. މިލުއްޗާގެ ލަދުކޮބާތަ؟

  37. ކޮލެޖް

    މަނިކުފާނު ﷲ މަތިންހަނދާންވިލެއް ބޮޑުކަމުންތޯ ﷲ ހަރާމްކުރައްވައިފަވާ ބޮޑަތިކުއްފާފަތަކަށް އަރާގަނެ އަމިއްލަފައިމައްޗަށްކޮޅައްނުހުރެވޭވަރުވީ ދަންނަވަންތޯ މިގައުމުގަ ފަޅުރައްތައް އަދިވެސް އެބަހުއްޓޭ އެކަމަކު ޔާމީންގެ ވެރިކަމުގާ އެރައްތަކުގައި ބަނގުރާބޮއި ފާހިޝް އަމަލުތައް ހިންގާކަށް މަނިކުފާނަކަށްވެސް މަނިކުފާނުގެ ލާދީނީ ބައިގަނޑަކައްވެސް ފުރުސަތެއްނުލިބޭނެ.

  38. ކޮލެޖް

    ލޮލީ ޖާބިރު ﷲ އަަސްބިރުވެތިވިލެއް ބޮޑުކަމުންތޯ ﷲ ހަރާމްކުރެއްވިބޮޑަތިކުއްފާފަތަކަށްއަރާގަތީ އެހެންވެތޯ ހޮނޑައިދޫ ބީޗްގަ ވެލިކައިގެންއޮވެމޮޔަގޮވީ ދަންނަވަންތޯ މިގައުމުގާއަދިވެސް ފަޅުރައްތައް އެބަހުރި އެކަމަކު ޔާމީންގެ ވެރިކަމުގާ އެރައްތަކަށްއަރާ ފާހިޝްއަމަލުތައް ހިންގާކަށް ޔާމީންދެކެ ކިތަންމެރުޅިއަޔަސް ޔާމީން އެއްވެސްމީހަކަށް އެފުރުސަތެއްނުދޭނެ ހިތްފަޅަެިގެންދިޔަޔަސް ދެންވެސް ޔާމީން އެފުރުސަތެއްނުދެއްވާނެ އަނގަނުފޮކާ ރައްޔިތުންނަށް ދަރާއޮތް ފައިސާތައް ދެވޭތޯބަލާބަލަ.

  39. ރަށްދު

    ދެންކީވެތަ ކާށިދޫ ދާއިރާ ކުރީގެ މެންބަރު ތިކިޔަނީ ކިޔަންވީނު މިހާރުގެ ކާށިދޫ ދާއިރާގެ عبدالله ޖާބިރު ތާއީދު ޖާމިރަށް ނެތީމަ ކުރީގެ މެންބަރު ޖާބިރަށް ކިޔަން ޖެހެނި 18 81 ބަދަލުވާނެ

  40. ޙަފްޞާ/މާލެ

    އެބުނި 18 ، ތިންގުނަކޮށްލާ! %54 އެއީ އިންޝާއަﷲ އެންމެ ދަށު ޢަދަދު! ދިވެހި ރައްޔިތުން މިތިބީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ކެތްމަދުވެފަ! މިދިވެހިރާޢްޖޭގެ ރަށްތަކަށް މިހާރު އަރާލީމާ ގައިން ހީބިހި ނަގާގެންދާފަދަ ކުރިއެރުން ފެންނާނެ! އެ ކުރިއެރުން ދަމަހައްޓަން ދިވެހިން ބޭނުންވާނެ! ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވާފަ ކަލޭ އުލުބައިންދާފަނަމަވެސް ދައުލަތަށް ދައްކަންޖެހޭ ޓެކްސް އަތުލެވޭނެ!

  41. ޖޯޖޯ

    ކަލެޔަކަން ނޭގޭނެ ?މިގައުމުގަ ކަލޭމެން ކުރި ތިޔަ ބުނާ ހެޔޮ ވެރިކަން އަހަރެމެން މިތިބީ ދެކެފައި

  42. ހުސޭނުބޭ

    އަޅުގަނޑު އަބިދިއްލާ ޖާބިރު........... ހެންވޭރު ތިމާވެށި...... އަޅުގަނޑު %18 ހަނު!

  43. ރަޝީދު

    ބްރޯ ތީ މިހާރު ޓޯޓަލީ ފެއިލްޑް މީހެއް.... ވިޔާފާރީގަވެސް ދަރާ ސަލާމަތް ނުވާވަރަށް... ޕޮލިޓިކަލީވެސް މިހާރު އެއްވެސް އުރައްޕެތް ހުރިމީހެއްނޫން.... ރާއްޖޭގެ ގިނަ މީހުން ގަބޫލު ކުރަނީ ތީ ކޮންމެވެސް ވަރަކަށް ބޯ ހަމަނުޖެހޭ މީހެއްގޮތުގަ... އަދި ބައެއް މީހުން ގަބޫލު ކުރާގޮތުގަ ތީ ފައްކާ ޖޯކަރެއް.....

  44. ކޮލެޖް

    މަނިކުފާނު ﷲ މަތިންހަނދާންވިލެއް ބޮޑުކަމުންތޯ ﷲ ހަރާމްކުރައްވައިފަވާ ބޮޑަތިކުއްފާފަތަކަށް އަރާގަނެ އަމިއްލަފައި7މައްޗަށްކޮޅައްނުހުރެވޭވަރުވީ ދަންނަވަންތޯ މިގައުމުގަ ފަޅުރައްތައް އަދިވެސް އެބަހުއްޓޭ އެކަމަކު ޔާމީންގެ ވެރިކަމުގާ އެރައްތަކުގައި ބަނގުރާބޮއި ފާހިޝް އަމަލުތައް ހިންގާކަށް މަނިކުފާނަކަށްވެސް މަނިކުފާނުގެ ލާދީނީ ބައިގަނޑަކައްވެސް ފުރުސަތެއްނުލިބޭނެ.

  45. ހިމް

    ތީ ބޮޑެތި ވަގުން، ސަރުކާރަށް އެތަށް ބިލިއަން ޑޮލަރެއް ނުދައްކާ ބޭރުގަ ނާޗަރަންގީ ކުޅެނުން އޭޝް ކުރަމުން ދާ ޚާއިނުން.. ތި މީހުން ނަކަށް ވޯޓް ނުލިބޭނެ، ގާސިމް މީރާ އަށް ދައްކަން ހުކުމް ކޮށްފަ އިން ފައިސާ އެއް ވެސް ނުދައްކާ އެއުޅެނީ ކޮން ބައެއް ހެއލޭނެ ކަމަށްތަ، ބަލަ ރައްޔިތުން ގެ ލާރި އޭ ސަރުކާރަށް ދައްކަން އެޖެހެނީ...!!!! ޔާމީން އަށް ވޯތް ނުދީ ތި ކަހަލަ ކާފަރު ވަގުން ނަށްތަ ވޯޓް ދޭންވީ.. ލޮލް

  46. އެނަލިސްޓް

    ބޮޑު ކާފަރު ވަގު ފުރޭތަ ﷲ އޭ އެބަ ކިޔަ އެއްނުނު.. ފެނަށް ވެސް، ސަޔަށް ވެސް ބަނގު ރާ އަޅާގެން ބޯ އިބިލީހެއް ތީ.... ތި އިބިލީހުގެ ރިޒޯރޓް ތަކުގަ ވެއިޓަރ ކަން ކޮށްފަ ތިބި މީހުން ހެކި ވާނެ، އޭ މިހިރަ ފެންނަ ލުއްޗާ!!! ޔާމީން ތި އިބިލީސް ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކަން ބުނީމަ މި ހޭރެނީ... ތީއޗްކަށް ވޯތް ނުދޭން ގުރައިދޫ މޮޔައެއް ވެސް.... ހޮޑައިދޫ މަތިން ހަނދާން ކޮށްފަ ހަކުރު ބޮއެގެން ނިދާލާ

  47. ފެކުސްޕޮޑް

    ޖާބިރު މީ ދިވެހި ގައުމު މިގައުމުގެ ކަންކަން ނިންމާނީ ދިވެހިން ކުރިއަށް އޮތް ދައުރު ތަރައްގީޓަކައި ރައީސް ޔާމިން ހިބައިން ދީފިން. ކަލޯ ދޭ ހޮޑައިދޫއަށް

  48. Anonymous

    ﷲ ދެކެ މަނިކުފާނު ބިރު ނުގަނޭތޯ ރާ ބޯން އިންނައިރު

  49. މުޙައްމަދު ޢަލީ ޝަފީޤް ބުން ޢަބްދުﷲ

    ޖާ ބިރަކަށް މީހަކު ބަޔަކު ނޫޅޭ. ދޭ ލޮލީ ވިއްކަން

  50. ހޮނޑައިދޫ މިސްޓަރ ވެލިކާ އިބްނު މަސްތުލްޚައިރީ

    ކަލޯ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތްދޯއެވެ. ހޮނޑައިދޫ ދިޔަރެހުގައި މަސްތުވެ ވެލިކައިގެން ފިލައިގެންގޮސް އެއްޗެއްބުނަން ކަލޯގެ ލަދު ކޮބައިހެއްޔެވެ؟ މާތްﷲ މުއްސަނދިކަމާ މުދާ ދެއްވީމާ ކަލޯއަށް އުޅެވޭނޫޅެވޭގޮތް ނޭނގި ދެބަންދިހާރަ ވެގެން އުޅުނު ހަނދާން ހުރިމީހުން އަދިވެސް މިރާއްޖޭގައި އެބަތިއްބެވެ. އެއީ ބޮޑުވިއްސާރައެއް އުތުރުގަޑުބަޑެއް ނޫނެވެ.

  51. ޙާޖީ ތުއްތު ދީދީ

    ޖާބިރު ކަލޯ ދުނިޔޭގައި އެބަ އުޅެންތަ!

  52. ހޮނޑައިދޫ ކަލޯ

    ހޮނޑައިދުއަށް ދާނެ ކިތައްޕަސެންޓް ވާނެބާ؟ހަމަ ފިލައިގެން ހުންނަނަޖެހޭނީ ؟