ސްޓެލްކޯގެ ޖަނަރޭޓަރު ވޯކްޝޮޕުން މިހާތަނަށް ސްޓެވޯ ބްރޭންޑްގެ ހަތަރު މޮޑެލްގެ ޖަނަރޭޓަރު އެސެމްބަލްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދޭގޮތުގައި މިހާރު ޖުމްލަ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކުރެވިފައިވެއެވެ. އެއީ STW600، STW500، STW300 އަދި STW800އެވެ.
މީގެ ތެރެއިން STW500 އަކީ އެ ކުންފުނިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެެވެ. ސްޓެލްކޯއިން ބުނީ، އެ މޮޑެލް މިހާރު އެސެމްބަލްކޮށް ބާޒާރަށް ނެރެން ވަނީ ތައްޔާރުކޮށްފައެވެ.
އަދި ސްޓެވޯ ބްރޭންޑްގެ STW500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދާ ނިންމާފައި ވެއެވެ. އަދި އެ ޖެނެރޭޓަރު ވ. ތިނަދޫއަށް ފޮނުވުމަށް ތައްޔާރުކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެއެވެ.
ހަބަރުގަ ޖަނަރޭޓަރުގަ ބޭނުންކޮށްފަ ހުރީ ކޮން މޮޑެލްއެއްގެ އިންޖީނެއްކަމާ އަދި އޯލްޓަނޭޓަރ އެއްކަން ވެސް ހަބަރުގަ ލިޔެލިނަމަ ފުރިހަމަވީސް. އެސެމްބަލް ކޮށްފަ ކޮންމެ ނަމެއްވެސް ކިއިދާނެ. އެކަމަކު ޖަނަރޭޓަރ މޮޑެލް އާއި އޯލްޓަނޭޓާ މޮޑެލް މުހިންމު ވާނެ.
ތިޔައީ ކަލޭމެން އުފެއްދި އެއްޗެއްކަން ބުނެދޭވޭނެ ހެއްކެތް ފެންނާކަށްނެތް.
ބޭރުން ގެންނަނީ އިންޖީނާ ޖަނަރޭޓަރ ވަކިން ރާއްޖޭގަ އެސެމްބުލް ކުރަނި ދެން މިކިޔަނި ސޮޓުލްކޯގެ އުފެއްދުމެކޭ