ހުޅުމާލެ އިން ގެއްލުނު މަކާއޯ ދޫންޏެއް ހޯދައި ދިން މީހަކަށް 25،000ރ. ދިނުމަށް ވެރިފަރާތުން ނިންމައިފިއެވެ.

ދޫނީގެ ވެރިފަރާތުން "ވަގުތަށް" ބުނީ ދޫނި ގެއްލިފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ސަރަހައްދަށް އުދުހުމަށް ދޫކޮށްފައި ވަނިކޮށެވެ. އޮޅުކޮށްގެން ގެންގުޅޭ މި ދޫންނަކީ އަބަދުވެސް "ފްރީ ފްލައި" ކުރަން ގެންދާ ކަމަށް އޭނާ ބުންޏެވެ.

މިއީ ގްރީން ވިންގް މަކާއޯއެކެވެ. މިއީ އެހެން ދޫނިތަކާ އަޅާ ބަލާ އިރު ސައިޒުން ވެސް ބޮޑު ދޫންޏެކެވެ.

ދޫނީގެ ވެރިފަރާތުން ބުނީ މަކާއޯ އިއްޔެ ޗައިނާ ސްޕްލައި ގުދަން ސަރަހައްދުގައި އުޅޭ ކަން އެނގުމާއެކު އެތަނަށް ދިއުމުން ދޫނި ގެއްލިފައިވާ ކަމަށެވެ.

އަހަރެއް ވެސް ނުވާ މި މަކާއޯގެ ޓެއިލް ވިންގު ކުރު އިރު ފައިގައި އެއާޓެގެއްވެސް އަޅުވާފައިވާނެ ވެރިފަރާތުން ބުންޏެވެ.

މިއީ ރިކޯގެ ނަމުން ނަން ދީފައިވާ މަކާއޯއެކެވެ. އެގޮތުން ރިކޯއޭ ކިއައިފި ނަމަ، މި ދޫނި އިޖާބަދޭ ކަމަށްވެއެވެ.

މަކާއޯ އެންމެ ފަހުން ފެނިފައި ވަނީ ރޭ ދަންވަރު ދޭއް ޖަހާ އިރު ކަމަށް ދޫނީގެ ވެރިފަރާތުން ބުނާ އިރު، އެ ދޫނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ދޫނީގެ އެއްވެސް ހަބަރެއް ލިބިއްޖެ ނަމަ، އެ މައުލޫމާތެއް ހިއްސާ ކުރުމަށް އޭނާ އެދުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެއްޔާ

    ކައިރި ރިސޯޓަކަށްވެސް ގޮސް ޖައްސަފާނެ.. ޗެކް ކޮށްލުން ރަނގަޅު..

  2. ނަދީމު

    އެއަރ ޓެގް އިން ލޮކޭޓް ކޮއްބަލަ ،😁

    5
    3