ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ މިސްބާހް މުހައްމަދު ނިންމަވައިފިއެވެ.

ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލައިގައެވެ. އަހްމަދު އަބްދުﷲ ސައީދުގެ މައްޗަށް ވެސް މި އުފުލީ މި ދައުވާއެވެ.

އޭސީސީން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ވަނީ، ޒިކުރާ މިސްކަތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލް ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރީ އެ އޮންނަ އުސޫލުގެ ބޭރުން ކަމަށާއި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް އޮތެވެ.

މި މުއާމަލާތާ ގުޅިގެން އެސްޖޭ ކުންފުންޏާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެ މައްސަލާގައި ހިމެނޭ އެ ބައި ފުލުހުންނަށް ހުށަހެޅުމަށް އޭސީސީއަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ ދީފައެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ މިސްބާހް މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޑރ. ޒިޔާދާއި، ސައިދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލެވޭނެ އެއްވެސް އުންސުރެއް ނެތް ކަމަށް ގާޒީ މިސްބާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިސްޓާރ ޓޭ

    ٱلْحَمْدُ لِلَّٰهِ ވަރަށް އުފާވެއްޖެ.

    38
  2. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    31
  3. Anonymous

    އެމްޑީޕީ އަކީ ވެރިކަމަށް އައުމާއިއެކު އެމީހުންނާއި އިނދިކޮޅު އެންމެންގެ މައްޗަށް ތަޙްޤީޤް ހިންގަން ބޮޑެތި ކޮމިޝަންތައް ހަދައިގެން ދަޢުލަތް ދަވާލަމުންދާ ބައެއް ދުވަހަކުވެސް މީހެއްގެ މައްޗަށް ކަމެއް ސާބިތުނުކުރެވޭނެ. އެމްޑީޕީގައި ތިބެނީ މުޅިންވެސް ފުޅަށްބުޑުން މީހުންގެ ދޮންކެޔޮގަނޑު ކަނޑަމުންދާ ހަސަނުން. މިބައިމީހުންނަށް ހީވާނެ އެހެންމީހަކު ފުޅަށް ބުޑުން ދަންޏާ ކޭގަނޑު ކަނޑާހެން. އަންނި ވެރިކަމުގައިވެސް މިމަސައްކަތްކޮށް އެތަށް ފައިސާއެއް ދަވާލާފައިވޭ. މި ވެރިކަމުގައިވެސް ކޮމިޝަންތައް ހަދައިގެން ބަލަމުންދަނީ އަމީންދީދީގެ ވެރިކަމުން ފެށިގެން އިބޫ ޔާމީނުގެ ވެރިކަން ނިމުމާއި ހަމަޔަށް ހިންގާފައިވާ މައްސަލަތައް. އޭގެ ތެރޭގައި އަންނި ވެރިކަމުގެ މެރިމީހުންގެ މައްސަލަތައް ނުހިމެނޭ. އަދި އިބޫގެ ބަފައިބެގެ މޭސްތިރިކަމުގައި 3 ނޮވެމްބަރުގައި ދިވެހިންގެ 17 މީހުން ޝަހީދުކުރި މައްސަލަ ނުހިމެނޭ.

    20
  4. ޖިންނި

    މީހުންގެ އަބުރު ކަތިލަން ކުރާދައުވާ އެއީ /// ހަމްދުހުރި ،،،.

  5. ޢަލީ

    ދާވަނި އެޅުވުނަމަ ތިކަންވީސް ، ކުރާނެކަމެއް ނޭގެންޏާ ، މާލޭގެ މަގުމަތިން ވެހިކަލްތަށް ހުސްކޮށް ޕާކިން ބިލްޑިންގ ތަށް ހަދާބަލަ.

  6. ޕީޖީ

    އިސްތިއުނާފް ކުރާނަށް. ނުކެރޭނެ ބޯދަމާގަންނާކަށް.