އިސްލާމް ދީން ނޫން އެހެން ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތްތަކުން ކުރާ މަސައްކަތާ މެދުގައި ހޭލުންތެރިވެ ތިބެ އެކަމާ ދެކޮޅަށް އަބަދުވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްއާރުއެމް އިން ބުނެފިއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރާއްޖެ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ދެމިއޮތުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމް ދީން ކަމެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

"އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި މިއޮތް އަހުވަންތަކަމުގެ ގުޅުމުގެ ރޫހު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުންޖެހޭނެއެވެ." އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެން ފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި ދިވެހިން އިސްލާމް ދީން ގަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައި ވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ ދެ ވަނަ ދުވަހު ކަމަށް ތާރީހީ ލިޔުންތަކުން އެނގެއެވެ.

ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އިސްލާމް ދީނަށް ގިނަ ޚިދްމަތް ތަކެއް ކުރެއްވި މަޣްރިބް ކަރައިގެ ޢިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އެހެންދީންފަތުރަން ނިކުމެ މިތިބަ މީހުންގެ މުއްލާއަކީ ބެއްޔާއެއްނޫންތަ

    9
    2
  2. މަސްއޫދު

    ހާދަހާވާ ދެރައޭ! މިކަލޭގައަށް މިހާރުމިއެގުނީ އެހެން ދީންތައް ފެތުރޭކަން! އެހެންވާނެއެއްނޫންތަ! އޮނަނަވަނީ ބާރަވަނަ ފަންގި ފިލާގައި! ތިޔަވާހަކަ ތިޔަގޮތައް ދެއްކުމުގެ ބަދަލުގައި ރަހިމުގެ ގުޅުން ދަމަހައްޓަން ގޮވިއްޔާ މާރަގަޅުވާނެ!

    9
    1
  3. ދޯ

    މައުމޫނާ ގުޅޭނެ މީހަކު ނެއް ... ލާދީނީ މީހުން ނާ ގުޅެ ވޭނެ ދޯ

    9
    2
  4. ނާދިރާ

    އެހެން ދީންތައް ފަތުރާ މީހުންނާއެކު ވެރިކަމުގަ ތިޔަތިބީ. އެވަރުވެސް ނޭގޭތަ

  5. ސސ

    ދިވެހިރާއްޖެ އަބަދުވެސް އޮންނަންޖެހޭނީ އުތީމް ބޮޑުތަކުރުފާނު ޤައުމު ބިނާކުރި ޢަސާސުގެ މަތީގައި އުތީމް ބޮޑުތަކުރުފާނު ގައުމު ބިނާކުރި އަސާސު .
    1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން.
    2/ ދިވެހިންނަކީ ސުންނީ މުސްލިމުން.
    3/ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިލު އިސްލާމީ ޤައުމެއް.
    4/ ދިވެހިންގެ ބަހަކީ ޢަރަބިތާނަ ދިވެހިބަސް.

  6. މަހުދީ

    ތިކަމުގެ އަޑީގައި އޮތީ އިންޑިޔާގެ ބީޖޭޕީ. އެޖެންޓަކީ ކެރަފާ ނަޝީދު. އެހީތެރިވަނީ އެމްޑީއެން