ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްއަށް މޮރިޝިއަސްއިން ހުށަހަޅާފައިވާ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ބެހޭ މައްސަލައިގައި ދިވެހި ސަރުކާރުން ދޭންޖެހޭ ސަމާލުކަން ނުދޭ ކަމަށާއި މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި މޮރިޝަސްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށް އެދި މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ބަލައިގަނެ މިހާރު ރާއްޖެ އަށް ވަނީ އެމައްސަލައަށް ޖަވާބުދާރީވާން އަންގާފައެވެ.

މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއިން އެދިފައިވަނީ އިޓްލޮސް އަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް އެ ޓްރައިބިއުނަލް އަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް ޓްރައިބިއުނަލް އިން ވަނީ މައްސަލަ ބެލޭނެ ކަމަށް ނިންމާފައެވެ.

ޑރ.މުނައްވަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމުގެ މައްސަލައަކީ ދިވެހި ސަރުކާރުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ވަރަށް ސީރިއަސް އަދި އެހާމެ މުހިންމު ގައުމީ މައްސަލައެއް ކަމަށެވެ. އެގޮތުން އެއީ، މި މައްސަލައަކީ ދިވެހި ރައްޔިތުންނާއި މަސްވެރިން ފުންކޮށް ވިސްނައި ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"މި މައްސަލަ ހުށަހެޅި ހިނގަމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެ، ކައިރި ތާރީހެއްގައި ރާއްޖެއިން މައްސަލައިގައި ޖަވާބުދޭންޖެހިފައިވާއިރު، މިފަދަ މުހިންމު މައްސަލައަކަށް ދޭންޖެހޭ އަހުމިއްޔަތާއި ސަމާލުކަން ދިވެހި ސަރުކާރުން މި މައްސަލައިގައި ދޭތަނެއް ނުފެނެ އެވެ." މުނައްވަރު ވިދާޅުވި އެވެ.

މިމައްސަލައަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލުތަކެއް އައިސް، ދިވެހި މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ބިރު އޮތް މައްސަލައެއް ކަމަށާއި މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނާ ފުރިހަމައަށް ހިއްސާކުރުމަށް އެޓާނީ ޖެނެރަލާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީއަށް ޑރ.މުނައްވަރު އެދިވަޑައިގެންނެވިއެވެ.

"މި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ނޭދެވޭ ބަދަލެއް ނުވަތަ އަސަރެއް ކޮށްފާނެ ފަދަ ނުވަތަ ދިވެހި މަސްވެރިންގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިދާފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ސަރުކާރަށް އިލްތިމާސްކުރަމެވެ." ޑރ.މުނައްވަރު ވިދާޅުވި އެވެ.

ޑރ.މުނައްވަރު ވަނީ 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ބަންޑާރަނައިބުގެ މަގާމު އަދާކުރައްވާފައެވެ. 2007 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2008 ވަނަ އަހަރުގެ އޮގަސްޓް މަހާއި ހަމައަށް ޑރ.މުނައްވަރު އެމްޑީޕީގެ ރައީސް ކަން ވެސް ކުރެއްވެވިއެވެ. ޑރ.މުނައްވަރު އެމްޑީޕީން އިސްތިއުފާ ދެއްވީ 2008 ވަނަ އަހަރު އޮތް ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު އިންތިހާބު އޮޅުވާލިކަމަށް ތުހުމަތު ކުރެއްވުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ވިއްކާލާ އަދި ލިބޭ ލާރިކޮޅުވެސް ދިރުވާލާ.

    25
  2. އަސްލުހާލަތު

    ތި މައްސަލައިގެ އަޑު އެހުންތައް އޮތީ ނިމިފަ.. ދެން އޮތީ ބައިނަލްޢަޤުވާމީ ކޯޓުން މައްސަލައިގަ ހުކުމް ކުރުން.. ސަރުކާރުން ސަމާލުކަމެއް ދީގެން ވަކި ވާނެ ކަމެއް ނެތް.. ތިޔަ ބުނަނީ ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދޭ ވާހަކަ ތޯ؟؟ ފޯލަވަހި މޮރިޝިއަސްއާ ހަވާލު ނުކުރަން ރާއްޖެއިން ވީޓު ދިނީވެސް ސަރުކާރުން މިކަމަށް ސަމާލުކަން ދޭލެއް ބޮޑުކަމުން.. އެކަން ވެސް ގޯސްކުރީ ވާނުވގަ ތިބި ޤައުމު ދެކެ ލޯބިވާކަމަށް ހެދިގެން އުޅޭ އިދިކޮޅުން..އަހަރެމެން ހަނދާނެއް ނުނެތޭ އދުވަހެއް ބަޔަކު ހަނދާން ނެތުނަސް.. މުނައްވަރުގެ ސަމާލުކަން ހޯދަން ޖައްސާ ސުޓަންޓުތީ..

    5
    27
    • ޜާސް

      ހާދަހާވާ ވިސްނުން ކޮށި ގޮތްދޫނުކުރާ މީހުން އެމް ޑީ ޕީ ގައި އުޅެއޭ ހިތަށް އަރާ!

  3. އަހަންމާ

    މުސްކުޅި ގޯތިން މަށަށް ބަހާފައި ލިބުނު ބައި ދީފިން ބޮޑު ބޭބެ އަށް. ދިވެހިރާއްޖެއާއި މޮރިޝަސްގެ އިކޮނޮމިކް ޒޯން އިން ބަހާފައި ލިބޭ ބައިވެސް ދީ އިންޑިއާ އަށް

    26
  4. ރަން ރީނދޫ

    އެމް ޑީޕީ ސަރުކާރުގެ ނާގާބިލް ކަމުން،ދެކުނުން ބައެއް އިނގިރޭސިން ނެގީ މި ވެރިންގެ ފުރަތަމަ ސަރުކާރުގަ. އެ ވެސް އެމައްސަލަ އަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުން. މިއީ ވާ ސަރުކާރެއް.

    12
    1
  5. ާއަޙްމަދު

    މުނަންވަރު ހަމައެކަނި ބަޔާނެއް ނެރުމަކުން ނިމުނީކީނޫން ކަމަށް ދެކެން މުނަން ވަރަށްވެސް މަޖިލީހަށާއި، ޑިފެންސަށާއި، އެޓާނީއަށާއި، ކަމާގުޅުންހުރި ހުރިހާ ތަނަކަށްވެސް ސިޓީއެޅޭނެ ލަސް ނުކޮށް އެކަންކަން ކުރުމަށް ގޮވާލަން.

    13
    2
  6. އައްޓަމަސް

    މޮރިޝަސް ކީއްވެ؟ އެޔަށްވުރެން މާކައިރި ސީޝެލުސްވެސް، ޑިއެގޯ ގާރސިޔާވެސް، ސްރީލަންކާ އިންޑިޔާ، ޕާކިސްތާނު، އަންޑަމަންއާއި އިންޑޮނީޝިޔާވެސް އަދި އީރާންވެސް ދެން ކީއްވެ މޮރިޝަސް މިލިސްޓަށް އެރީ؟

    3
    2
  7. އިސްޢާފް ސަލީމް

    މިއަދު ރާއްޖޭގައި މިތިބަ ވެރިންނަކީ ދުނިޔޭގެ އޮޔާއި ވައި ހިނގަމުންދާގޮތަށް ލޯހުޅުވިފައިނެތް ، އެކަމުގެ އާޖްފާޖާއި ގޮތާއި ފޮތް ނުދަންނަ ، މަސްއޫލިއްޔަތު އުފުލުމާ ބީރައްޓެހި ، އަމިއްލަ ޖީބާއި އަންބޮޑި ބޮޑުކުރެވެންޏާ ކޮންމެކަމެއް ވަރިހަމަ ބަޔެކެވެ. މިމީހުންގެ ޒިންމާދާރުކަމެއްނެތްކަމުގެ ނަތީޖާއާ ވޭންލިބެނިވިގޮތުގައި ބައްދަލުކުރަންތިބީ ދިވެހި ދަރިކޮޅުތަކެވެ.

    5
    1
  8. ޢަލީ

    ޑރ.މުނައްވަރު އުޅެނީ މީޑިއާގެ ސަމާލުކަން ހޯދުމަށް.

    3
    1
  9. Anonymous

    މީގެން އެނގެނީ އިންޑިޔާ އަޑީގައި އޮވެގެން މިކަމަށް ސަމާލުކަމެއް ދިނަނުދެނީކަން.
    މީ އެކޮނޮމިކަލީގޮތުން ވަރަށް މުހިންމު ސަރަޙައްދަކަށްވާތީ ގޮނޑިކޮއްކޮއިން ބޭނުންވާގޮތަށް ދޫކޮށްލަނީކަން.

    3
    1
  10. ޒަބީބު

    އަނހާ! އައްޑު އަތޮޅު އިންޑިއާ ކަނޑުގެ މަސްލަހަތު ދަމަހައްޓާދޭނެ ތަނެއް ކަމަށް އަންނި ބުނީ އިންޑިއާ މީހުން އަޑިގައި ތިބެގެން މިކަން ހިންގާފައި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް ދަމާއިގަންނަން ރާވާފައި އޮތުމުންތާ ދޯ. އަންނި އެވާހަކަ އެދުވަހު ދެއްކީ ޤައުމު އިންޑިއާ މީހުންނަށް ވިއްކާލާފައި ތިބެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ރައްޔިތުން ހައްދައިގެން މިހާރު އައްޑުއަތޮޅުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބާރު އެސަރަހައްދުގައި ދެމެހެއްޓެނެ ގޮތް ހަދަންތާ ދޯ؟ ކެނިޔާގެ މުމްބަސާ އާއި ގުޅުވައިގެން ވެސް އެދުވަހު އަންނި ވާހަކަދެއްކީ އެ ތަނުގައި އިންޑިއާ މީހުންގެ ނުފޫޒު އޮތް މިންވަރަށް ރާއްޖޭގައިވެސް އިންޑިއާ މީހުންގެ ނުފޫޒު އޮންނާނެ ގޮތުގެ ތަސައްވުރެއް ކުރަންތާ ދޯ؟ ޤައުމު ވިއްކާލުމުގެ އަޑިގައި ހުރީ އަންނި. އަންނީގެ ކިބައިން ޤައުމު ސަލާމަތް ކޮށްގެން މެނުވީ ޤައުމުގެ މިނިވަންކަން ހިމާޔަތެއް ނުކުރެވޭނެ!

    7
    1
  11. ވަތަނީ

    ބެލެވޭގޮތުގައި ތިމައްސަލާގެ ނާޖާއިޒް ފައިދާ މޑޕގެ ބޮޑުން
    ނަގާނެއެވެ އަދި މޮ ރިސަސް އާއި އެކު ޑީލްހަދައި ކަނޑުގެ
    ބައެއް ވިއްކާލުން ވަ ރަށްގާތެވެ ދިވެހި ރައްޔިތުން ވަ ރަށް
    ބޮޑަށް ފާ ރަވެ ރިވެ ހޭލުންތެ ރިވެ ސަ ރުކާ ރުގެ އަމަލްތައް
    ކައި ރިން ބަލަންޖެހެއެވެ މިސަ ރުކާ ރަކީ ގައުމީ މަސްލަހަތަށްވު ރެ އެމީހުންގެ ވެ ރިކަން ދާއިމަށް ދެމެހެއްޓުމުގެ
    ފިކު ރުގައި ބަނދެވިފައިވާ ބައެކެވެ އެމީހުން ހަދާ ގޯސްތަށް
    އެހެންމީހުންގެ ބޮލުގައި އަޅުވައި ގައުމުގެ އާމްދަނީ ތަޅާ
    ބު ރުއްސާ ބައެކެވެ އިންތިޚާބުކައި ރިވަމުން އަންނައި ރު
    ހައްދެއްނެތް މިންވަރަ ރަށް ފައިސާހޯދިދާނެ ގޮތެއް ތިޔައޮތީ
    ފަހިވެފައެވރެ.