ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ އުފާވެރި އަމާން ރާއްޖެ ހޯއްދައިދިނުމުގެ ނަމުގައި ގައުމު އަޅުވެތިކަމުގެ ތެރެއަށް ވައްދަމުން ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ އިންތިހާބަށް ރައީސް ސޯލިހް ގެންގުޅުއްވާ ސްލޯގަންއަކީ އުފާވެރި އަމާން ރާއްޖެ ކަމަށެވެ. ފަލަސްތީނު ވާހަކަ ކޮންމެ ރައްޔިތަކުން ވެސް އަޑުއަހާފައިވާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ ފަލަސްތީނަކީ ބޮޑު މުސްލިމް އާބާދީއެއް އުޅޭ އެހެން ނަމަވެސް އަޅުވެތިކަމުގައި ދުވަސްތައްވޭދުކުރާ ދައުލަތަކަށް ނުވާ ގައުމެއް ކަމަށް ވިދާޅުވިއެވެ. އެ ގައުމަކީ އަމާން އަދި އުފާވެރިތަނަކަށް ވެސް ނުވާނެ ކަމަށް ވިދާޅުވިއެވެ.

މިރޭ އައްޑޫގައި އިދިކޮޅު ބޭއްވި ޖަލްސާގެ ތެރެއިން --- ވަގުުތު އިމޭޖްސް: މުހައްމަދު އަލީފް

"ހަމަ އެބީދައިގެން ކަޝްމީރު ބައިބައިވެފައި އޮތް އިރު އެތަނުގައި އެއްބައި މި އޮތީ އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި. އެތަން ވެސް އާންމުކޮށް އިވޭ ހަބަރުތަކަށް ބަލާއިރު އުފާވެރި އަމާން ތަނަކަށް ނުވޭ. ސީރިއާ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްޓަކައި ކުރެވޭ ހަނގުރާމައެއްގައި އެ ގައުމު ވީރާނާވެގެން ދިޔައީ. މި ރާއްޖެ ބޭރު ބައެއްގެ އަޅުވެތިކަމުގެ ތެރެއަށް ގެންދަމުން މި ބޭފުޅުން ވިދާޅުވާ ކަހަލަ އަޅުވެތިވެއްޖިއްޔާ އަމާން ވާނެއޭ، އުފާވެރިވާނެއޭ. މިއަށްވުރެ ބޮޑު ދޮގެއް ނުހެދޭނެ." މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ އެއްވެސް ދައުލަތެއް އެހެން ދައުލަތެއްގެ ދަށުގައި އޮންނަ އިރުގައި އެއީ އަމާންތަނަކަށް ވެސް އުފާވެރި ތަނަކަށް ވެސް ނުވާނެ ކަމަށެވެ. މިހާރު އަޅުގަނޑުމެންނަށް ދިމާވެގެން އުޅެނީ އެކަހަލަ ކަމެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ. ރައީސް ސޯލިހަކީ މުޅި ދިވެހިންގެ ވެރިޔާ ކަމަށާއި ނަމަވެސް ރައީސް ސޯލިހް ގަބޫލްކުރައްވަނީ އެމަނިކުފާނަކީ ވަކި ބައެއްގެ ރައީސެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ.

"އޭނައަށް ދުނިޔެ ހިނގާގޮތް އެނގިވަޑައިނުގަތުމުގެ ސަބަބުން، ރާއްޖެ ގެންދެވި ބާރު ސްޕީޓްގައި ގެންދަވަމުން މި ވިދާޅުވަނީ އަދި ތިމަންނައަށް ދުވަސްކޮޅެއްދޭށޭ އޭރުން އުފާވެރި އަމާން ތަނަކަށް ރާއްޖެ ހައްދަވާދެއްވާނަމޭ. އަޅުވެތިކަމަށް ގެންގޮސްގެން އުފަލެއް ނުވާނެ. އަމާނެއް ވެސް ނުވާނެ. އަޅުގަނޑުމެންގެ ގައުމުގެ މި ދެންނެވި ވިސްނުމަކީ އަޅުވެތިކަމަކީ އުފާވެރި ކަމެކޭ އަމާންކަން ލިބޭ ކަމެކޭ. އެވަރަށް އޮޅުވާލާކަށް ނުވާނެ. ދުނިޔޭގެ ތާރީހު މިކަމަށް ހެދިކޭ. އެފްރިކާ ގިނަ ގައުމުތަކާ އޭޝިޔާގެ ގިނަ ގައުމުތައް އިނގިރޭސިންނާއި ފަރަންސޭސިންނާއި އެހެން ޔޫޕްރަޕްގެ ގައުމުތަކުގެ އަޅުވެތިކަމުގައި ހުރިއިރު އެއީ އުފާވެރި ތަންތަނެއް ނޫން. އަމާންތަންތަނެއް ނޫން. އެހެންވީމަ ސޯލިހަށް ދުނިޔޭގެ ތާރީހު އެނގިވަޑައިނުގަންނަވަނީ ކަންނޭނގެ." މުނައްވަރު ވިދާޅުވިއެވެ.

މިރޭ އައްޑޫގައި އިދިކޮޅު ބޭއްވި ޖަލްސާގެ ތެރެއިން --- ވަގުުތު އިމޭޖްސް: މުހައްމަދު އަލީފް

މުނައްވަރު ވިދާޅުވީ ދިވެހިން އަޅުވެތި ކުރުމަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމުން މުޅި ގައުމުގައި އިޝްތިހާރު ކުރަނީ އަމާން އުފާވެރި ރާއްޖެއެއް ހޯދައިދެއްވާނެ ކަމަށެވެ. މިއީ ކުރަން ހެޔޮވާރުގެ ކަމެއް ނޫން ކަމަށާއި މިކަން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވަޒީފާ

    މިސަރުކާރުން ނުހައްގުން ވަޒީފާއިން ވަކި ކުރި މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަދިވެސް ޑރ މުއިއްޒު ބަސްފުޅެއް ވިދާޅުވެފައެއް ނުވެ
    ބަސް ފުޅެއް ވިދާޅުވެ ދެއްވާ. ހާދަ ބަޔަކަށް އަނިޔާ ވެރިކަން ދައްކަމުން ދަނީ މިސަރުކާރުން. އެނބޫ ސާލިހު ގެ ސަރުކާރުން

    4
    4
    • މަތީން

      ރޯ ބުހުތާން ދޮގު ނަހައްދަވާ ޕާޓީއާއި ހެދި ހޭދެބައިވިޔަސް

      1
      2
  2. Anonymous

    މުނައްވަރުމެންނަށްވެސް އެމްޑީޕީ ސަރުކާރު ކަމުނުގޮސްގެން ތިޔަ އުޅުއްވަނީ ނަޝީދަށް ރިޔާސީ ޓިކެޓް ނުލިބުނީމަ. އޭގެ ކުރިން އެމްޑީޕީ ސަރުކާރުން ކުރި ހުރިހާ ކަމެއް އޯކޭވެފައި މިއަދު ދެން ކޮން ވާހަކައެއް ދައްކަންތޯ ތިޔަ އުޅުއްވަނީ؟ މަސް ދާނީ ފެން އޮތްތާކަށޭ ބުނާ ބީދައިން މުނައްވަރުވެސް ތިޔަ ފުންމާލީ ހައްގުގޮތް އޮތްތާ ބާއްވާފައި އެންމެ މީހުން ގިނަހެން ހީވާ ޖަމާއަތުގެ މެދަށް. މުނައްވަރު ތިޔަ ވިދާޅުވާ ޗާގޯސްއަށް މިސަރުކާރުން ދިން ރާއްޖޭގެ ކަނޑުގެ ބައި އަނބުރާ ހޯދުމުގެ ކެޕޭސިޓީ މުޢިއްޒުގެ ކިބައިގައި ހުރިކަމަށް މުނައްވަރަށް ގަބޫލުފުޅު ކުރެއްވުނީތޯ؟ ނުވަތަ ދައުލަތުގެ ބަންޑާރަ ނައިބުކަން އަނެއްކާވެސް ބޭނުންފުޅުވެލެއްވީތޯ؟ މީ ހަމަ ހިތުގައި އުފެދޭ ސުވާލެއް.

    6
    7
    • މަތީން

      ރައްޔިތުން އަންނި ބަލައިނުގަތީމަ ސަރުކާރު އެންޑް އިބޫ މިގޯސްވަނީ

      2
      2
      • ލޮލް

        އެމްޑީޕީއާއި އެމްޑީޕީއާ ގުޅުންހުރި އެހެން ޕާޓީތަކުން ގެންގުޅޭ ލިބެރަލް ފިކުރަކީ މިގައުމަށް ބޭނުންވާ ފިކުރެއްނޫން. މިގައުމުގެ ދައުލަތަކީ މިނިވަން މުސްތަގިއްލު އިސްލާމީ ދައުލަތެއް. ލިބެރަލް ފިކުރު މަގުފަހި ކުރަނީ ދައުލަތް ލާދީނީ ކޮށްފައި ދައުލަތުގެ އެސެޓްތަކާއި ތިޖޫރީ ވެރިންގެ މެދުގައި ބަހާ ހުސްކުރުމަށް. އެހެންވީމާ އެމްޑީޕީއަކަށްވެސް އެމްޑީޕީއާ ގުޅުންހުރި ބަޔަކަށްވެސް ތާއީދުކުރެވޭކަށް ނެތް!

    • ހިތުގެ އުދާސް

      ޑރ. މުނައްވަރު އެމްޑީޕީ ސަރުކާރުން ގެންގުޅޭ ބިރުވެރި ސިޔާސަރު އެންމެނަށް ވިސްނޭ ވަރަށް ތިލަކޮށް ގެނެސް ދެއްވައިފި. މިނުރައްކާތެރި ޕްލޭްންގެ މޭސްތިރިންނަކީ މާރިޔާ އާއި ޝާހިދު. އިބުރޭ ހުންނަނީ "އާދެ އާދެ" ވިދާޅުވެ ވިދާޅުވެ ވާނުވާގަ.

      1
      1
  3. މަތީން

    އަންނި ބޭނުންވިގޮތައް ޕާޓީހިންގައިގެން އަތައްގޮވާފައިވާ ފަރާތެއްތީ ލަދުކޮބާ

    1
    1
  4. ނަހުލާ

    މުނަވަރު ކަޑަ ވެގެން އުޅުވަނީ ... 8 ކެންޑި ޑޭޓުން ތެރޭ މީހަކު މުނައްވަރައް ރަނިންމޭޓުކަން ނުދީގެން

  5. Anonymous

    Hama ބުއްދި ހުރި ޤައުމަށް ހެޔޮ އެދޭ ބަޔަކު އެމްޑީޕީއަށް ތާޢީދެއް ނުކުރާނެ

    1
    1