ޗާގޯސް އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ކަނޑުގެ އިން ކަނޑައެޅި ގޮތުގެ ތަފްސީލްތަކާއި، އެކަމުގެ ސަބަބުން ދެން ކުރިމަތިވާނެ މައްސަލަތައް ރައްޔިތުންނަށް ސާފުކޮށްދޭން ކަމަށް ބުނެ ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ވަޒީރުންނާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތާވަލް ކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމުކުރެއްވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ. އޭނާ "ވަގުތު" އަށް ވިދާޅުވީ ކުރީގެ ބަންޑާރަނައިބުންނާއި ކުރީގެ ވަޒީރުންނާއި އަދި އެކިއެކި ސިޔާސީ ބޭފުޅުންގެ އިތުރުން ޗާގޯސް މައްސަލާގައި ކަންބޮޑުވާ އާންމުންގެ ބައެއް މީހުން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ފާތިމަތު ދިޔާނާ ސައީދު އާއި އާޒިމާ ޝަކޫރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާ ގޮތައް ވަނީ ހަމަޖެހިފައެވެ.

ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:00 ގައި މާލެ މެންހަޓަން ބިޒްނަސް ހޮޓެލްގެ ބެންކުއެޓް ހޯލުގަ އެވެ.

ޗާގޯސް އާއި ރާއްޖެ އާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދުން މޮރިޝަސް އަށް ސަރަހައްދުން ބައެއް ދޫކޮށްލަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައި ނުވާނެ ކަމަށް ބުނެ ސަރުކާރުން ވަނީ ފާޑުކިޔުންތަކަށް ރައްދުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލޮލް

    ތީނުވިސްނޭ މޮޔަ ބެއްޔާއިން ދޭތެޖައްސަންވެގެން

    1
    8
    • ަަސދސަ

      އިހުގެ ތާނައަކުރުން ލިޔެފައިވާ ގިނަ ލިއުންތަކާއި ، އައްޑޫ މީދޫ މީހުންނަށް އާއްމުކޮށް ނަންކިޔާގޮތަށް ދީދީ ، މަނިކުފާނު ފަދަ ނަންނަމުން އެތަނުގައި އުޅުނު މީހުންނަށް ނަންކިޔައި އަދި ކުރީގެ ރަދުންގެ ލިއުންތަކުންނާއި ޗާޓްތަކުން މަލިކާއި އަދި ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަން އެނގެން އެބައޮތް.
      ރާއްޖެއާއި 650ކމ ދުރުގައި އޮތް ތަނެއް 2100ކމ ދުރުގައި އޮތްބަޔަކަށް ލިބެންޖެހޭ ސަބަބެއް ފެނުނީ އިބޫ، މާރިއާ، ޝާހިދު ، ޝަހީދު އަދި ފައްޔާޒަށް އެކަނި.

  2. Congratulations 1234555

    ޙެހެހެހެ😅😅🤣🤣😂😂😂

  3. ސަރޭ

    މަގޭ ސުވާލަކީ މިކަން ތިބުނާ ރަނގަޅަށް ކުރިނަމަ(1) ރާއްޖެ އަށް ލިބޭނެ ފައިދާއަކީ ކޮބަތޯއެވެ.(2) އަދި އެއީ ކިހާވަރެއް ހޭ..އެކަން އަދިވެސް ނެގޭ(3) އަދި ހަމަ އެއާ އެކު މިރަށް ތަކުން އެއްމެ ރަށެއްވެސް ލިބޭނެ ބާ އޭ ނުވަތަ ލިބެނީ ހުސް ކަޑުން ލިބޭ ބައެއް ބާވައޭ.

    1
    4
    • ސަލީމް

      ފުރަތަމަ ކަމަކީ ރައީސް މީހާ ދަލުބޭރުން ޖެހިގެން ސިޓީ ފޮނުވާކަށް ނުޖެހެ. މައިގަޑު ސަބަބަކީ މައްސަލަ ޖެހިގެން އުޅެނީ އިގިރޭސިންނާއި މޮރިސަސްއާ ދެމެދު. ދެން ސުވާލަކީ މިބުނާ ސިޓީ ނުފޮނުވިނަމަ ވާނީ ކިހިނެއްހޭ. ޖަވާބަކީ އެހިސާބުން ކުރިން މަސްވެރިކަން ކުރިގޮތަށް މަސްވެރިކަން ކުރެވުނީހޭ. އެހެން ގައުމަކަށް އެތަނުގައި ދާޖަހާކަށް ފުށުސަތެއް ނުލިބުނީހޭ.
      ޤާނޫނު އަސާސީން ރައީސް މީހާއަށް މިކަން ކުރުމުގެ އެއްވެސް ފުރުޞަތެއް ނެތް. އެހެން ނަމަވެސް، މިގައުމުގައި ޤާނޫނުގައި ކޮންމެގޮތަކަށް އޮތަސް ކަންކަން ނިންމަނީ ބާރުގަދަ މީހާ ބޭނުންވާ ގޮތަށް. އެއްކަމެއްވެސް ނުކުރެވޭ

  4. ވާގޮނުސްކޮ

    ދިވެހިރާއްޖެއަށް ވަފާތެރިވެ ހެޔޮނިޔަތުގަ ގައުމައް ހެޔޮއެދޭ ކޮންމެރައްޔިތަކުވެސް މިމައްސަލާގަ ތެދުވެ
    ބަސްބުނުނަންޖެހޭ. އަދި ވަކިން ޚާއްސަކޮށް ދިވެހި
    ސިފައިންނަކީ މިރާއްޖޭގެ ހިމާޔަތް ކުރުމައް މާތްﷲ
    ގަންދީހުވާކޮށްގެތިބި ބަޔަކަށް ވީތީ ވަކިފަރާތެއްގެ މަސްލަހަތް ހިމާޔަތްކުރުމުގެ ބަދަލުގަމިމައްސަލާގަ އިސްނަގަންޖެހޭ. މުޅިދިވެހިންގެ މަސްލަހަތުއޮތް މައްސަލައެއްކަމައްވީއިރު އިސްކަންދިނުން އައުލާކަންބޮޑުވެގެންވަނީވަކިފަރުދެއްނުވަތަވަކިފަރާތެއްގެ މަސްލަހަތެއްނޫން.

    9
    2
  5. ޕީޕީއެމް ދެބޯގެރިދުއްވުން

    2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި، ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދައުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވައިލި އދ. ގެ އާއްމު މަޖިލީހުގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން، ރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެކަމަށް ބުންޏެވެ.މިހާރު މިވެރިން މިދައްކަނީ އެހެން ވާހަކައެއް!

    1
    4
  6. އަބްދޫ

    ޗާގޯސް އެއީ މޮރިސަސް ގެ އިހްތިސާސް އޮތްތަނެއްކަމަށް ގަބޫލް ކޮށް ބަހަން ބުނީމަ އެ ދޫކޮށްލެވުނީ ނުވަތަ އެހެދުނީ ނުވަތަ އެބުނެވުނީ ކީކޭ ކަން ފަހުމްވި ބާ؟ ކެނަޑާ އޮސްތްރޭލިޔާ ނިއުޒީލެންޑް އިންޑިޔާ ސްރީލަންކާގަ ރާއްޖޭގެ ގިނަބަޔަކު ދިރި އުޅުމަކީ އެގައުމުތައ ރާއްޖޭގެ ބަޔަކަށް ވާންޖެހޭ ސަބަބެއްތަ؟ އެގޮތުގެ މަތީން ޗާގޯސްގަ ދިރިއުޅުނު ކަމަށް ބުނާ ބަޔަކު މޮރިސަސްގަ ތިބުމަކީ ޗާގޯސް މޮރިސަސްގެ ބަޔަކަށް ވާންޖެހޭ ސަބަބެއްތަ؟ދިވެހިދަވްލަތުން ބަހަން ނުބުނި ނަމަ ނުވަތަ ޗާގޯސްއެއީ ދިވެހިގައުމުގެ ބައެއްކަމަށް ނުވަތަ ޗާގޯސް ދިވެހިރާއްޖެއަށް ހޯދަންއެދުނުނަމަ އެތަން މޮރިސަސް އަށް ލިބޭނެ އެއްވެސް ގޮތެއް އޮވެދާނެކަމަކަށް ނުދެކެން

    6
    1
  7. އަލީ

    ކަމެއް ގޯސްވީމަ ހައްލުކުރަން ވާހަކަ ދެއްކުމުގެ ބަދަލުގައި ގޯސްވުމުގެ ކުރިން ތި ވާހަކަ ދެއްކުން މާ ރަނގަޅު

    6
    1
  8. އއ

    ތި އަތޮޅާ މަލިކަކީ ދިވެހިރާއްޖެއާ ވަކި ނުކުރެވޭނެ ތަންތަން ކިތައްމެ ދުވަހެއް ކޮއްފަވެސް މަލިކުވެސް އޮންނާނީ ދިވެހި ދިދައިގެ ދަށުގަ. ބައިކުޅަ ބައިގެ ވާހަހަކަ އެއީ ތާކުންތާކު ޖެހޭ ވާހަކަ ތަކެއްނޫން .

  9. ދަންނަ

    ދަންނަ ނުދަންނަ ރޯނު އެދުރުން ހައްތަހާވެސް. ގައުމަށް ޖެހިފައޮތް ބަލިމަޑުކަމެއް ތި ފިތުނަ ބައިގަޑަކީ. ހަމަ ތިބެފަ ކޮންމެވެސް ފިތުނައެއް ހަދާލެވޭތޯ ބަލަނީ. ފާއިތުވި ދުވަސްތަކުގައި ކޮބާތޯ ތިބޭފުޅުން؟ ނުވާނެ ކަމެއްވިއްޔާ ވާނެ އޭ ކިޔާ ދަމާނެ.. ރަނގަޅު އެއްގޮތެއްވެސް މި ދިވެހިންނަކަށް ނޯވޭ..

  10. ކޮރަލް

    އެންމެ ބޮޑު މައްސަލަ އަކީ ޗާގޯސްއަކީ މޮރިޝަސް ގެ ތަނެއް ކަމަށް އެއްބަސް ވެ ރައީސް ސިޓީ ފޮނުވި މައްސަލަ އެވެ. އެވާހަކަ އަށް ޖަވާބެއް ނުލިބެ އެވެ.