މިއަދު ރާއްޖެ އިން އިތުރު 109 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 20 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 79 މީހުންނެވެ. އިތުރު ދިހަ މީހުން މިއަދު ރިސޯޓްތަކުން ފައްސިވިއެވެ.

މިއަދަކީ ފާއިތުވި އެއްހަފްތާ ދުވަހުގެ ތެރޭގައި އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރީ 2907 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3.75 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 2091 އަށް އަރާފައެވެ.

ރާާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 89364 އަށް އަރައެވެ. އޭގެތެރެއިން 87013 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިއަދު ވެސް ރާއްޖެ އިން ކޮވިޑް ބަލީގައި މީހަކު ނިޔާވެ ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 247 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު