ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސްގެ މަގާމަށް ފާތިމަތު ނިއުމާ އިންތިހާބު ކޮށްފިއެވެ.
އެލްޖީއޭގެ ރައީސްގެ މަގާމަށް އައްޔަން ކުރެވުނު ނިއުމާ އަކީ ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެލްޖީއޭ ބޯޑަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެލްޖީއޭގެ ރައީސް އަކީ އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރެވެ. އެގޮތުން މިވަގުތު އެލްޖީއޭގެ ރައީސަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
އަދި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް ފާތިމަތު އަފްޝަން ލަތީފް އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެން ވަނީ ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް ނުވަ މެމްބަރުންގެ މައްޗަށެވެ.
ލާމަރުކަޒީ ނިޒާމާއި ވަރަށް ދެކޮޅު މީހެއް. މިފަދަ މީހަކު އެމްޑީޕީ އިން ބޭރުކުރަން ޖެހޭ