ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އެލްޖީއޭ އަކީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނުނުއަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުމާއި ކައުންސިލްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުމުގެ ޒިންމާ އޮންނަ އިދާރާއެވެ. ސީއީއޯ އަކީ އެއިދާރާގެ އިދާރީ ހިންގުމުގެ އިސްވެރިޔާ އެވެ. ނަމަވެސް އެލްޖީއޭގެ ކަންކަން ނިންމަނީ އެލްޖީއޭގެ ބޯޑުންނެވެ. ބޯޑުގެ ރައީސް އަކީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ.

އަފްޝަން ވަނީ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ވަޒީފާ އަށް ނިކުންނަވާނެ ކަމަށް ވިދާޅުވިއެވެ. އަފްޝަން ވިދާޅުވީ އިސްތިއުފާ ދިނީ އާއިލާއަށް ވަގުތު ދިނުމަށް ކަމަށެވެ.

އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ކެމްޕޭން ވެސް ކުރިއަށް ގެންދަވާފައެވެ. ފަހުން ނަން އަނބުރާ ގެންދެވީ އާއިލީ ސަބަބުތަކެއް ކަމަށް ވިދާޅުވެފައެވެ.

އަފްޝަން އަކީ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ގުޅުމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި ހުސެއިން އަމުރުގެ އަނބިކަނބަލުންނެވެ.

އަފްޝަން އެލްޖީއޭއަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އެއް އާއިލާއެއްގެ މީހުން މިތިބެނީ ހުރިހާ މަތީ މަޤާމް ތަކުގައި.

    މިހެންތިބެފާ ބޭރުކޮށްލީމާ މިކިޔަނީ ރައްޔިތުންނޭ އަމައޭ ބަފައޭ...

    13
  2. ކިސް

    އަދިވެސް އިންތިހާބު ކައިރިކޮއްލާފަ އިސްތިއުފާދިންނަމަ..

    10
  3. ކަލުބެ

    ދެމަފިރިން ވަޒީފާގައި މަތީ މަގާމުގައި ތިބޭ އިރުވެސް އިބޫގޯސް ، ހަރާންކޯރުވިޔަސް މިދެންބޮޑުވަރު. ހުވާކުރުމުގެ ކުރީދުވަހާއި ޖެހެންދެން މަޑުކުރިނަމަ އަދިވެސް ލާރި ލިބޭނެ.

  4. ސިމާ

    އާން ފަކުރެއްގެ ދިރުމަށް ދާންވެގެން އޮތާ.

  5. Anonymous

    ރައީސް މައުމޫނަށް ޢާއިލީ ވެރިކަމޭކީ މީހުންނަށް މިކަހަލަ ކިތައް ޢާއިލީ ވެރިކަން މިހާރު ނުފެނޭބާ