އެހެން ޕާޓީތަކާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރޭނެ ވާހަކައެއް އަދި ނުދައްކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް ޕާޓީން މިއަދު ބުނެފިއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް އިން އެހެން ޕާޓީއަކާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރޭނެ ވާހަކައެއް އަދި އެއްގޮތަކަށް ވެސް ފާހަގައެއް ނުކުރާ ކަމަށެވެ.

" އަޅުގަނޑުމެން ދަންނަވަމުންދާ ވާހަކައަކީ ސިޔާސީ ހުރިހާ ޕާޓީތަކާއެކު މަޝްވަރާކުރާނަމޭ. އެކި ސިޔާސީ ޕާޓީތަކުގައި ހުންނަނީ އެކި ކަންބޮޑުވުން. ބައެއް ސިޔާސީ ޕާޓީތަކަށް ވަރަށް މުހިންމު ޗާގޯސް މައްސަލަ، އަނެއް ބައި ސިޔާސީ ޕާޓީތަކަށް ބޮޑުވަނީ ހައުސިންގެ މައްސަލަ. އަނެއް ސިޔާސީ ޕާޓީތަކުން ކަންބޮޑުވަނީ މަސްވެރިންނަށް ހަމައަގު ނުލިބުން." އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އެކި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާއި ޑިމޮކްރެޓްސްގެ ކަންބޮޑުވުންތަކާއި ބައްދަލުވާނަމަ އެކަމާއި މެދު މަޝްވަރާކުރާނެ ކަމަށެވެ. އެކަމުން ދައްކުވައިދެނީ އެ ޕާޓީގެ ޕޮލިޓިކަލް މެޗޯރިޓީ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެއްވެސް ސިޔާސީ ޕާޓީއަކާ އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާނެ ކަމަށް ކަނޑައަޅައިގެން ނުވާނެ ކަމަށާއި ޑިމޮކްރެޓްސްގައި އެ ލިމިޓޭޝަން ނޯންނާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ބެހޭގޮތުން މަޝްވަރާކުރަން ޖެހޭ ކަންކަމާއި މެދު އެކި ސިޔާސީ ޕާޓީތަކާއި ޑިމޮކްރެޓްސްއިން މަޝްވަރާތައް ކުރަމުންގެންދާނެ ކަމަށެވެ.

ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުމަށް ތާއިދު ކުރާ ރައްޔިތުން މަޖިލީހުގެ 12 މެންބަރަކު ވަނީ މިދިޔަ ހަފްތާގައި އެމްޑީޕީން ވަކިވެފައެވެ. އަދި މިދިޔަ ބުދަ ދުވަހު ސިޔާސީ ޕާޓީއެއް އުފައްދަން ނިންމިކަން އިއުލާނު ކުރިއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށް ގެންދަން ހުއްދައަށް އެދި ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ފޭކުމީހާ

    އެމްޑީޕީ އާ ވާޙަކަ ދައްކާންނަންތޯ؟

    3
    1
  2. ހުސޭނުބޭ

    ދެން ކޮންއެއްޗެއްތަ ނެރެނީ. ގެއިންތަ؟ ބޮޑުވަޒީރު ޕާޓީ މި ކިޔަނީ ފަޅޮލޭތަ؟

    14
    • ފަރުޙަތު

      އަންނި ރިޔާސީ އިންތިޚާބަށް މިފަހަރު ކުރިމައްޗެއް ނުލާނެ. ސަބަބަކީ އޭނާ ބަލިވާނެތީ. އަދުގެ ސިޔާސީ ޙަޤީޤަތަށް ބަލާއިރު، އަންނިއަށް ލިބޭނީ ޕީޕީއެމާއި އިބޫގެ ފަހަތުން 3 ވަނަ ނުވަތަ 4 ވަނަ. އޭރުން ޕްރައިމަރީއާ ބެހޭ ގޮތުން ދެއްކި ވާހަކަ ދެކޮޅު ނުޖެއްސޭނެ. އަންނި ޕާޓީ އަމްރު ނުކުތުން އެކަށީގެންވޭ. އަންނި ބޭނުންވާނީ 2 ވަނަ ބުރަށްދާ ބައެއްގެ ފަހަތަށް އަރައި އިބޫ ބަލިކޮށް އެމްޑީޕީއަށް ވެރިވެގަތުން. އިބޫއަށް އޮތް އެންމެ ރަނގަޅު ގޮތަކީ، އަންނި މިހާރުން މިހާރަށް ޕާޓީން ވަކި ކުރުން.

      3
      1
  3. ޔާންޔާ

    އިންތިހާބައް ދެމަސް ދުވަސް ވެފައިވަނިކޮށް އާ ޕާޓީއެއް އުފައްދަވައިގެން ނެރުން . އެއީ ޖޯކެއް ! މީ މިގައުމުގެ ވެރިކަން ކޮށްފަ ހުރި މީހަކު މިހާމޮޔަކަމެއް ކޮށްފާނެބާވައޭ ، ގަބޫލްކުރަންވެސް ދަތި .
    އިބޫވެސް ކުރިޔައް އޮޔް ހަފްތާ ތެރޭ ގޯތި ނުބަހާފިޔާ ، ދެން ފައިބަން އުޅުއްވާ ! އަހަރެމެން އަތުން އިންކަމް ޓެކްސް ނަގާ އެކަމު ސަރުކާރައް ސޯސަލް ހައުސިން ގަދެއްވެސް ނުދެވެ . މީ ގައުމެއްތަ !

    • ކްރޯޑް

      ވެރިކަމައިގެން ދުނިޔޭން މޮޔަވެ ހޭ ބުއްދި ފިލީމަ ވާނެ ހަދާނެ އެކަހަލަ ހުރިހާ އެއޗެއް ވެސް 2018ގަ މި ކަލޭގެއަށް ވެރިކަމަށް ކުރިމަތި ލުމުގެ ޗާންސް ނުލިބުނީމަވެސް ޕާރޓީން މީހަކު ނެތުމުގެ ބަދަލުގަ ގާސިމް ނެރޭށޯ ގަސްދު ކުރީ އެއީ ޕާރޓީގަ މީނައަށްވުރެ ބޮޑަަށް އެހެން މީހަކަށް ސަޕޯރޓް ލިބިދާނެތީ.

  4. ހުވަދޫ އަލިބެއްޔާ

    އެކި ނަންނަމަށް އެކި ދުވަސްވަރު ކުންފުނީގެ ނަން ބަދަލުކޮށް ހަމަ އެއް ކަމެއް ކުރަން އެއްބަޔަކު އުޅޭ އުޅުމާ ކޮން ތަފާތެއްތޯ އޮތީ.. ރައްޔަތުން ވާ ވައްދަން.. މި ފަހަރު އެހެން ނުވާނެ.. ކަންކަން ރަނގަޅު ކުރަން 5 އަހަރު ލިބި ނުވީމާ ދެން އާ ނަމެއް ކިޔާ އުޅުނަސް ތި ހަމަ އެއްބައެއް. ހައްތާވެސް ވަގުން، ޗޯރުން..

  5. ނަމަ

    ދަ ޑިމޮކްރެޓްސް އަށް ހިދު ކޮލު އައީބާ

    10
  6. އައްދުބެ

    ގާސިމަށްވުރެ ގިނަ ވޯޓް "ދަ ޑިމޮކްރެޓްސް" އިން ނަގާނެ. ސަބަބަކީ ރަޢީސް ނަޝިދުގެ ސަޕޯޓަރުން މާގިނަވާނެ ޤާސިމުގެ ސަޕޯޓަރުންނަށްވުރެ. ގާސިމު ކައިރީގަ ތިބޭ މުސާރަވެރިން ގާސިމު ހައްދައިގެން އުޅެގެން ދާނީ ފުލަށް. އެކެއް ދޭތް ތިނެއްގަ އުޅޭނީ އެމްޑީޕީ، ޕީޕީއެމް، ދަ ޑިމޮކްރެޓްސް. ޖުމްހޫރީ ޕާޓީ ދާނީ ހަތަރު ވަނައަށް. ދެވަނަ ބުރުގަ ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް ކޯލިޝަން ހަދައިގެން 2023 ގަ ރައީސްކަމުގެ ހުވާކުރާނީ.

    3
    5
  7. އާދަނާ

    މިއެމްޑީޕީއަށް ނިސްބަތްނުވޭ ވެންވަރައިގެން ތާހިރުކަންމަތީ ހުރި މުސްލިމް އަންހެނެއް!!!މުޅިންވެސް ފެންނުވަރާ ޔަހޫދިން ކޮޕީކޮށްގެންއުޅޭ ވާނުވާގަތިބިމީހުން މިމީހުންގެ. އިސްސަފުގައުޅެނީ! ރައްޔިތުން މިކަމަށް ވިސްނުުންވަރަށް މުހިންމު!!¡

    4
    1
  8. ސިވާން

    ދަ ރޯނުން އެދުރު ޕާޓީއަކަށް ނުކެރޭނެ މަގުމަތީ އެއްވުމެއް ބާއްވާލާކަށެއް. އެއީ ޕާޓީގަ މެމްބަރުން ނުތިބޭނެތީވެ. ތިއީ ހަމަ ސުމޯލް ސައިޒް އެސޯސިއޭޝަނެއް. ތިޕާޓީގެ މެމްބަރުންގެ އަދަދު 3000 ހަމަ ވާނެކަމާއިމެދު ޝައްކު.

    • ޢަޝްފަން

      މަމެން އޮތީ ރެކޯޑް ހަދަން ނިންމާފަ ހުއްދަދޭ ވަގުތު 3000އަށްވުރެ ގިނަ ފޯމް ހުށައަޅަން މިހާރުވެސް ހަމަވެއްޖެ

  9. ނުވޭސް

    މީ އަނެކަކު މުސްލިމުންނަށް ޑިމޮކްރަސީ ދަސްކޮށްދޭ މީހެއް

  10. ޏަޖިސް

    މީ ކާކު؟ މިގައުމަކީ މަގުމަތީ ލާޗާރުބިޗާރު ތަޅާ އުޅޫން ކެނެރީ އާއި ސިއްކަ ގެ ލާދީނީ ނާސިގެއެއްނޫނޭ

  11. Angela

    ޑަ ޑިމޮކްރެޓްސް ގެ ނަމުގަަ އަދި ބަޔާންތަކެއް ނު ނެރެވޭނެ ޕާރޓީ އަދި ރަޖިސްޓަރީ ނުވޭ

  12. ނާދިރާތަ

    ތިޔަ ޕާޓީ އަކީ ބިރުވެރި ކަމެއް ގެ ފެށުން. ތީ އެމްޑީޕީ ގެ މިނިވަން ފިކުރުގެ ގޮތްޕެއް

  13. އަދުނާނު

    ދަ ޑިމް ކޯ ރެޓްސް

  14. އިއްބެ

    ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރަން ޖާގަދީފިނަމަ ފަސޭހަކޮށް އިންތިޚާބު ކާމިޔާބުކުރަނޭކަމަށް ބެލެވޭ!

  15. ކަލާ

    މި މަންޖެ ހާދަހާ ރީޗޭ. އަސްލަށް ވަރަށް ދެކިލާހިތްވޭ