ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ރައްޔިތުން މަޖިލީހުގެ މެންބަރުން އުފައްދަން މަސައްކަތް ކުރަމުން ގެންދާ ޕާޓީގެ ސްޕޯކްސްޕާސަންއަކަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިކުރެއްގެ ދިރުމުން އަލަށް ރަޖިސްޓަރީ ކުރުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއާގުޅޭ ކަންކަމުގެ ސްޕޯކްސްޕަރސަން އަކީ އަފްޝަން ކަމަށެވެ.

ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުމަށް ތާއިދު ކުރާ ރައްޔިތުން މަޖިލީހުގެ 13 މެންބަރަކު ވަނީ މިދިޔަ ހަފްތާގައި އެމްޑީޕީން ވަކިވެފައެވެ. އަދި ބުދަ ދުވަހު ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމިކަން އިއުލާން ކޮށްފައެވެ.

ފިކުރެއްގެ ދިރުމުގެ ފަރާތުން ހެދުމަށް ގަސްތުކުރާ ޕާޓީއަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުކުރު ދުވަހު ހެނދުނު 06:00ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

ޕާޓީ އަށް ކިޔާނެ ނަން، ނަމުގެ ތަފްސީލު ކުލަ އަދި ލޯގޯ ހުށަހެޅުމުގެ ފުރުސަތު ވަނީ އޮންލައިންކޮށް ހުޅުވާލައިފަ އެވެ.

ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީ، އުފެއްދުމުގެ ހުއްދައަށް އެދި އަންނަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވަނީ ބުނެފައެވެ. މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިކުރެއްގެ ދިރުމުން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަލަށް އުފައްދާ ޕާޓީން ވާދަކުރާނެ ކަމަށެވެ.

ފިކުރެއްގެ ދިރުމުގެ މެންބަރުންނަކީ ނަޝީދަށް ވަފާތެރި މެންބަރުން ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީ ގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އާދަނާ

    ލާދީނީޔަތު ކުރިއަރުވާނެ ޕާޓީއެއްފާވާން ތިޔައުޅެނީ، " ފިކުރެއްގެދިރުން" މިލަފުޒަކީ ވަރަށް ނުބައި ނިޔަތެއްގަ ކިޔައިގެންއުޅޭ ލަފްޒެއް، ރައްޔިތުނަް ހޭލަންއެބަޖެހޭ ތިޔަފިކުރަކީ ކޮބައިކަމާއި މިމީހުންގެ ނިޔަތަކީކޮބައިކަން، މީވަރަށް ފުންކޮށް ވިސްނަންޖެހޭކަމެއް!

    8
    3
    • ޚޮރު މަކުޑި

      އިބޫ ސޯލިހު ފަތުރަނީ ކޯއްޗެއްކަން ބުނެދީބަލަ މިގައުމުގަ ހުރިހާ ކުޅިއެއް އެބަކުޅޭ ބޯބުރިކޮޢް މީހުން އެބަމަރާ ވައްކަމާއި ކރަޕްޝަން އަތްނުފޯރާ ހިސާބުގަ ކުޑަކުދިން ރޭޕް ކުރުން ޢާންމު ވެއްޖެ ގޮތްނޭނގޭ އެތަށް ހާސް މަރެއް ކިތަށް މީހުން ގެއްލުނީ ކިތަށް މީހުން ގުރޫޕްތަކުން މަރާލީ ސޯލިހު ދެއްކި ވާހަކަޔާއި ޢަމަލު ދިމަލެއްނުވޭ އެކަމަކު ދެއަހަރު ބައިން މެދު ތެރެއިން އިންތިޚާބެއް ބާއްވާ ރ ނަޝީދު ވެރިކަމަށް ގެންނަން ވަޢުދުވި ކޮބާ އެދުވަސް

  2. Anonymous

    ލާދީނީ މީހުން ފެނޭތަ؟ ލަނޑަޔާ ވާނީ ލަނޑަޔާ.

    11
    5
  3. ސަމްކުޅިބޭ

    އަރުވާ ކަހާ ޕާޓީ.

  4. ޗަބީ

    ބޯގަޅި މީހުން ގިނަ ހުރިހާތަނެއްގައިވެސް މިބާވަތުގެ ކަންކަން ހިނގާނެ ހުރިހާ ވެރިންވެސް މި ޓާގެޓް ކުރަނީ ގައުމުގެ ޑުވަސްއަދި ރައްޔިތުންގެ ދުވަސްދިޔައަސް އެވެރިން ބޭނުންވާ މީހުންކޮޅުގޮވައިގެން ގައުމު އިދަޖައްސާލަން މީނަމީދެންކާކު އެކަމަކު ފަހަތުގައި 13 މެންބަރުން ވިސްނާލާ

  5. Anonymous

    ލިބޭ ވަރު މަދުވެގެން އުޅޭ ބަޔެއް، ސަރުކާރު ތެރެއިން ތިމާމެނަށް މަދު ލިބޭތީ ޖަގަޑާ ހަދާ ބޮޑާ ހާކަނީ !

  6. އެޑިޓް

    ތި އޮތީ ބޮޑު ފަކުރަކަށް ވެފަ..

  7. އަރުމް

    ތަންތަނުން ފެއިލްވެފައި ތިބޭ އެކްޓިވިސްޓުން މަގާމުތަކަށް ލުމުން ފެއިލްވާނީ. އެލްޖީއޭ ބޮއްސުން ދުއްވާލާފައި އަނެއް ތަނަކަށް