ގަޔަށް ބާރު ހެދުން އަދި ހަށިގަނޑުގެ ވަނާތަށް ހާމަވާ ފަދަ ނިވާކަން ކުޑަ ހެދުން އަޅައިގެން ވަޒީފާއަދާކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮވެގެން ނުވާނެ ކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.

" ވަގުތަށް" ދެއްވި ހާއްސަ އިންޓަވިޔުއެއްގައި ޝައިހް ޒައިދް ވިދާޅުވީ ރާއްޖޭގައި ވެސް ކުރު ހެދުން، ނުވަތަ އައުރަނިވާ ނުވާ ވަރުގެ ނިވާކަން ކުޑަ ހެދުން އަޅައިގެން ވަޒީފާ އަދާކުރާ އެތަށް ބަޔަކު އެބައުޅޭ ކަމަށާއި، އެފަދަ ފަރާތްތަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮވެގެން ނުވާނެ ކަމަށެވެ. އަދި މިކަމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ޝައިހް ޒައިދް ވަނީ ވިދާޅުވެފައެވެ.

އަދި ހަށިގަނޑު ނިވާކޮށްގެން ވަޒީފާއަށް ނުކުންނަ ފަރާތްތަށް ވަޒީފާއިން ވަކިކުރަމުން ގެންދާއިރު އައުރަ ނިވާނުކޮށް ވަޒީފާ އަދާކުރާ މީހުން ވަޒީފާއިން ކަނޑާނުލަނީ ކީއްވެތޯ ޝައިހް ޒައިދް ވަނީ ސުވާލު އުފައްދާފައެވެ.

ޝައިހް ޒައިދްގެ މިހެން ބުނެފައިވާއިރު މޫނުބުރުގާ އަޅާތީކަމަށް ބުނެ ދިވެހި ބައެއް ޓީޗަރުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް މޫނު ބުރުގާ އެޅުމުން ވަޒީފާއިން ވަކިކުރުމުގެ އުސޫލަކީ އިސްލާމްދީނުގެ ޝަރުއީ މިންގަނޑާއި ހިލާފު ކަމެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމުގައި ޝައިހް ޒައިދް ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުގެ ހިތަށް އަރާ ކީއްވެބާއޭ އައުރަ ނިވާކޮށްގެން ވަޒީފާ އަދާކުރާ މީހުން ވަޒީފާއިން ވަކިކުރާއިރު އައުރަ ނިވާނުކޮށް ނިވާކަން ކުޑަ ކުރު ހެދުން އަޅައިގެން ވަޒީފާއަށް ދާ ފަރާތްތަށް ވަޒީފާއިން ވަކި ނުކުރަނީ. މޫނު ބުރުގާ އަޅާތީއޭ ބުނެ ވަޒީފާއިން ވަކިކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އަދި ސަފުން ރާއްޖެ ފަދަ މުސްލިމު ގައުމެއްގައި އެކަން ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން " ޝައިހް ޒައިދް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުލައި

    ރަނގަޅު ވާހަކައެއް އޮފީހަށްދާ ބައެއް ކުދިން ލައިފައި ހުންނަ ހެދުމުގެ ސަބަބުން ފެނިފައި ހިތަށް ކުރާ އަސަރުން ކެތްނުވޭ ?

  2. ތިމަންނަ

    މިހާރަކަށް އައިސް ހެދުން ކުރުވެ ، ކަރުވަޅު ބޮޑުވިވަރަކަށް " ބޮހުން" ނަށް ކުއްޖާ ކަމުދަނީ ...

  3. Anonymous

    ޝެއިޚައް ހެޔޮރަހްމަތް ލައްވަވާށި.އާމީން. ތިގޮތުގައި ސާބިތު ކޮއްދެއްވާށި.އާމީން

  4. ޢިބިލީސް

    ޤާނޫނުގައި ލިޔަގަ އަންހެނުން ވަޒީފާ އަދާކުރުން މަނާ، ސޭކަ