ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަ ޝޮޓް ޖަހަން އިތުރު އެއްލައްކަ ޑޯޒް ގެންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ ވޭރިއެންޓާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަރުޖަމާނު ޑރ ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ އަަންނަ މަހު، ބޫސްޓަ ޝޮޓް ޖެހޭ ވަރަށް ވެކްސިންގެ ޑޯޒް އެބަހުރި ކަމަށެވެ.

އެކަމަކު ހުރީ ކިހާ އަދަދެއްގެ ވެކްސިން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

"ބޫސްޓާ ޖެހޭ ވަރަށް އެބަހުރި" ނަޒްލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ މަހު ފަހުކޮޅު، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެއް ލައްކަޑޯޒްގެ ފައިޒާ ވެކްސިން ލިބޭނެ ކަމަށެވެ.

"ޑިސެމްބަރު 20 ހިސާބުގައި ލިބޭނެ" ނަޒްލާ ވިދާޅުވިއެވެ.

މިއީ ރާއްޖެއިން ގަންނަ ވެކްސިން ކަމެއް ނުވަަތަ ހަދިޔާކުރާ ވެކްސިން ކަމެއް އެނގިފައެއް ނުވެއެވެ.

ވެކްސިންގެ ބޫސްޓަ ޑޯޒެއް 50 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ އިރު، ސިއްހީ ހިދުމަތްތެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި އާއި އެއާޕޯޓުގައި މަސައްކަތް ކުރާ ފްރަންޓްލައިން މަސައްކަތްތެރިންނަށް ބޫސްޓަ ޑޯޒް ޖެހުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ވަނީ ނިންމާފައެވެ.

އަދި އަންނަ މަހުގެ މެދުތެރޭގައި ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ އެންމެންނަށް ބޫސްޓާ ޑޯޒް ދޭން ފަށާނެއެވެ.

ކޮވިޑްގެ އާ ވޭރިއަންޓް ފުރަތަމަ ފެނުނީ މިދިޔަ ބުދަ ދުވަހު ދެކުނު އެފްރިކާ އިންނެވެ. އެކަމަކު މިހާރު ބޮޓްސްވާނާ، ބެލްޖިއަމް، ހޮންކޮންގް އަދި އިސްރާއީލް ފަދަ ގައުމުތަކުން މި ވޭރިއަންޓް ފެނިފައިވާ ކަމަށް، ރަސްމީ ފަރާތްތަކުން ބުނެއެވެ. ޑަބްލިޔުއެޗްއޯ އާއި ދެކުނު އެފްރިކާގެ ސައިންސްވެރިން ބުނާ ގޮތުގައި މިއީ މިހާތަނަށް އުފެދުނު ވޭރިއަންޓުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އައި ވޭރިއަންޓެވެ. އެކަމަކު، މި ވައިރަސް ޖެހިގެން ވަނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މި ވޭރިއަންޓަކީ އެހެން ވޭރިއަންޓްތަކާ ހިލާފަށް އަވަހަށް ފެތުރިދާނެ ވޭރިއަންޓެއް ކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ރާއްޖޭގައި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ. ވެކްސިންގެ އިތުރު ޑޯޒް، މިހާރު ދެމުން ދަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަނީ

  ތީން ވައްކަން ނުކުރާނެ ކަމާމެދު ސައްކު

  6
  1
 2. ބަކުރު

  ބޭކާރު ވެކުސިނެއް ތިޔައެއްޖަހައިގެން ވީފައިދާއެއްނެތް ކޮވިޑުޖެހޭއިރު ވެކުސިންޖަހާފަހުއްޓަސް ހަމަޖެހޭ ތިޔަށް އަހަރުމެން ކިޔާ އުޅެނީ ވިޔަފާރި .

  10
  1
 3. ޑައެލޯގް

  އަނެއްކާ އިންޑިޔާ އަޅުވެތިކަމަށް އިތުރު ބޮޅެއް، ދެން އިންޑިޔާއިން ދަރަންޏަށްދޭނީ ތިޔަވެކްސިން، ދެން ހުރިހާދިމާލުން ވައްކަން އެނިމުނީއެވެ.

 4. ނޯ ވެކްސިނ މެންޑޭޓް

  އެކަކުވެސް ނުޖަހާތި. ފައިދާއެއްނެތް. ލިބެނީ ހުސް ގެއްލުން

  4
  1
 5. Anonymous

  ކޮންކަހަލަ ބައެއްތަ ތި ހެލްތު މިނިސްޓްރީގައާއި އެޗްއޯސީގަ ތިބެނީ! ބަލަ ތި ވެކްސިންއިން މިހާރު މިއުޅޭ ވައިރަސްއިން ދިފާއުނުވާކަމަށް ޑަބްލިޔުއެޗްއޯ އިން އެބުނަނީ! ފައިޒާއިން ބުނީ 90 ދުވަސްތެރޭ ވެކްސިން ހެދޭނެކަމަށް. މޮޑާނާއިން ބުނީ ވެކްސިން ހެދޭނެއޭ.
  ކާކަށް ލާރިގަނޑެއް ދޭންވެގެންތަ އަވަހަށް ވެކްސިން ގަންނަން މިތެޅިގަތީ؟ ނަޒްލާގެ ބޭބެއަކީ ބޭސް ސަޕްލައިކުރާ މީހެއްތަ؟
  ގައުމުގައި ފައިސާއެއްނެތް. އަންނައަހަރުގެ ބަޖެޓަކީ ދަރަނި ބަޖެޓެއް. ރައްޔިތުން ބަނޑަށް ޖެހޭނެކަމާމެދު ޝައްކެއްނެތް. އެކަމަކު ލޯނު ނަގައިގެންވެސް ވެކްސިން ގަންނަންޖެހޭ. މިބައްޔަކީ މޯޓަލިޓީ ރޭޓް 0.005 އަށްވުރެވެސް ދަށުގަ އުޅޭ ބައްޔެއް. މީޑިޔާއިން މީހުން ބިރުނުގަންނަވާނަމަ މީހަކަށް ވާކަމަކަށްވެސް ނުވާނެ.