އެމެރިކާ އިން ފައިޒާ ވެކްސިނުގެ 100،620 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، މި ވެކްސިން ހަދިޔާކޮށްފައި ވަނީ އދ. އިން ގާއިމްކޮށްފައިވާ "ކޮވެކްސް" ފެސިލިޓީ މެދުވެރިކޮށް ކަމަށެވެ. ކޮވެކްސް އަކީ ކޮވިޑް-19އާ ގުޅިގެން ވެކްސިން، ދުނިޔެއަށް ފޯރުކޮށްދޭ ގާއިމުކޮށްފައިވާ ފެސިލިޓީއެކެވެ.

ވެކްސިން ހަދިޔާކުރުމުގެ އިތުރުން އެމެރިކާ ސަރުކާރުގެ އެހީ ދޭ އިދާރާ ކަމަށްވާ ޔޫއެސްއެއިޑް މެދުވެރިކޮށް އެކި ސިއްހީ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި، ވެކްސިނުގެ މުހިންމުކަމާއި، ވެކްސިން ޖެހުމާއި ގުޅޭ ގޮތުން އާންމުންނަށް އެކި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އަތޮޅުތެރެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީން ކުުރުން ހިމެނޭ ކަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެން މި އަންނަނީ އެމެރިކާ ސައިންޓިސްޓުންނާއި އުފެއްދުންތެރިކަމުގެ ހުށިޔާރުކަމާއި އަޅުގަނޑުމެންގެ ލޮޖިސްޓިކްސް އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަންތައް ހިންގުމުގެ ތަޖުރިބާ ބޭނުންކޮށްގެން، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީވަމުން،" ރާއްޖެއަށް އެމެރިކާ އިން ކަނޑައަޅާފައިވާ މިޝަންގެ ޝާޖޭ ޑި އެފެއާޒް އެންޑްރިއާ އެޕެލް ވިދާޅުވިއެވެ.

އެމެރިކާއިން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް ރާއްޖެއަށް 439،920 ޑޯޒް ވެކްސިން ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަނިކެ

    މި ފަހަރު 3 ވަނަ ޑޯޒް ޖަހަން މަޖުބޫރު ކުރާނެ!!!! ކަލޯގަޔާ މަ ބޭނުމެއްނޫން ޖަހަން.

  2. ޕޮޕޮ

    ފަސްޓް، ސެކަންޑް، ބޫސްޓާ، ސުޕަބޫސްޓާ، އަލްޓިމޭޓް ބޫސްޓާ، އިންފިނިޓީ ޑޯޒް،
    ޑޯޒް އަވޭކެންސް، ޑޯޒް ރިލޯޑެޑް، އެންޑްގޭމެ ޑޯޒް

  3. މިސިޒް

    ތެންކިޔުު

  4. އޯކޭ

    ލާރިގަޑެއްކައްވާލާ

  5. ބޮލުގައިރިއްސާ

    މިހާރު ވެކްސިން ދިނުމުގެ ބޭނުން ކެނޑުނީމަ ކުރިން އުފެއްދި ވެކްސިންތައް ގޮނޑަށް އުކާލުމުގެ ބަދަލުގަ ހިތުން މޮޅުކަމެއް ތިކުރީ... ހަމަ ކޮންމެވެސް އަމިއްލަ ފާއިދާއެއްވާނެ ޔަޤީން...

  6. އަޙްމަދް

    ޢެމެރިކާ އަށް ވިއްކާނުލެވިގެން ރާއްޖޭގެ ބޮލުގައި އެޅުވީދޯ!

  7. Anonymous

    ތި ވެކްސިން ޖެހީމާ އެތެރެހަށީގެ ގުނަވަންތައް ދުޅަވެ، ފުރާނައަށް ނުރައްކާވެ މީހުން މަރުވެފައިވޭ. ތިވެކްސިން ޖެހީމާ ހިތް ދުޅަވާ ކަމަށް ބޭރުގެ ޑޮކްޓަރުން ވަނީ ބުނެފަ.

  8. ޖާހިލު

    ތިހުރިހާ ޑޯޒް ކެރަފާބޭގަޔަށްޖަހަންފެނޭ!!