ސްރީލަންކާއަށް ގެންދިޔަ 7 މިލިއަން ކޮވިޑް ވެކްސިންގެ މުއްދަތު ދެ ދުވަސް ތެރޭގައި ހަމަވާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެގައުމުގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ނިއުސްވަޔާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮވިޑުގެ ތެރޭގައި އެގައުމުގެ ރައްޔިތުންނަށް ދޭން ގެންދިޔަ ފައިޒާ ވެކްސިންގެ 7 މިލިއަން ވެކްސިން ޑޯޒުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ އެ ނޫހުން ބުނީ، އެވެކްސިންގެ މުއްދަތު ހަމަވުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ނައްތާލެވޭނެ ކަމަށެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ، ޑރ. ހެމަންތާ ހެރަތް ބުނެފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން އެގައުމުން ފައިޒާ ވެކްސިން ނުލިބޭނެ ކަމަށާއި ފައިޒާ ވެކްސިން ޖަހަން ދެން ފަށާނީ ވެކްސިންގެ އާ ޝިޕްމަންޓް ލިބުމުން ކަމަށެވެ.

އަންނަ ހޯމަ ދުވަހު ވެކްސިންގެ މުއްދަތު ހަމަވާތީ އޭނާ ވަނީ މުއްދަތު ހަމަވުމުގެ ކުރިން ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖަހަން ޖެހޭ ފަރާތްތަކުން އެކަން ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ކޮވިޑުގެ ތެރޭގައި އެހެން ގައުމުތަކުގައި ބޭނުން ކުރި ވެކްސިން ވެސް މުއްދަތު ހަމަވެގެން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ނައްތާލާފައިވާއިރު، ގިނަ ގައުމުތަކުގައި ބައެއް ރައްޔިތުން ވެކްސިން ޖެހުމާއި ދެކޮޅު ހަދާކަން އެގައުމުތަކުން ވަނީ މީގެ ކުރިން ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯ

    އަހަރެމެން ގައުމުގަ އެޗް ޕީ އޭ ބުނީ އޯކޭ އޭ ....މުއްދަތު ހަމަ ވިޔަސް ދޯ

  2. Anonymous

    އަހަރުމެން ކުރިން ހީކުރަމުން އައީ މީވެސް ހޭޖެހޭ މޮޅު ބަޔަކު ތިބޭ ތަނެއްކަމެއް. ގައުމު ބަގުރޫޓްވާނެ މިކަހަލަ ކަންތަކުން.