21:53

އައްޑޫސިޓީން އިތުރު 11 މީހަކު ކޮވިޑަ-19 އަށް ފައްސިވެއްޖެ.

 

21:50

ކޮވިޑް-19ގެ އާ ވޭރިއެންޓެއް ކަމަށްވާ "އޮމިކްރޮން" ފެތުރެމުން އަންނާތީ ޕޯޗުގަލްގައި "ސްޓޭޓް އޮފް ކަލަމިޓީ" ނުވަތަ "ކާރިސާގެ ހާލަތު" އިއުލާނު ކޮށްފި.

 

20:14

ބަލީގެ ނުރައްކާ ބޮޑުމީހުން ކޮވިޑް-19 އާއި ދެކޮޅަށް ވެކްސިން ފުރިހަމަ ނުކުރާނަމަ، ދަތުރުފަތުރުކުރުން ފަސްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސް ކޮށްފި

20:06

ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ "އޮމިކްރޮން" އަޔަލޭންްޑުން ފެނިއްޖެ

19:33

މިހާރު ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރެމުންދާ ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ "އޮމިކްރޮން" އަށް މިހާރު ހުރި ވެކްސިންތަކުން ލިބޭ ދިފާއީ ބާރު ކުޑަވެދާނެ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ބުނެފި

19:20

އޮމިކްރޮން" ވޭރިއެންޓަކީ އިނގިރޭސިވިލާތައް ކުރިމަތިވާ ކޮވިޑް-19ގެ އެންމެ ވަރުގަދަ ރާޅަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ސައިންސްވެރިންގެ އިސް ގްރޫޕަކުން އިންޒާރު ދީފި

18:51

ކޮވިޑްގެ އާ ވައްތަރު ކަމަށްވާ "އޮމިކްރޮން" ފެތުރެމުން އަންނާތީ ޒިމްބާބޭ އަށް ދަތުރު ކުރާ އެންމެން ކަރަންޓީނުވުން އެގައުމުން މަޖުބޫރު ކޮށްފި

18:15

ދެކުނު އޮސްޓްރޭލިއާއަށް ދަތުރު ކުރާ އެންމެން 14 ދުވަހަށް ކަރަންޓީނުވުން އެގައުމުން މަޖުބޫރު ކޮށްފި

17:52

މިހާރު ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރެމުންދާ ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ "އޮމިކްރޮން" ނައިޖީރިއާ އިން ފެނިއްޖެ

17:17

ކޮވިޑް-19 އާ ވައްތަރު ކަމަށްވާ އޮމިކްރޮން ފެތުރެމުން އަންނާތީ ޖަޕާނުގެ ބޯޑަރު އެއް މަސް ދުވަހަށް ބަންދު ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި

 

17:11

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ކޮވިޑް-19ގެ އާވައްތަރު، "އޮމިކްރޮން" ގާނާ އާއި ނޯވޭއިން ފެނިއްޖެ.

 

17:05

ސައުދި އަރަބިއްޔާއިން ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ "އޮމްރިކޮން" ފެނިއްޖެ

09:07

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި.

ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް އުފެއްދިފައިވާ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ހާލަތު ގޯސްވެދާނެތީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މާސްކް އެޅުން ހަރުކަށި ކުރަން ފަށައިފިއެވެ.

މާސްކް އެޅުމުގައި ދީފައި ހުރި ބައެއް ލުއިތައް ގިނަ ގައުމުތަކުން މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. މާސްކް އެޅުމުގައި ލުއިތައް ދިނުމަށް ފަހު މިހާރު ފިޔަވަޅުތައް ހަރުކަށި ކުރާނެކަން އިއުލާން ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، ފަރަންސޭސިވިލާތް ފަދަ ގައުމުތައް ހިމެނެއެވެ.

އެމެރިކާގައި ވެސް މިހާރު ވަނީ އިމާރާތްތަކުގެ އެތެރޭގައި މާސްކް އެޅުން ގިނަ ސްޓޭޓްތަކުގައި އަނެއްކާވެސް މަޖުބޫރު ކުރަން ފަށާފައެވެ. ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވި އެމެރިކާގެ ސްޓޭޓް ކަމަށްވާ ނިއުޔޯކް އިން ވަނީ މާސްކް އެޅުން ތަންފީޒު ކުރުމަށް އިތުރަށް މަސައްކަތް ކުރާނެކަން ހާމަކޮށްފައެވެ.

އިނގިރޭސިވިލާތުން ބުނީ އެގައުމުން ވެސް އާއްމުން މާސްކް އެޅުމަށް ބާރުއަޅައި، ގިނަ ކަންތައްތައް ކުރާނެ ކަމަށެވެ. ނަމަވެސް އިންތިޒާރު ކުރަމުން ދަނީ އޮމިކްރޮން ވޭރިއަންޓާއި ގުޅޭ ގޮތުން ސައިންސްވެރިން ބުނާނެ އެއްޗަކަށް ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

އޮމިކްރޮން ވޭރިއަންޓްގެ މާގިނަ މައުލޫމާތެއް ނުލިބެނީސް ގިނަ ގައުމުތަކުން މިހާރު ވަނީ ދަތުރު ކުރުމުގައި ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އަދި ކުރިއަށް އޮތް ދެތިން ހަފްތާގެ ހާލަތައް ބެލުމަށް ފަހު ބައެއް ގައުމުތަކުން އާއަހަރާއި ކްރިމަސް ބަންދަށް ބޯޑަރުތައް ވެސް ބަންދުކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު