މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން ލަވަކިޔުން ހުއްޓާލި އަބްދުލްރާޒިޤު އަލީ ދެން ލަވަ ނުކިޔާނެ ކަމަށް ބުނުމުން ސަރުކާރު އޮފީހެއްގެ ވަޒީފާގެ އިންޓަވިއު އިން އޭނާ ކަޓުވާލާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

އަބްދުލްރާޒިޤު އަކީ ބޮޑުބެރު ޗެލެންޖްގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަޤާމު ދެފަހަރު ހޯދައި އަދި އޭގެ އިތުރުން އެމްއެންޑީއެފްގައި މަސައްކަތް ކުރިއިރު ވޮއިސް އޮފް އެމްއެންޑީއެފް މުބާރާތުގެ އެއްވަނަ ވެސް ހޯދި މީހެކެވެ.

އޭނާ އަށް ދިމާވި ކަންކަން ވަރަށް ކުރުކޮށް ކިޔައިދެމުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ރާޒިޤު ބުނީ މީގެ ހަފްތާއެއް ކުރިން ސަރުކާރު އޮފީހެއްގެ ވަޒީފާއަކަށް ވަންނަން އިންޓަވިއު އަކަށް ދިޔައިން ކަމަށެވެ.

މިހާރު ލަވަ ނުކިޔާ ވާހަކަ ބުނިން ކަމަށާއި އެހެން ބުނުމުން ވަރަށް މަލާމާތުގެ ރާގަކަށް "މޫނު މައްޗަށް ބަސްތަކެއް ޖެހި." ކަމަށް ރާޒިޤު ލިޔެފައިވެއެވެ. "އެކި ފަހަރު މަތިން ބުނި ލަވަ ހަރާމްވީދޯ ދެން މިހާރު. ޒާތަކަށް ފުރައްސާރައެއް ކޮށްލި. ފަހުންވެސް އެހި މިސާލަކަށް ވަޒީފާ ދީފި ނަމަ ލަވައެއް ކިޔާލަ ދެވިދާނެހޭ. އަހަރެން ބުނިން ނޫނެކޭ. އެ ބޭފުޅާ ބުނާކަހަލަ ދީންވެރިކަން ބޭނުން ނެތޭ." ރާޒިޤު ބުންޏެވެ.

ރާޒިޤު ބުނީ އޭނާ އިންޓަވިއު އިން ފެއިލްވީ ނޫންކަމަށާއި ފެއިލް ކޮށްލީ ކަމަށެވެ. އެއީ އޮފީހުގެ ހާއްސަ ދުވަސްތަކުގައި ވެސް ލަވަ ނުކިޔޭނެ ވާހަކަ ބުނީމަ ކަމަށް ވެސް އޭނާ ބުންޏެވެ.

ލަވަ ނުކިޔާތީ ބައެއް ތަންތަނުން ބަލައި ނުގަންނަ ކަމަށް އޭނާ ބުންޏެވެ. މިއީ ސަރުކާރަށް ސަނާ ނުކިޔާ މީހުންނަށް އިންޓަވިއުގެ ނަމުގައި ކުރާ ޖެއްސުމެއްތޯ އޭނާ ވަނީ ސުވާލު ކޮށްފައެވެ.

ރާޒިޤު ވަޒީފާ ހޯދަން ދިޔަ އޮފީހުގެ ނަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އޭނާ ބުނީ އޮފީހުގެ ނަން ހާމަނުކުރީ މަސްލަހަތައް ކަމަށާއި އެއޮފީހުގެ ވެރިންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުއާ ކުރާކަމަށެވެ.

ރާޒިޤުގެ ޕޯސްޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އޭނާ އަށް ހިތްވަރުދީ ޕޯސްޓްތައް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މުހައްމަދު

    މޮޅުވާހަކައް ދެއްކީ ފެންވަރު ނެތީމަ ނުލިބުނީ

    9
    48
  2. ޙުރަވާ

    ތީ ލަވަކިޔާ މީހެއް؟!؟ އަޑުއެހިތާ!! މަހީކުރީ އަލީ ރަމީޒުކަމަށް

    7
    33
  3. ޒުވާުން

    ރާޒިޤު ކުރިމަތިލީ ލަވަ ކިޔާ ވަޒީފާއަކަށްތަ ؟ ކީއްވެ ލަވަނުކިޔާ ވަޒީފާއަކުން ލަވަން ކިޔުމާއި ގުޅޭ ސުވާލު ކުރީ ؟ ވެދާނެ ރާޒިޤު އަނެއްކާ ލަވަކިޔާ ހިތުން ހަދާލި ވާހަކައެއްކަމުގައިވެސް. ތި ގޮތަށް އިންޓަވިއުގައިސުވާލު ކުރާނެ ކަމަށް ޤަބޫލު ނުކުރެވޭ.

    10
    30
  4. ކޮރަލް

    މީނަ އަށް ކޮންމެ ވެސް ފަރާތަކުން ﷲ އަށް ޓަކާ ވަޒީފާ ދީބަލާށެވެ. އެކަން ގެއްލިގެން ނުދާނެ އެވެ.

    35
    2
  5. ނޯކް

    ސަމާލުކަން ހޯދަން ދައްކާ ހޮޅި ވާހަކަ.. ވަޒީފާއަކަށް އިއުލާން ކޮށްލާއިރަށް 50 ނޫނީ 100 ކުދިން އެޕްލައިކުރާނެ.. ފެންވަރު ނެތް މީހުން ނޮހޮވޭނެ ދޯ؟؟ ތިޔަހާ ގަޓެއް ހުރިއްޔާ ތިމާ ނޮހޮވުނީ ފެންވަރު ހުރެ އަދި މަތިން މާކުސްލިބިފާ ނުވަތަ ލިބެންޖެހޭ މާކްސްއެއް ނުދީގެން ކަން ސާބިތުކޮށްދޭން ޓުރައިބިނަލަށް ސާބިތުކޮށްދީބަލަ..

    12
    31
  6. އުގުރި

    ކޮބާ އިޔާޒު ފެނޭ. ދެއް ބުނޭ އެއީ އަންނިގެ މީހެކޭ އިންޓަވިގައި އިނީ
    ސަނާ ކިޔާ މީހުންނަށް އަނގަތަކުން ނާރާނެ

    23
    5
  7. އަހުމަދު

    ލާދީނީ ސަރުކާރެއް ވީމަ ވާގޮތް.
    ރާޒިގު އަށް އެއަށް ވުރެ ރަނގަޅު ވަޒީފާތެއް ދެއްވުން އެދި ދުޢާކުރަން

    33
    3
  8. އިންޓަވިއު

    އިންޓަވިއު ކުރި ބަޔަކީ ނޫނީ އެ ސުވާލްކުރި މީހަކީ ކުފޫހަމަވާމީހެއްނޫން.... އޭނާއަށް މަސައްކަތުގެ ޤާބިލްކަންދެއްވާ ބުއްދީގެ ހަމަވިސްދެއްވުމަށްއެދި ދުޢާކުރަން.

    22
    1
  9. ގަލަން ތުނޑު

    ކޮންބައެއް އިންޓަރވިއުގަ މިކަހަލަ ސުވާލުކުރާނީ..ހުސްފޭކު އެހެންނެއްނޫން ލަވަކިޔުންތެރިއަކު ހޯދަން ކުރި އިއުލާނެއްގެ އިންޓަރވިއުގަ ތިޔަސުވާލުކޮށްފާނެ..ގަބޫލުނުކުރެވޭ ވާހަކަ ނުދައްކާ....ހަމަ ދަށީ ދޮންކަލޯ...

    9
    24
    • ވަރަށް

      ކަލެޔަށް ނޭނގެނީ ދީނަށް ލޯބިކުރާ މީހުނަށް ކުރާ ޖެއްސުން! އަނގަ މަޑުންލައިގެންހުރޭ!!

      12
      2
  10. ގަލަން ތުނޑު

    އޮފީހާއި މަގާމް ހާމަކޮށްބަލަ...އޭރުން ގަބޫލުކުރާނީ

    16
    8
  11. ހެޔޮދުއާ

    އެއީ އެތަނުން ތިބާއަށް ހެވެއް ނެތީމައެވެ. ތީ ފެއިލް ވުމެއް ނޫނެވެ. ތީ ކާމިޔާބީގެ ފެށުންކަމަށްހީކޮށްލާށެވެ. ﷲ ތިބާއަށް ރަނގަޅު ވަޒީފާއެއް ދެއްވާށި! އާމީން

    31
    2
  12. ޔާ

    މި މީހުންނަށް ނޭންގޭދޮ މިއީ ހަރާމް ކަމެއްކަން

    23
    1
  13. ހަގީގަތް

    ﷲގެ ދީނުގައި ސާބިތުވެ ހުންނަވާ.. ދީނީ ކަންކަން އޮޅުން ނުފިލާ ނުވަތަ އެނގިހުރެ މަރުވާނެކަން ނުވިސްނޭ މީހުން ގިނައީ

    24
    2
  14. ޙޮޅު މޮހަނާ

    ޢެހެނެއް ނޫންވި، އެވަރުގެ ޤާބިލްކަން ނުދެއް ކުނީ އިންޓަވިއުގައި

    8
    23
    • ބޯ ހަލާކު

      ކަލޭ ހިތުން ކަލޭ ވަރެއްނެއް ދޯ

      4
      6
  15. އޭއާރު

    ރާޒިޤް ތި ތަހަންމަލް ކުރަނީ ތިމަގުން ހިނގި އެތައްބަޔަކު ތަހަންމަލް ކުރާ ހިތި ދުވަސްތަކެކެވެ. އަސްލު ތިވިސްނުން ސިކުނޑި އައް ވަންގޮތާމެދު ވިސްނާ ފިކުރުކޮއްލާށެވެ. ހުނަރު ހުރިމީހުން މަސައްކަތުގެ މާހައުލުން ބޭރުކުރަން ޖެހި މަޅިއެއްގަ ބެދުނީތޯ. ނުވަތަ ބަޔަކު ފަތުރަމުންދާ ފިކުރުތަކެއް ޤަބޫލުކުރެވުނީތޯ', ދީނީކަންކަން ކީހާވަރަކައްތިމާޔައް ފަހުމްވޭތޯ، ފިޤްހް ގެ އެންމެ ބޭސިކް ކަމުގައިވާ ކަމެއްހަރާމް ނުވަތަ ހަލާލުކަމުގައި ނިންމޭގޮތްތައް އެނގޭތޯއެވެ. ބައެއްމީހުންނަކީ ފަންޑު ކޮއްގެން ތިމަގުން ހިނގާމީހުންނެވެ. އެމީހުންނައް ވާގޮތް ތިބާޔައްނުވެދާނެއެވެ. ކެތްތެރިވާށެވެ.

    2
    3
  16. ސަރުކާރެއް

    މަށަކަށް ހިއެއްނުވޭ ކަލޭ ދުވަހަކުވެސް ސަރުކާރު ވަޒީފާއަކަށް އިންޓާވިއުއަށް ދިޔަ ހެނެއް. ތުނބުޅި ހުރީތީ ކިތައްމެ ފުރައްސާރައެއް ކުރި އިންޓަވިއުތަކުގަ.

    1
    4
  17. އަދުރޭ

    އަޅުގަނޑުމެންގެ ވެރިކަމެއްގައި އޭނާ އަށް އެ އޮފީހުގެ ވެރިކަންދޭނަން….

    2
    1
  18. ރބރ

    ދީން މަތީ ސާބިތުކަން ދެއްވުން އެދި ﷲގެ ހަސްރަތުގާއި ދުއާދަންނަވަނަ